ބޭންކް އޮފް މޯލްޑިވްސްއިން ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ރެކޯޑް އަދަދަކަށް ޑޮލަރު ވިއްކައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 12 Jul 2026

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޖެނުއަރީ 2024 އިން ޖޫން 2026 ގެ ނިޔަލަށް ކަސްޓަމަރުންނަށް 1.7 ބިލިއަން އެމެރިކާ ޑޮލަރު ވިއްކައި، އައު ރެކޯޑެއް ގާއިމުކޮށްފިއެވެ. މިއީ އޭގެ ކުރީގެ ދެ އަހަރާއި ބައިގެ މުއްދަތާ އަޅާބަލާއިރު 77 އިންސައްތައިގެ އިތުރުވުމެކެވެ.

ބޭންކުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2024 އިން 2026 ގެ ޖޫން މަހުގެ ނިޔަލަށް 1.7 ބިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، އޭގެ ކުރީގެ އެފަދަ މުއްދަތެއްގައި ދޫކޮށްފައިވަނީ 957 މިލިއަން ޑޮލަރެވެ. މި ފައިސާއަކީ ކާޑު މުއާމަލާތްތަކަށާއި، ޓީޓީ ހެދުމަށާއި، ތައުލީމާއި ބޭސްފަރުވާގެ އިތުރުން ދަތުރުފަތުރުގެ ބޭނުންތަކަށް ދޫކޮށްފައިވާ ފައިސާއެވެ.

މި މުއްދަތުގެ ތެރޭގައި ދިވެހި ރުފިޔާ އެކައުންޓްތަކުން ކުރި ކާޑު މުއާމަލާތްތަކަށް އެކަނިވެސް 870 މިލިއަން ޑޮލަރު ބޭންކުން ވަނީ ފޯރުކޮށްދީފައެވެ. މިއީ ކުރީގެ މުއްދަތާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. 2021 ވަނަ އަހަރު ކާޑު މުއާމަލާތްތަކަށް މަހެއްގެ މައްޗަށް އެވްރެޖްކޮށް 10.7 މިލިއަން ޑޮލަރު ހޭދަވިއިރު، މިއަހަރު އެ އަދަދު ވަނީ 37.8 މިލިއަން ޑޮލަރަށް އުފުލިފައެވެ.

ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ވިއްކި ޑޮލަރުގެ އަދަދުވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. 2023 ވަނަ އަހަރު ޓީޓީއަށް މަހަކު އެވްރެޖްކޮށް 10.2 މިލިއަން ޑޮލަރު ވިއްކިއިރު، މިއަހަރު އެ އަދަދު ވަނީ 28 މިލިއަން ޑޮލަރަށް އަރާފައެވެ.

މީގެ އިތުރުން، ތައުލީމާއި ބޭސްފަރުވާއަށް ދޫކުރާ ޑޮލަރުގެ އަދަދުވެސް އަންނަނީ އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންނެވެ. އެގޮތުން 2023 ގައި މަހަކު 2.9 މިލިއަން ޑޮލަރު ދޫކުރިއިރު، 2024 ގައި 4 މިލިއަން، 2025 ގައި 5 މިލިއަން އަދި މިއަހަރުގެ މިހާތަނަށް މަހަކު އެވްރެޖްކޮށް 5.8 މިލިއަން ޑޮލަރު ބޭންކުން ވަނީ ދޫކޮށްފައެވެ.

ދަތުރުވެރިންނަށް ނަގުދު ފައިސާގެ ގޮތުގައި ވިއްކި ޑޮލަރުގެ އަދަދަށް ބަލާއިރު، 2021 އިން 2023 އަށް 155 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، 2024 އިން 2026 ގެ ޖޫން މަހުގެ ނިޔަލަށް އެ އަދަދު ވަނީ 264 މިލިއަން ޑޮލަރަށް އުފުލިފައެވެ. މިއީ ގާތްގަނޑަކަށް 70 އިންސައްތައިގެ ކުރިއެރުމެކެވެ.

ޖުމްލަ ގޮތެއްގައި ބަލާއިރު، ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ބޭންކުން މަހެއްގެ މައްޗަށް ވިއްކާ ބޭރު ފައިސާގެ މިންވަރު ވަނީ ހަތަރު ގުނަ އިތުރުވެފައެވެ. 2021 ވަނަ އަހަރު މަހަކު އެވްރެޖްކޮށް 21 މިލިއަން ޑޮލަރު ވިއްކިއިރު، 2026 ގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެ އަދަދު ވަނީ މަހަކު 80 މިލިއަން ޑޮލަރަށް އަރާފައެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި މި ހިސާބުތަކުން ހާމަވަނީ ގައުމަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން އަދާކުރާ މުހިންމު ދައުރެވެ. އަދި ބޭރު ފައިސާއަށް އޮތް ޑިމާންޑް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ކަސްޓަމަރުންގެ އަސާސީ ބޭނުންތަކަށް ޑޮލަރު ފޯރުކޮށްދިނުމަށް ބޭންކުން އިސްކަންދޭނެ ކަމަށްވެސް ބީއެމްއެލްއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އަންހެނުންނަކީ ޤައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވައި، ޤައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަމަށް މަގުތައް ތަނަވަސްވެ ފުރުޞަތުތައް ފަހިވާނެ މި ފަދަ ޕްރޮގްރާމުތައް ހިންގެންވާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
އަދި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މިހާދިސާގައި އަސަރުކޮށްފައި ނުވެއެވެ.
ޚަބަރު 27 Aug 2026
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
ޝަރީޢާ ހުއްދަ ބޭންކިން ޚިދުމަތްތައް ރަށަށް ތަޢާރަފްވުމުން، ވިޔަފާރިވެރިންނާއި މަސްވެރިންގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް، އަދި ޢާންމު ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިން ހޯދައި ވިޔަފާރި ފުޅާ ކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
މިނިސްޓަރ ޒަރީރު މިހެން ވިދާޅުވީ ރާއްޖޭގައި އެމް.އައި.ބީ.އިން ބެހެއްޓި 62 ވަނަ އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވާ އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޚަބަރު 27 Aug 2026