ފޮޓޯ: ސަން
ފޮޓޯ: ސަން

ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ނެގުމުން ޕްރޮމޯޝަން ނުލިބި ލަސްވާ މައްސަލައަށް ހައްލެއް ގެނެސްފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 24 Aug 2026

ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވެފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުން، ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ނެގުމުން މުސާރައިގެ ކުރިއެރުން (ޕްރޮމޯޝަން) ލިބުން ލަސްވާ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން، މުސާރައިގެ ކުރިއެރުން ދިނުމުގައި ޢަމަލުކުރާ އުޞޫލަށް މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން މި އުޞޫލަށް ގެނައި އިޞްލާޙުތަކުގެ ތެރޭގައި، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު (ޕީއޭ) އާއި، އެއް އިދާރާއިން އަނެއް އިދާރާއަށް ބަދަލުވާ މުވައްޒަފުންނަށް ކުރިއެރުން ދިނުމުގައި ބަލާނެ މިންގަނޑުތައް ވަނީ ހިމަނާފައެވެ.

އަލަށް ގެނައި އިޞްލާޙުގައިވާ ގޮތުން، ދައުލަތުގެ ޕޭ ފްރޭމްވަރކުގައި ހިމެނޭ މަޤާމާއި، ރޭންކާއި މުސާރައިގެ ފިޔަވަޅުގައި ވިދިވިދިގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން %85 މާކްސް ލިބުމުން މުސާރައިގެ ކުރިއެރުން ދެވޭނެއެވެ. އަދި އަހަރުގެ ޕީއޭގެ ގޮތުގައި ބަލާނީ އެ އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 90 ދުވަހު މަސައްކަތްކޮށްފައިވާނަމައެވެ.

މީގެއިތުރުން، ވިހެއުމުގެ ޗުއްޓީ ނުވަތަ ސަސްޕެންޝަން ފަދަ ސަބަބަކާ ހުރެ ދިގު މުއްދަތަކަށް ވަޒީފާއަށް ނުނިކުމެވިގެން، އަހަރެއްގެ ތެރޭގައި މަސައްކަތު 90 ދުވަސް ހަމަނުވާ ޙާލަތްތަކުގައި ޢަމަލުކުރާނެ ލުއި ގޮތްތަކެއް މިހާރު ވަނީ ހަމަޖައްސާފައެވެ. އެގޮތުން، 90 ދުވަސް ހަމަނުވާ އަހަރު ނުހިމަނައި، އޭގެ ކުރީ އަހަރާއި ޖެހިގެން އަންނަ އަހަރުގެ ޕީއޭއިން %85 އަށް ވުރެ މަތިން މާކްސް ލިބިފައިވާނަމަ ކުރިއެރުން ދިނުމަށް ބަލައިގަނެވޭނެއެވެ. ނަމަވެސް، މުސާރައިގެ ކުރިއެރުމަށް އެއްފަހަރު ބޭނުންކޮށްފައިވާ ޕީއޭއެއް ދެވަނަ ފަހަރަށް ބޭނުމެއް ނުކުރެވޭނެއެވެ.

އެއް އިދާރާއިން އަނެއް އިދާރާއަށް ވަޒީފާ ބަދަލުވާ މުވައްޒަފުންގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ވެސް އުޞޫލަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން:

  • އެއް އިދާރާއިން އަނެއް އިދާރާއަށް ބަދަލުވާއިރު، އެއްވެސް އިދާރާއެއްގައި 90 ދުވަސް ހަމަނުވި ނަމަވެސް، ދެ އިދާރާގެ ޖުމްލަ މަސައްކަތު ދުވަސް 90 އަށް އަރާނަމަ އަދި ޕީއޭތަކުން ނުވަތަ އެވްރެޖުން %85 ލިބިފައިވާނަމަ ކުރިއެރުން ލިބޭނެއެވެ.

  • އެއް އިދާރާއެއްގައި 30 ދުވަހަށް ވުރެ ކުރު މުއްދަތެއް ހޭދަވުމުން ޕީއޭ ފުރިހަމަނުވި ނަމަވެސް، އަނެއް އިދާރާގެ ޕީއޭއިން %85 މާކްސް ލިބި، ޖުމްލަ 90 ދުވަސް ހަމަވާނަމަ ކުރިއެރުން ދެވޭނެއެވެ.

  • ދެ އިދާރާގައި މަސައްކަތްކޮށް 90 ދުވަސް ހަމަވެ، ދެ އިދާރާއިން ވެސް ޕީއޭ ހަދާފައިވާނަމަ، ކުރިއެރުން ދޭނީ ދެ ޕީއޭގެ އެވްރެޖުން %85 ނުވަތަ އެއަށްވުރެ މަތިން މާކްސް ލިބުމުންނެވެ.

މި އުޞޫލުގެ ދަށުން "މަޤާމުގެ އެލަވަންސް" ގެ ހަރުފަތްތަކަށް މުސާރައިގެ ކުރިއެރުން ދިނުމުގައި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 88 އަދި 89 ވަނަ މާއްދާއަށް ރިޢާޔަތްކުރަންޖެހޭނެ ކަމަށް ވެސް އެ ކޮމިޝަނުން ކަނޑައަޅާފައިވެއެވެ.

މި ގެނެވުނު އިޞްލާޙުތަކުގެ ސަބަބުން، ވިހެއުމާ ގުޅިގެން ޗުއްޓީ ނަގާ އަންހެން މުވައްޒަފުންނަށާއި ދިގު ޗުއްޓީ ނަގަންޖެހޭ މުވައްޒަފުންނަށް ކުރިމަތިވަމުން ދިޔަ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް އެކުލަވާލައި މަޖިލީހަށް ހުށަހަޅައިފި
ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް އެކުލަވާލައި މަޖިލީހަށް ހުށަހަޅައިފި
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ބިލު ހުށަހެޅުމުގެ މައިގަނޑު އެއް ބޭނުމަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުޙައްޤުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށްޓަކައި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ޤާނޫނީ އޮނިގަނޑެއް ތަޢާރުފުކުރެއްވުމެވެ.
ޚަބަރު 25 Aug 2026
އޮޑިޓަރ ޖެނެރަލް ތިލަފުށީ ކުނި މެނޭޖްކުރާ މަރުކަޒަށް ޒިޔާރަތްކުރައްވައިފި
އޮޑިޓަރ ޖެނެރަލް ތިލަފުށީ ކުނި މެނޭޖްކުރާ މަރުކަޒަށް ޒިޔާރަތްކުރައްވައިފި
މި ޒިޔާރަތަކީ ތިލަފުށީގައި މިހާރު ކުރިއަށްދާ ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ބައްލަވާލެއްވުމަށާއި، ކުންޏާއި ވަސީލަތްތައް ބެލެހެއްޓުމުގައި ބޭނުންކުރަމުންދާ ނިޒާމުތަކާއި އިޖުރާއަތްތައް ގާތުން ބައްލަވައި، އެކަންކަމާ ގުޅޭ މަޢުލޫމާތު ހޯއްދެވުމުގެ މަޤްޞަދުގައި ކުރެއްވި ޒިޔާރަތެކެވެ.
ޚަބަރު 25 Aug 2026
ހަވާލުކުރާ ކޮންމެ ރޭންކަކާއެކު އޮތީ އެއަށްވުރެ ބޮޑު މަސްއޫލިއްޔަތަކާއި ޒިންމާއެއް: ސީޕީ
ހަވާލުކުރާ ކޮންމެ ރޭންކަކާއެކު އޮތީ އެއަށްވުރެ ބޮޑު މަސްއޫލިއްޔަތަކާއި ޒިންމާއެއް: ސީޕީ
އަދި ޕްރޮމޯޝަނަށް ފަހު މަސައްކަތުގެ މާހައުލަށް ނުކުންނައިރު، ހަވާލުކުރެވުނު ރޭންކާ އެއްވަރަށް ހިދުމަތުގެ ފެންވަރު ހިފެހެއްޓޭތޯ ބަލާނެ ފަރާތްތައް ގިނަވާނެކަން ފާހަގަކުރައްވައި، މުއައްސަސާގެ އެތެރެއިންނާއި ބޭރުން ވެސް ސުވާލު ނުއުފެދޭނެ ފަދަ ގޮތަކަށް، ލިބުނު މަގާމާ އެއްވަރަށް މަސައްކަތުގެ ނަތީޖާ ނެރެދީ، ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ރިވެތި ނަމޫނާއެއް ދެއްކުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ޚަބަރު 24 Aug 2026
ދިވެހިރާއްޖޭގައި ބިނާ ކުރެވޭ އެންމެ ބޮޑު ވަޤްފު ޢިމާރާތް، ދާރުއްސަލާމްގެ ޢަމަލީ މަސައްކަތް ފަށައިފި
ދިވެހިރާއްޖޭގައި ބިނާ ކުރެވޭ އެންމެ ބޮޑު ވަޤްފު ޢިމާރާތް، ދާރުއްސަލާމްގެ ޢަމަލީ މަސައްކަތް ފަށައިފި
ހުޅުމާލޭގައި ޢިމާރާތް ކުރާ ދާރުއްސަލާމް ވަޤްފް ޢިމާރާތުގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަޅުއްވައިދެއްވީ 26 ނޮވެމްބަރު 2026 ގައެވެ. އިމާރާތް ކުރިއަށްދަނީ ހުޅުމާލޭ ޕްލޮޓް ނަންބަރު 11646 ގައެވެ.
ޚަބަރު 24 Aug 2026