ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އަވަހާރަވުމާ ގުޅިގެން އެޤައުމުގައި ހިތާމަ ފާޅުކުރަނީ

އ އައިމިނަތުު މުޙައްމަދު
ދުނިޔެ 12 Jul 2026

ޤަޠަރުގެ ޒަމާނީ ތަރައްޤީގެ ބާނީ، އަދި އެޤައުމުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ (ފާދަރ އެމީރު) އުމުރުފުޅުން 74 އަހަރުގައި އަވަހާރަވުމާ ގުޅިގެން، މުޅި ޤަޠަރު ހިތާމައިގެ ތެރެއަށް ޣަރަޤުވެއްޖެއެވެ.

އާދީއްތަ ދުވަހު ޝައިޚް ޙަމަދު އަވަހާރަވިކަން އެޤައުމުގެ އަމީރީ ދީވާނުން ރަސްމީކޮށް އިޢުލާން ކުރުމާ ގުޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ލީޑަރުންނާއި ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުން ދަނީ ތަޢުޒިޔާ ފޮނުވަމުންނެވެ. އެމަނިކުފާނުގެ ޒިކުރާ އާކުރުމުގެ ގޮތުން ޤަޠަރުގައި ހަތަރު ދުވަހުގެ ޤައުމީ ހިތާމައިގެ މުއްދަތެއް އިޢުލާންކޮށް، ދިދަތައް ބައިދަނޑިއަށް ތިރިކޮށް، ސަރުކާރުގެ އޮފީސްތަކާއި މުއައްސަސާތައް ވަނީ ބަންދުކޮށްފައެވެ. އެމަނިކުފާނުގެ ކަށުނަމާދު ދޯހާގެ އިމާމް މުޙައްމަދު އިބްނު ޢަބްދުލްވައްހާބް މިސްކިތުގައި ބޭއްވުމަށްފަހު، ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ލުސައިލް ޤަބުރުސްތާނުގައެވެ.

1995 އިން 2013 އަށް ޤަޠަރުގެ އަމީރުކަން ކުރެއްވި ޝައިޚް ޙަމަދުގެ 18 އަހަރުގެ ވެރިކަމުގައި، އެޤައުމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ. އެމަނިކުފާނުގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން، ތެލާއި ގޭހުގެ މުއްސަނދިކަން ބޭނުންކޮށްގެން ޤަޠަރު ވަނީ ދުނިޔޭގެ އެންމެ މުއްސަނދި އެއް ޤައުމަށް ބަދަލުކޮށްލާފައެވެ. އުމްރާނީ ތަރައްޤީއާއި، ތަޢުލީމާއި، ސިއްޙީ ދާއިރާއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރައްވައި، ބައިނަލްއަޤުވާމީ މައިދާނުގައި ޤަޠަރުގެ ނަން އެމަނިކުފާނު ވިދާލުކޮށްދެއްވިއެވެ.

ޝައިޚް ޙަމަދުގެ ޒަޢާމަތުގައި ޤަޠަރު އެއާވޭޒް ފުޅާކުރައްވައި، އަލްޖަޒީރާ މީޑިއާ ނެޓްވޯކް އުފެއްދެވުމުގެ އިތުރުން، ބައިނަލްއަޤުވާމީ މައްސަލަތައް ހައްލުކުރުމުގައި މެދުވެރިއެއްގެ ދައުރު ޤަޠަރުން އަދާކުރަން ފެށިއެވެ. އަދި 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ޤަޠަރަށް ހޯއްދަވައިދެއްވުމަކީ އެމަނިކުފާނުގެ ކާމިޔާބީގެ ލިސްޓުގެ ކުރީގައި ހިމެނޭ ކަމެކެވެ.

2013 ވަނަ އަހަރު، އެމަނިކުފާނުގެ ދަރިކަލުން ޝައިޚް ތަމީމް ބިން ޙަމަދު އަލްޘާނީއާ ވެރިކަން އަމިއްލަފުޅަށް ޙަވާލުކުރެއްވުމަކީ ޚަލީޖީ ސަރަޙައްދުގައި ނަމޫނާ ދެއްކެވި ކަމެކެވެ. އެ ދުވަހުން ފެށިގެން "ފާދަރ އެމީރު" ގެ ނަމުން މަޝްހޫރުވެފައިވާ ޝައިޚް ޙަމަދު އަވަހާރަވުމަކީ ޤަޠަރުގެ ތާރީޚުގައި ނިމިގެންދިޔަ މުހިންމު ބާބެކެވެ. ދުނިޔޭގެ ލީޑަރުން ސިފަކުރައްވާ ގޮތުގައި، އެމަނިކުފާނަކީ ޒަމާނީ ޤަޠަރު ބިނާކުރެއްވި ކެރޭ، ދުރުވިސްނޭ ލީޑަރެކެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އަންހެނުންނަކީ ޤައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވައި، ޤައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަމަށް މަގުތައް ތަނަވަސްވެ ފުރުޞަތުތައް ފަހިވާނެ މި ފަދަ ޕްރޮގްރާމުތައް ހިންގެންވާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
އަދި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މިހާދިސާގައި އަސަރުކޮށްފައި ނުވެއެވެ.
ޚަބަރު 27 Aug 2026
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
ޝަރީޢާ ހުއްދަ ބޭންކިން ޚިދުމަތްތައް ރަށަށް ތަޢާރަފްވުމުން، ވިޔަފާރިވެރިންނާއި މަސްވެރިންގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް، އަދި ޢާންމު ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިން ހޯދައި ވިޔަފާރި ފުޅާ ކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
މިނިސްޓަރ ޒަރީރު މިހެން ވިދާޅުވީ ރާއްޖޭގައި އެމް.އައި.ބީ.އިން ބެހެއްޓި 62 ވަނަ އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވާ އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޚަބަރު 27 Aug 2026