ތުޅާދޫ ސަޤާފީ މަރުކަޒު: އިމާރާތްކުރުމުގެ މަސައްކަތާއި، ޚިދުމަތް ދިނުމަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތް ނުހުއްޓި ކުރިއަށް

ހ ހުސައިން އިސްމާއިލް
ޚަބަރު 02 Jul 2026

ބ. ތުޅާދޫގައި ސަރުކާރުން ތަރައްޤީކުރާ ސަޤާފީ މަރުކަޒަށް ބޭނުންވާ ސާމާނާއި ތަކެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތް ފަށާފައިވާކަމަށް ބީސީސީން ހާމަކޮށްފިއެވެ.

ބީސީސީން ވިދާޅުވީ، ތުޅާދޫ ސަޤާފީ މަރުކަޒުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމުމަށް އެމްޓީސީސީން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މައި އިމާރާތުގެ ފައުންޑޭޝަން ފުޓިންގްތަކުގެ ކޮންކްރީޓް މަސައްކަތް، މިހާރު ނިމިފައިވާކަމަށް ބީސީސީން ވިދާޅުވެއެވެ.

ދެ ބުރިއަށް އިމާރާތްކުރާ މި އިމާރާތުގެ ކޮންޓްރެކްޓަރ އަކީ އެމްޓީސީސީއެވެ. އެމްޓީސީސީން މަޢުލޫމާތު ދިން ގޮތުގައި، އިމާރާތުގެ ފައުންޑޭޝަން ފުޓިންގްތަކުގެ ކޮންކްރީޓް މަސައްކަތް، ނިންމައި މިހާރު ކުރިއަށްދަނީބީމްތަކަށް ބޭނުންވާ ދަގަނޑު ބެންޑް ކުރުމުގެ މަސައްކަތެވެ. ބީސީސީގެ އަމާޒަކީ، އިމާރާތުގެ މަސައްކަތް ނިމުމާއެކު، ވީ އެންމެ އަވަހަކަށް އާންމުންނަށް ޚިދުމަތް ދެވޭ ވަރަށް މި މަޝްރޫއާ ގުޅުންހުރި މަސައްކަތް ކުރިއަށް ގެންގޮސް ނިންމުމެވެ.

މި މަޝްރޫއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރޭޑް އެންޑް ޓްރާންސްޕޯޓާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 12 އޮގަސްޓް 2025ގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބ.އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

މި ސަގާފީ މަރުކަޒު ފަރުމާކޮށްފައިވަނީ ދިވެހި ސަގާފީ މަސައްކަތްތައް ދިރުވައި އާލާކޮށް، އެ މަސައްކަތްތައް އުނގަންނައިދޭ ގައުމީ ފެންވަރުގެ މަރުކަޒެއްގެ ގޮތުގައެވެ. މިގޮތުން ލިޔެލާ ޖެހުމާއި، ކުނާ ވިއުމާއި، ވަޑާމުގެ މަސައްކަތް ފަދަ ދިވެހި ފަންނުވެރިކަމުގެ ތަމްރީނުތައް މި މަރުކަޒުގައި ކުރިއަށް ގެންދާނެއެވެ.

މީގެ އިތުރުން، މި އިމާރާތުގައި ސަގާފީ އަދި ޒަމާނީ އުފެއްދުންތަކަށް ޚާއްސަ ވޯކްޝޮޕްތަކާއި، ކެފޭއެއްގެ އިތުރުން ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްސަ މުނިފޫހިފިލުވުމުގެ ސަރަޙައްދުތައް ހިމެނޭނެއެވެ. ބީސީސީން ދަނީ މި މަރުކަޒުގެ މަސައްކަތް ނިމި ހުޅުވައި ޚިދުމަތް ދިނުމަށް ބޭނުންވާ ތަމްރީނުތަކާއި އުފެއްދުންތެރިކަމަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ތުޅާދޫއަކީ ޒަމާނުއްސުރެ ލިޔެލާ ޖެހުމުގެ މަސައްކަތަށް މަޝްހޫރު ރަށެކެވެ. ތުޅާދޫގައި ޤާއިމްކުރާ މި މަރުކަޒުގެ ސަބަބުން ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރެވި، އާ ޖީލުތަކަށް މި ހުނަރުތައް ފޯރުކޮށްދިނުމުގެ އިތުރުން ފަންނުވެރިންނަށް އިޤްތިޞާދީ އާ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.

ސަރުކާރުން ކުރިއަށްގެންދާ މިފަދަ މަޝްރޫޢުތަކުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، ސަރުކާރުން ޢާންމުންނަށް ދެއްވާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރައްވައި، ކަނޑައަޅުއްވާފައިވާ ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމެވުމުގެ މަޤުޞަދުގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ވެސް ވަނީ ނިންމަވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އަންހެނުންނަކީ ޤައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވައި، ޤައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަމަށް މަގުތައް ތަނަވަސްވެ ފުރުޞަތުތައް ފަހިވާނެ މި ފަދަ ޕްރޮގްރާމުތައް ހިންގެންވާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
އަދި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މިހާދިސާގައި އަސަރުކޮށްފައި ނުވެއެވެ.
ޚަބަރު 27 Aug 2026
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
ޝަރީޢާ ހުއްދަ ބޭންކިން ޚިދުމަތްތައް ރަށަށް ތަޢާރަފްވުމުން، ވިޔަފާރިވެރިންނާއި މަސްވެރިންގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް، އަދި ޢާންމު ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިން ހޯދައި ވިޔަފާރި ފުޅާ ކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
މިނިސްޓަރ ޒަރީރު މިހެން ވިދާޅުވީ ރާއްޖޭގައި އެމް.އައި.ބީ.އިން ބެހެއްޓި 62 ވަނަ އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވާ އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޚަބަރު 27 Aug 2026