ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް

އޯއައިސީގެ ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ސައޫދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 26 Aug 2026

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލުގެ ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ސައޫދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ ފަލަސްތީނުގެ އެންމެ ފަހުގެ ހާލަތާ ގުޅޭގޮތުންނެވެ.

މި އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ އޯއައިސީގެ ޖެނެރަލް ސެކްރެޓޭރިއަޓްގެ މައި އިދާރާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ފަރާތުން މިނިސްޓަރު އިރުތިޝާމް ތަޤުރީރު ކުރައްވާނެއެވެ. މި ތަޤުރީރުގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތަކާ ގުޅޭގޮތުން ރާއްޖެއިން ގެންގުޅޭ ސާބިތު ސްޓޭންޑް ތަކުރާރު ކުރައްވާނެ ކަމަށް ބެލެވެއެވެ.

ފުރާވަޑައިގަތުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ރާއްޖެއިން މި ބައްދަލުވުމުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާނެ ކަމަށާއި، އެ ޢަމަލުތަކަށް އިސްރާއީލު ޒިންމާދާރުކުރުވުމަށް ގޮވާލައްވާނެ ކަމަށެވެ. އަދި ޣައްޒާގައި ސުލްހަ ޤާއިމުކުރުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަމުން ގެންދާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައި، ފަލަސްތީނުގެ މިނިވަން އަދި މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމަށް އަބަދުވެސް އެއްބާރުލުން ދެމުން އަންނަ ޤައުމެކެވެ. މިގޮތުން، ދިވެހި ސަރުކާރުން އަބަދުވެސް ދަނީ ބައިނަލްއަޤުވާމީ އެކި މަންސަތަކުގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި ވަކާލާތު ކުރަމުންނެވެ.

މި ކުއްލި ބައްދަލުވުމުގައި ފަލަސްތީނުގެ މައްސަލައިގެ އިތުރުން، އޯއައިސީގެ އައު ސެކްރެޓަރީ ޖެނެރަލަކު ހޮވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަޤާމަށް އައު ބޭފުޅަކު އިންތިޚާބު މި ކުރަނީ، 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އެ މަޤާމު ފުރުއްވަމުން ގެންދަވާ ހުސައިން ބްރާހިމް ތާހާގެ ދައުރު މި އަހަރުގެ ނޮވެމްބަރު މަހަށް ހަމަވާތީއެވެ.

މީގެއިތުރުން، އޯއައިސީގެ މެންބަރު ޤައުމުތަކުގެ މަސްލަހަތު ހިމާޔަތްކުރުމަށާއި، އިސްލާމީ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން، ކުރިއަށް އޮތް މަރުހަލާގައި އެ ޖަމްޢިއްޔާއިން އިސްކަންދޭނެ ކަންކަމާ މެދުވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވޭނެއެވެ. މި ދަތުރުފުޅުގެ ހަވާސާގައި، އަރަބި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ މިނިސްޓަރު އިރުތިޝާމް ބައްދަލުކުރައްވައި ދޭދޭ މަޝްވަރާތައް ކުރިއަށް ގެންދެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އަންހެނުންނަކީ ޤައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވައި، ޤައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަމަށް މަގުތައް ތަނަވަސްވެ ފުރުޞަތުތައް ފަހިވާނެ މި ފަދަ ޕްރޮގްރާމުތައް ހިންގެންވާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
އަދި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މިހާދިސާގައި އަސަރުކޮށްފައި ނުވެއެވެ.
ޚަބަރު 27 Aug 2026
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
ޝަރީޢާ ހުއްދަ ބޭންކިން ޚިދުމަތްތައް ރަށަށް ތަޢާރަފްވުމުން، ވިޔަފާރިވެރިންނާއި މަސްވެރިންގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް، އަދި ޢާންމު ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިން ހޯދައި ވިޔަފާރި ފުޅާ ކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
މިނިސްޓަރ ޒަރީރު މިހެން ވިދާޅުވީ ރާއްޖޭގައި އެމް.އައި.ބީ.އިން ބެހެއްޓި 62 ވަނަ އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވާ އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޚަބަރު 27 Aug 2026