އެންމެން އެކުގައި މަސައްކަތްކުރާނަމަ، ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް މަގުފަހިވެގެންދާނެ: ނައިބު ރައީސް

އެންމެން އެކުގައި މަސައްކަތްކުރާނަމަ، ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް މަގުފަހިވެގެންދާނެ: ނައިބު ރައީސް

ހ ހަޅަ
ޚަބަރު 01 Nov 2025

އެންމެން އެކުގައި މަސައްކަތްކުރާނަމަ، ތަރައްޤީގެ ލަނޑުދަނޑިތައް ފަސޭހަކަމާއެކު ޙާޞިލުކުރުމަށް މަގުފަހިވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރ. މީދޫ ސްކޫލް ހޯލުގައި މިރޭ ބޭއްވި، އެ ރަށު ކައުންސިލުން ދެއްވާ މަހާސަނަދު އެވޯޑުދިނުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މަހާސަނަދު އެވޯޑަކީ މީދޫ ކައުންސިލުން އިސްނަންގަވައިގެން، އެކި ދާއިރާތަކުން އެކި ގޮތްގޮތުން ރަށަށް ޚިދުމަތްކުރައްވާ ފަރާތްތަކުގެ އަގުވަޒަންކޮށް، ތަފާތު ރޮނގުރޮނގުން ރަށަށް ރީތި ނަން ހޯއްދަވައިދެއްވާ ފަރާތްތަކަށް ހިތްވަރުދެއްވުމުގެ މަޤްޞަދުގައި ދެއްވާ އެވޯޑެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ޚިދުމަތްތަކުގެ އަގު ވަޒަންކުރުމަކީ، ރަށަށް އޮންނަ ލޯތްބާއި ރަށަށް ރީތިނަން ހޯދައިދީ، ރަށަށް ޚިދުމަތްކުރުމުގެ ޢަޒުމް ރަށުގެ ރައްޔިތުންގެ ހިތުގައި އުފެދި، ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، އެއްބައިވަންތަކަމުގެ ގުޅުން ބަދަހިވެގެންދާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ.

މިރޭގެ ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މަހާސަނަދު ގެ ޝަރަފުވެރި އެވޯޑުތައް ހާސިލުކުރެއްވި ފަރާތްތަކަށް އެވޯޑުތައް ހަވާލުކޮށްދެއްވާފައެވެ. އެ ގޮތުން ތައްޚާން އެވޯޑް ލިބިވަޑައިގެންނެވި 4 ބޭފުޅުންނަށާއި، ކަލޭފާނު އެވޯޑް ހާސިލުކުރެއްވި 4 ބޭފުޅުންނަށާއި، މަދަދު އެވޯޑް ލިބިވަޑައިގެންނެވި 2 ބޭފުޅުންގެ އިތުރުން ނަލަނަލަ މީދޫ އެވޯޑް ހަވާލުކޮށްދެއްވާފައިވެއެވެ.

މީގެއިތުރުންވެސް މި ޙަފުލާގައި، ތަޢުލީމީ ރޮނގުން ދޭ ނޫރާނީ ފިލާ 10 ބޭފުޅަކަށް، ދިވެހި ދައުލަތަށް 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ދެވޭ އަބުރުވެރި ހާކިމާގެ ފިލާ 11 ބޭފުޅަކަށް، ތަޢުލީމީ ދާއިރާއިން ދެވޭ ނޫރާނީ އެވޯޑް 9 ބޭފުޅަކަށް، އަދި ފަންނުވެރިން ގެ ފިލާ ލިބިވަޑައިގެންނެވި ފަރާތްތަކަށް އެފިލާ ޙަވާލުކޮށްދެއްވާފައިވެއެވެ.

މި ހަފުލާގައި އިނާމު ޙާސިލުކުރެއްވި ހުރިހާ ބޭފުޅުންނަށް ހިތުގެ ފުންމިނުން ތަހުނިޔާއާއި މުބާރަކުބާދު ދަންނަވައި، އެބޭފުޅުންގެ އަގުހުރި މަސައްކަތްޕުޅުތައް ހުއްޓަވައިނުލައްވައި ކުރިއަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހިތްވަރުދެއްވާފައެވެ. މި ހަފުލާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މީދޫއަށް ވަޑައިގެންނެވުމުން އެ ރަށުން އެ މަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި މިއަދު ހަވީރު މީދޫ ރަށު ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޕޮލެންޑުގެ ބޯޑަރު ކައިރިއަށް ރަޝިޔާއިން ވަރުގަދަ ހަމަލާއެއްދީ ހަނގުރާމަ އިތުރަށް ވަރުގަދަކޮށްފި
ޕޮލެންޑުގެ ބޯޑަރު ކައިރިއަށް ރަޝިޔާއިން ވަރުގަދަ ހަމަލާއެއްދީ ހަނގުރާމަ އިތުރަށް ވަރުގަދަކޮށްފި
ޔޫކްރެއިނާއި ޕޮލެންޑް ގުޅޭ ބޯޑަރު ކައިރިއަށް ރަޝިޔާއިން އާދީއްތަ ދުވަހު ދިން ވަރުގަދަ ހަމަލާއަކާ ގުޅިގެން، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ނުތަނަވަސްކަން އިތުރަށް ބޮޑުވެގެން ހިނގައްޖެއެވެ.
ދުނިޔެ 13 Sep 2026
ހޮރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން އިތުރުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުރައްކާ ކުރިމަތިވެއްޖެ
ހޮރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން އިތުރުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުރައްކާ ކުރިމަތިވެއްޖެ
ދުނިޔޭގެ ވިޔަފާރީގެ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅީގައި ވިޔަފާރި އުޅަނދަކަށް ދިން ހަމަލާއަކާ ގުޅިގެން، އެ ސަރަޙައްދުގެ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެއްޖެއެވެ.
ދުނިޔެ 13 Sep 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި
މިއީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ޒުވާން ޚަޠީބުންގެ ބައިވެރިވުމާއެކު ބާއްވާ ޚާއްސަ މަހާސިންތާއެކެވެ.
ޚަބަރު 13 Sep 2026
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ގާތްގަނޑަކަށް 10،000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނޭ ގޮތަށް ޤާއިމްކުރާ މި ބިނާގައި ނަމާދު ކުރާނެ ތަނަވަސް ސަރަޙައްދު ހިމެނޭހެން އިސްލާމީ ތަޢުލީމާއި، ޘަޤާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ވަނީ ފަރުމާކޮށްފައެވެ.
ޚަބަރު 13 Sep 2026