މަސްވެރިން މަސްބާނަނީ - މަސްވެރިކަމުގެ ސިނާއަކަށް މިދިޔަ އަހަރު ބޮޑު ކުރިއެރުމެއް ލިބިފައިނޭ
މަސްވެރިން މަސްބާނަނީ - މަސްވެރިކަމުގެ ސިނާއަކަށް މިދިޔަ އަހަރު ބޮޑު ކުރިއެރުމެއް ލިބިފައިނޭ

2025 ވަނަ އަހަރު މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް: އެކްސްޕޯޓް 92 އިންސައްތައަށް މަތިވެއްޖެ

ހ ހަޅަ
ވިޔަފާރި 03 May 2026

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް 2025 ވަނަ އަހަރަކީ ފާހަގަކޮށްލެވޭ ފަދަ ބޮޑު ކުރިއެރުންތަކެއް ލިބި، ގައުމީ އިގްތިސާދަށް އޭގެ ފައިދާ ނުހަނު ބޮޑަށް ކުރި އަހަރެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ހާމަކޮށްފިއެވެ.

އެމް.އެމް.އޭ އިން ނެރުނު 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، ދުނިޔޭގެ ބާޒާރަށް ދިމާވި ގޮންޖެހުންތަކާއި ސަރަހައްދީ ހަމަނުޖެހުންތަކާ އެކުވެސް، ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން 2024 ވަނަ އަހަރު 3.5% ހުރި އިގްތިސާދީ ކުރިއެރުން، 2025 ވަނަ އަހަރު ވަނީ 6.3%އަށް މަތިވެފައެވެ. މި ކުރިއެރުމުގައި ފަތުރުވެރިކަމާއި، މާލީ ހިދުމަތްތަކުގެ އިތުރުން މަސްވެރިކަމުގެ ސިނާއަތް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ނިމިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭން ބޭރުކުރި މަހުގެ މިންވަރު 92% އިތުރުވެފައިވުމަކީ އެންމެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމެކެވެ. ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ކުރިއެރުން ލިބިފައިވަނީ، ރާއްޖޭގައި މަސް ބަންދުކުރާ ކުންފުނިތަކުން މަސް ގަންނަ މިންވަރު އިތުރުވުމާއި، ބައިނަލްއަޤުވާމީ ބާޒާރުގައި ދިވެހި މަހުގެ އުފެއްދުންތަކަށް އޮތް މަޤުބޫލުކަން އިތުރުވުމުގެ ސަބަބުންނެވެ.

މަސްވެރިކަމުގެ ސިނާއަތުގެ އުފެއްދުންތެރިކަން ނުވަތަ ގްރޮސް ވެލިއު އެޑެޑް (GVA) އަށް ބަލާއިރު، 2024 ވަނަ އަހަރު 33.1% ދަށަށް ދިއުމަކަށް ފަހު، 2025 ވަނަ އަހަރު ވަނީ 30.8% ކުރިއެރުމެއް ހޯދާފައެވެ. އަދި މަސްވެރިންގެ އަތުން ގަތް މަހުގެ ޖުމްލަ މިންވަރު 66% އިތުރުވެ، 88.3 ހާސް މެޓްރިކް ޓަނަށް ވަނީ އަރާފައެވެ.

މި ކުރިއެރުމުގެ މައިގަނޑު އަސާސަކީ ކަޅުބިލަމަހާއި ރީންދޫ އުރަހަ ކަންނެލީގެ މަސްވެރިކަމެވެ. ގަތް މަހުގެ ޖުމްލަ 82% ހިއްސާކުރާ ކަނޑުމަސް ގަތް މިންވަރު 80% އިތުރުވެފައިވާއިރު، ޖުމްލަ ހިއްސާގެ 17% ހިއްސާކުރާ ކަންނެލި މަސް ގަތް މިންވަރު ވަނީ 20% އިތުރުވެފައެވެ. މި ދެ ބާވަތަކީ ރާއްޖޭގެ މަސްވެރިކަމުގެ ޖުމްލަ އުފެއްދުމުގެ99% އެވެ.

ބޭރު ފައިސާ ހޯދުމަށް މަސް ބޭރުކުރި މިންވަރަށް ބަލާއިރު، ޖުމްލަ 76.4 ހާސް މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މީގެ ތެރެއިން ގަނޑުކުރި ކަނޑުމަސް ބޭރުކުރި މިންވަރު 158 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، ގަނޑުކުރި ކަންނެލި (7 އިންސައްތަ)، ދަޅުގައި ބަންދުކުރި މަސް (9 އިންސައްތަ) އަދި ހިކިމަސް (32 އިންސައްތަ) ބޭރުކުރި މިންވަރު ވެސް ވަނީ އިތުރުވެފައެވެ. މި ކުރިއެރުމާއެކު، މަސްވެރިކަމުގެ އުފެއްދުންތަކުން ލިބުނު އާމްދަނީ ވަނީ 56 އިންސައްތަ (52.2 މިލިއަން އެމެރިކާ ޑޮލަރު) އިތުރުވެފައެވެ.

ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް މަސްވެރިކަމުގެ ސިނާއަތުން ކުރި މަސައްކަތުގެ ތެރެއިން، ޖުމްލަ 76.4 ހާސް މެޓްރިކް ޓަނުގެ މަސް ވަނީ ރާއްޖެއިން ބޭރުކޮށްފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ގަނޑުކުރި ކަނޑުމަސް އެކްސްޕޯޓްކުރި މިންވަރު 158% ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، ގަނޑުކުރި ކަންނެލި ބޭރުކުރި މިންވަރު 7%، ދަޅުގައި ބަންދުކުރި މަސް 9% އަދި ހިކިމަސް ބޭރުކުރި މިންވަރު ވެސް ވަނީ 32% އަށް އިތުރުވެފައެވެ. މި ކުރިއެރުންތަކާއެކު، މަސްވެރިކަމުގެ އުފެއްދުންތަކުން ލިބުނު ޖުމްލަ އާމްދަނީ ވަނީ 56% (52.2 މިލިއަން އެމެރިކާ ޑޮލަރު) އިތުރުވެފައެވެ.

މަސްވެރިކަމުގެ ސިނާއަތަށް އައި މި ބޮޑު ބަދަލަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސްވެރިކަން ތަރައްގީކޮށް ހަރުދަނާކުރުމަށް އެކަށައަޅުއްވައި ތަންފީޒުކުރެއްވި ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އިގްތިސާދީ މާހިރުން ސިފަކުރައްވައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026
ޤައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ ސައްތަ އިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން - ރައީސް
ޤައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ ސައްތަ އިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން - ރައީސް
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ޙަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމަކީ ދަރީންނަށް ފޯރުވައިދޭންޖެހޭ މުހިންމު ޙަޤީޤަތްތަކެއް ކަމަށެވެ. އިސްލާމީ ޝަރީޢަތުގެ މައިގަނޑު ފަސް މަޤުޞަދުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ޙަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމުގެ ސަބަބުން ދިވެހި މުޖުތަމަޢަކީ އަމާން، އިތުބާރު ބޮޑު މުޖުތަމަޢަކަށް ބަދަލުވެގެންދިޔަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޚަބަރު 12 Sep 2026
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަޑައިގަތުމުގެ މި ދަޢުވަތު އަރުވާފައިވަނީ، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ޚަބަރު 11 Sep 2026