"އީފާސް"އާ ގުޅޭ ޚާއްސަ ޕްރޮގްރާމެއް ދ. ކުޑަހުވަދޫގައި ބާއްވަން ނިންމައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 05 Sep 2026

ރާއްޖޭގެ ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ "އީފާސް" އާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ޚާއްސަ ޕްރޮގްރާމެއް ދ. ކުޑަހުވަދޫގައި ބޭއްވުމަށް ނިންމައިފިއެވެ.

މި ޕްރޮގްރާމަކީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވޯލްޑް ބޭންކުގެ އެހީގައި ހިންގާ "ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން" (ޑީމެޑް) ޕްރޮޖެކްޓާއި މޯލްޑިވްސް ޑިޖިޓަލް ސަރވިސް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި މަހުގެ 9 ވަނަ ދުވަހު ކުޑަހުވަދޫ މަލްޓި ޕާޕަސް ބިލްޑިންގގެ ލައިބްރަރީ ހޯލްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ޚާއްސަކޮށްފައިވަނީ ފ. އަދި ދ. އަތޮޅުގެ ރަށްތަކަށެވެ.

އީފާސްއަކީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާ ގުޅިފައިވާ، ސަރުކާރުގެ ޚިދުމަތްތަކާއި، ޓާޝަރީ ހޮސްޕިޓަލްތަކާއި، އާސަންދަ، ޕެންޝަން އަދި ބޭންކިންގ ފަދަ މާލީ ޚިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ބޭނުންކުރާ ރައްކާތެރި ޤައުމީ ނިޒާމެކެވެ. މި މަސައްކަތު ބައްދަލުވުމުގައި ދެ އަތޮޅުގެ ރަށު ކައުންސިލްތަކުގެ ޓެކްނިކަލް މުވައްޒަފުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ އިތުރުން، ކުޑަހުވަދޫގެ މުއައްސަސާތަކާއި ވިޔަފާރިތަކާއި ޖަމްޢިއްޔާތަކުން ބައިވެރިވާނެއެވެ.

ޑީމެޑް ޕްރޮޖެކްޓުން މަޢުލޫމާތު ދިން ގޮތުގައި، މި ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ ޑިޖިޓަލް ސްޕޭސްގައި އަމިއްލަ އައިޑެންޓިޓީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހޭލުންތެރިކުރުމެވެ. އަދި އީފާސް ބޭނުންކުރުމުގައި ދިމާވާ މައްސަލަތަކާއި އޭގެ ޙައްލުތައް އޮޅުންފިލުވައިދީ، ރަށްރަށުގައި މަޢުލޫމާތު ފޯރުކޮށްދޭނެ ފަރާތްތައް ބިނާކުރުމެވެ.

މީގެއިތުރުން، ކުޑަހުވަދޫ ބަނދަރު ސަރަޙައްދުގައި ހުންނަ މެހެމާން ސަރާގައި އީފާސްގެ މޯބައިލް ހެލްޕްޑެސްކެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ހެލްޕްޑެސްކް މެދުވެރިކޮށް، އެކައުންޓް ލޮކްވުމާއި، ފޯނު ނަންބަރު ނުވަތަ އީމެއިލް ބަދަލުވުން ފަދަ މައްސަލަތައް، ވެރިފަރާތުގެ މުއްދަތު ހަމަނުވާ އައިޑީކާޑު ގެނައުމުން ކަށަވަރުކުރުމަށްފަހު ވަގުތުން ޙައްލުކޮށްދޭނެއެވެ.

"އަތޮޅު ދަތުރު" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ފުރަތަމަ ހަރަކާތް ކާމިޔާބުކަމާއެކު މިދިޔަ އޯގަސްޓް މަހުގެ 19 ގައި ކުޅުދުއްފުށި ސިޓީގައި ވަނީ ބާއްވާފައެވެ. އެ ހަރަކާތުގައި ހދ. އަތޮޅުގެ 20 މުއައްސަސާއަކުން 44 ފަރާތަކުން ބައިވެރިވެފައިވާއިރު، އާންމުންނަށް ޚިދުމަތް ދިނުމުގެ އިތުރުން ލަކީ ޑްރޯއެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޕީއެންސީގެ މެންބަރުންގެ އަދަދު 77،000 އަށް އަރައިފި: މަޖިލިސް މެންބަރުން ތިއްބެވީ ރައީސް މުޢިއްޒުއާއެކު ސާބިތުކަމާއެކު - ފަލާޙް
ޕީއެންސީގެ މެންބަރުންގެ އަދަދު 77،000 އަށް އަރައިފި: މަޖިލިސް މެންބަރުން ތިއްބެވީ ރައީސް މުޢިއްޒުއާއެކު ސާބިތުކަމާއެކު - ފަލާޙް
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަކީ މިހާރު ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ ކަމަށާއި، އެ ޕާޓީގެ މެންބަރުންގެ އަދަދު 77،000 އަށް އަރައިފި ކަމަށް ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.
ޚަބަރު 05 Sep 2026
 ޕީއެންސީ އެންމެ ކުރީގައި އޮތީ ރައްޔިތުންނާއެކު ވާތީ، ޔާމީން އުޅުއްވަނީ ފިތުނަ އުފައްދަން: މުހައްމަދު އިސްމާއީލް
ޕީއެންސީ އެންމެ ކުރީގައި އޮތީ ރައްޔިތުންނާއެކު ވާތީ، ޔާމީން އުޅުއްވަނީ ފިތުނަ އުފައްދަން: މުހައްމަދު އިސްމާއީލް
ސިޔާސީ މައިދާނުގެ އެންމެ އުހުގައި ޕީއެންސީ މިއަދު ފައިތިލަ ސާބިތުކޮށްފައިވަނީ އާންމު ރައްޔިތުންގެ އިހުސާސްތައް ދަންނަ އިޚްލާސްތެރި ލީޑަޝިޕެއް އޮތުމުން ކަމަށާއި، އިދިކޮޅުގައި ހުންނަވައިގެން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މަސައްކަތްޕުޅު ކުރައްވަނީ މުޖުތަމައު ފަސާދަކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ޚަބަރު 05 Sep 2026
"ޕީއެންސީން ތާއީދުކުރަނީ މޫނަކަށް ނޫން އުސޫލަށް، ރައީސް މުޢިއްޒު ގެންދަވަނީ ފުނޑިފައިވާ އިޤްތިޞާދު ކޮޅަށް ޖައްސަވަމުން" - ޝުޖާޢު
"ޕީއެންސީން ތާއީދުކުރަނީ މޫނަކަށް ނޫން އުސޫލަށް، ރައީސް މުޢިއްޒު ގެންދަވަނީ ފުނޑިފައިވާ އިޤްތިޞާދު ކޮޅަށް ޖައްސަވަމުން" - ޝުޖާޢު
ޤައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޙައްލުކުރައްވަމުން ގެންދަވަނީ ކެތްތެރިކަމާއި ސާބިތުކަމާއެކު ކަމަށާއި، ގަސްދުގައި ރޭވިގެން ފުނޑާލާފައި އޮތް ރާއްޖޭގެ އިޤްތިޞާދު އެމަނިކުފާނު އަލުން ކޮޅަށް ޖައްސަވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޚަބަރު 05 Sep 2026
ޕީއެންސީ ފޫއަޅުވައެއް ނުލެވޭނެ، ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމާއި ޚިޔާނާތުން: ޢަބްދުއްރަޙީމް
ޕީއެންސީ ފޫއަޅުވައެއް ނުލެވޭނެ، ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމާއި ޚިޔާނާތުން: ޢަބްދުއްރަޙީމް
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސަފުތައް ބައިބައިކޮށް، ފޫއަޅުވާލުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ކުރެއްވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، ޕާޓީގެ މެންބަރުން ތިބީ ސާބިތުކަމާއެކު ސަރުކާރުގެ ފަހަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޚަބަރު 05 Sep 2026