ހާލު ކިހިނެއް؟ ޕްރޮގްރާމުގެ ތެރެއިން ފާހަގަވާ ބިދޭސީންނާ ގުޅުންހުރި މައްސަލަތައް ހައްލުކުރާނެ ގޮތުގެ މަޝްވަރާކޮށްފި!

ހާލު ކިހިނެއް؟ ޕްރޮގްރާމުގެ ތެރެއިން ފާހަގަވާ ބިދޭސީންނާ ގުޅުންހުރި މައްސަލަތައް ހައްލުކުރާނެ ގޮތުގެ މަޝްވަރާކޮށްފި!

ހ ހަޅަ
ޚަބަރު 30 Jul 2024

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފަށައިގެން ކުރިއަށް ގެންދާ ޙާލު ކިހިނެއް؟ ޕްރޮގްރާމުގެ ތެރެއިން ފާހަގަކުރެވޭ ބިދޭސީންނާއި ގުޅުންހުރި މައްސަލަތައް ހައްލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން މޯލްޑިވްސް އިމިގްރޭޝަނާއި މަޝްވަރާކޮށްފިއެވެ.

އޭގެ އިތުރުން ދިވެހިންނާއި ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ވިސާ ދިނުމުގައި ދިމާވާ މައްސަލަތަކާއި، ވިސާ ދޫކުރުމުގައި އިމިގްރޭޝަނުން ގެންގުޅޭ އުސޫލުތަކާއި ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭނެ ގޮތްތަކާއި ގުޅޭ މަޝްވަރާތައް ވެސް ވަނީ ކުރެވިގެން ގޮސްފައެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޙާލު ކިހިނެއް؟ ޕްރޮގްރާމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ބަލައި، ދައުލަތުގެ ޚާއްސަ ސަމާލުކަމާއި ރައްކާތެރިކަން އަދި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް ބާރުއެޅުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެއާއެކު މި ޕްރޮގްރާމުގެ ތެރެއިން ފާހަގަކުރެވޭ ރައްޔިތުންގެ ކަންބޮޑުވުން ހުންނަ މައްސަލަތައް ޙައްލުކުރުމަށް، އެވުޒާރާއިން ގެންދަނީ ކަމާ ގުޅުންހުރި އިދާރާތަކާއި އެކު މަޝްވަރާކޮށް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ކޮމިޝަން ކޮށްފި
އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ކޮމިޝަން ކޮށްފި
ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޝިޕް ކޮމިޝަންކޮށްދެެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހިލޭއެހީގެ ގޮތުގައި ހަދިޔާކުރި ނޭވީ މަނަވަރަށް ނަންދީފައިވަނީ "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ގެ ނަމުންނެވެ.
ޚަބަރު 27 Jul 2026
ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް މަރުކަޒުތަކާއި އިންޑޯ ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް ބާރުދުވެލީގައި
ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް މަރުކަޒުތަކާއި އިންޑޯ ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް ބާރުދުވެލީގައި
ރާއްޖޭގެ އެއްވެސް ރަށެއް ބާކީނުކޮށް، ކޮންމެ ރަށެއްގައި އެންމެ ޒަމާނީ ފެންވަރުގެ ފިޓްނަސް ރެކްރިއޭޝަން މަރުކަޒުތަކާއި އައުޓްޑޯ ޖިމްތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޚަބަރު 24 Jul 2026
މާލެއެކޭ އެއްފަދަ 'ޔޫތު ހަބް' ތަކާއި ސޯޝަލް ސެންޓަރުތައް އަތޮޅުތެރޭގައިވެސް ގާއިމުކުރަނީ
މާލެއެކޭ އެއްފަދަ 'ޔޫތު ހަބް' ތަކާއި ސޯޝަލް ސެންޓަރުތައް އަތޮޅުތެރޭގައިވެސް ގާއިމުކުރަނީ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލަށް ފެށި "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގައި ވާހަކަފުޅު ދައްކަވަމުން، މާލޭގައި ހުންނަ ސޯޝަލް ސެންޓަރުގެ ކޮންސެޕްޓަށް ރާއްޖޭގެ އެކި ސިޓީތަކާއި އަތޮޅުތަކުގައި ޒަމާނީ 'ޔޫތު ހަބް' ތައް ގާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
ޚަބަރު 24 Jul 2026
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް 7 ބޭފުޅަކު އައްޔަންކޮށްފި
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް 7 ބޭފުޅަކު އައްޔަންކޮށްފި
ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް އައު މެންބަރުން އައްޔަންކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިއްޔެ އާއި މިއަދު ވަނީ މި އައްޔަންކުރުންތަކުގެ ތަފްސީލު ހާމަކޮށްފައެވެ.
ޚަބަރު 24 Jul 2026