ވިޔަފާރީގެ އުޞޫލުން ގޭގައި ކާބޯތަކެތި އުފައްދާ މީހުން ދަފްތަރުވުމަށް ބީސީސީން ނެރުނު އުޞޫލު ބާޠިލުކޮށްފި

ވިޔަފާރީގެ އުޞޫލުން ގޭގައި ކާބޯތަކެތި އުފައްދާ މީހުން ދަފްތަރުވުމަށް ބީސީސީން ނެރުނު އުޞޫލު ބާޠިލުކޮށްފި

ހ ހަޅަ
ޚަބަރު 07 Sep 2024

އާމްދަނީ ހޯދުމަށް ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތައް ދަފްތަރުވުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ނެރުނު އުޞޫލު ބާތިލުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ބީސީސީން އިއްޔެ ގެޒެޓްގައި ޝާއިޢުކުރި އިޢުލާނެއްގައި ބުނެފައިވަނީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީގޮތުގެ މިންގަނޑާއި ގުޅިގެން ބީސީސީން އެކުލަވާލާފައިވާ ދަފްތަރުގެ އުޞޫލު ބާޠިލުވެފައިވާ ކަމަށެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަލަށް ކަނޑައަޅާފައިވާ މިންގަނޑުގައި، އާންމު ޝަރުތުތަކާއި ބަދިގޭގައި ފުރިހަމަވާން ޖެހޭ ޝަރުތުތަކުގެ އިތުރުން ހިފައި ގެންގުޅޭ ސާމާނާއި އާލަތްތަކުގައި ހުންނަން ޖެހޭ ޝަރުތުތައް ވެސް ހިމަނައިފައިވެއެވެ. ވިޔަފާރީގެ އުޞޫލުން ގޭގައި ކާބޯތަކެތި ތައްޔާރުކުރާނަމަ މިހާރު އެކަމުގެ މަޢުލޫމާތު އީފާސް މެދުވެރިކޮށް ދިރިތި ޕޯޓަލް އަށް ހުށަހަޅަން ޖެހެއެވެ. އަދި ވިޔަފާރީގެ ބޭނުމަށް ގޭގައި ކާބޯތަކެތި ވިއްކާ ފަރާތްތައް ދަފްތަރުކުރުމުގެ އުޞޫލުތައް އެމްއެފްޑީއޭގެ ޕޯޓަލް އަދި ޞިއްޙީ ވުޒާރާގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފައެވެ.

މި ބަދަލާ ގުޅިގެން، ކުރިން ބީސީސީން ޤާއިމްކޮށްފައިވާ ދަފްތަރުގެ އުޞޫލު ބާޠިލުވެ، އަލަށް އެމްއެފްޑީއޭއިން ކަނޑައަޅާފައިވާ މިންގަނޑާއި އުޞޫލުތަކަށް ވިޔަފާރީގެ އުޞޫލުން ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކުން ޢަމަލުކުރަން ޖެހޭނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޕޮލެންޑުގެ ބޯޑަރު ކައިރިއަށް ރަޝިޔާއިން ވަރުގަދަ ހަމަލާއެއްދީ ހަނގުރާމަ އިތުރަށް ވަރުގަދަކޮށްފި
ޕޮލެންޑުގެ ބޯޑަރު ކައިރިއަށް ރަޝިޔާއިން ވަރުގަދަ ހަމަލާއެއްދީ ހަނގުރާމަ އިތުރަށް ވަރުގަދަކޮށްފި
ޔޫކްރެއިނާއި ޕޮލެންޑް ގުޅޭ ބޯޑަރު ކައިރިއަށް ރަޝިޔާއިން އާދީއްތަ ދުވަހު ދިން ވަރުގަދަ ހަމަލާއަކާ ގުޅިގެން، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ނުތަނަވަސްކަން އިތުރަށް ބޮޑުވެގެން ހިނގައްޖެއެވެ.
ދުނިޔެ 13 Sep 2026
ހޮރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން އިތުރުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުރައްކާ ކުރިމަތިވެއްޖެ
ހޮރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން އިތުރުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުރައްކާ ކުރިމަތިވެއްޖެ
ދުނިޔޭގެ ވިޔަފާރީގެ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅީގައި ވިޔަފާރި އުޅަނދަކަށް ދިން ހަމަލާއަކާ ގުޅިގެން، އެ ސަރަޙައްދުގެ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެއްޖެއެވެ.
ދުނިޔެ 13 Sep 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި
މިއީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ޒުވާން ޚަޠީބުންގެ ބައިވެރިވުމާއެކު ބާއްވާ ޚާއްސަ މަހާސިންތާއެކެވެ.
ޚަބަރު 13 Sep 2026
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ގާތްގަނޑަކަށް 10،000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނޭ ގޮތަށް ޤާއިމްކުރާ މި ބިނާގައި ނަމާދު ކުރާނެ ތަނަވަސް ސަރަޙައްދު ހިމެނޭހެން އިސްލާމީ ތަޢުލީމާއި، ޘަޤާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ވަނީ ފަރުމާކޮށްފައެވެ.
ޚަބަރު 13 Sep 2026