ވ. ކެޔޮދޫ، އަލިވާގޭ، ޢަބްދުއްލަޠީފް ޙަސަން
ވ. ކެޔޮދޫ، އަލިވާގޭ، ޢަބްދުއްލަޠީފް ޙަސަން

ރައީސް، ވ. ކެޔޮދޫ ޢަބްދުއްލަޠީފް ޙަސަންގެ އަވަހާރަވުމުގެ ހިތާމައިގައި ތަޢުޒިޔާ ދަންނަވައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 27 Aug 2026

ދިވެހި ދައުލަތަށް 53 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި، ފެލިދެ އަތޮޅު، ވ. ކެޔޮދޫ، އަލިވާގޭ، ޢަބްދުއްލަޠީފް ޙަސަން އަވަހާރަވުމާ ގުޅިގެން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެކްސް ގައި ޕޯސްޓެއް ކުރައްވައި، މަރްޙޫމްގެ ޢާއިލާއަށާއި ފެލިދެ އަތޮޅުގެ ރައްޔިތުންނަށް ތަޢުޒިޔާ ދަންނަވައިފި އެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި، ފެލިދެ އަތޮޅުވެރިކަމާއި އެ އަތޮޅުގެ އިސް މަޤާމުތަކެއް ފުރުއްވި، ހަރުދަނާ ޝަޚްޞިއްޔަތެއްކަމުގައިވާ ޢަބްދުއްލަޠީފް ޙަސަންގެ ދިގު ޚިދުމަތްތަކަށް ތަޢުރީފު ކުރައްވައި، ދިވެހި ދައުލަތަށް ކޮށްދެއްވި ގިނަގުނަ ޚިދުމަތްތައް ފާހަގަ ކުރެއްވި އެވެ.

ދިވެހި ދައުލަތަށް 53 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ބޭފުޅަކު ދުނިޔެ ދޫކުރެއްވުމަކީ ޤައުމަށް ލިބިގެންދިޔަ ފުން ހިތާމައެއް ކަމަށް ރައީސްގެ ޕޯސްޓުގައި ފާހަގަ ކުރައްވާފައިވެ އެވެ. އަދި ހިތާމައިގައި ބައިވެރިވެ، ދިރިތިއްބެވި ޢާއިލާ ބޭފުޅުންނަށާއި ފެލިދެ އަތޮޅުގެ ލޮބުވެތި ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރިކަމާ އެކު ތަޢުޒިޔާ ދަންނަވާ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އަންހެނުންނަކީ ޤައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވައި، ޤައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަމަށް މަގުތައް ތަނަވަސްވެ ފުރުޞަތުތައް ފަހިވާނެ މި ފަދަ ޕްރޮގްރާމުތައް ހިންގެންވާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
އަދި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މިހާދިސާގައި އަސަރުކޮށްފައި ނުވެއެވެ.
ޚަބަރު 27 Aug 2026
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
ޝަރީޢާ ހުއްދަ ބޭންކިން ޚިދުމަތްތައް ރަށަށް ތަޢާރަފްވުމުން، ވިޔަފާރިވެރިންނާއި މަސްވެރިންގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް، އަދި ޢާންމު ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިން ހޯދައި ވިޔަފާރި ފުޅާ ކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
މިނިސްޓަރ ޒަރީރު މިހެން ވިދާޅުވީ ރާއްޖޭގައި އެމް.އައި.ބީ.އިން ބެހެއްޓި 62 ވަނަ އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވާ އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޚަބަރު 27 Aug 2026