2027 އިން 2029 އަށް ލަފާކުރާ މެދު ރާސްތާގެ ބަޖެޓަށް ހުށަހެޅުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 11 Jul 2026

2027 ވަނަ އަހަރުން ފެށިގެން 2029 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުން ކަނޑައަޅާ މެދު ރާސްތާގެ ބަޖެޓު ތައްޔާރުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން ފަށައިފިއެވެ.

މި މަސައްކަތުގެ ދަށުން، ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން ވެސް ކުރިއަށް އޮތް ތިން އަހަރުގެ ބޭސްލައިން ބަޖެޓު ތައްޔާރުކޮށް ހުށަހެޅުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ. ބޭސްލައިން ބަޖެޓަކީ މިހާރު ހިނގަމުންދާ މަޝްރޫއުތަކާއި ހަރަކާތްތައް އެ ފެންވަރުގައި ކުރިއަށް ގެންދިއުމަށް ބޭނުންވާނެ މާލީ އަންދާޒާއެކެވެ. މީގެ ތެރޭގައި އަލަށް ފަށާ މަޝްރޫއުތަކާއި، އަލަށް އިތުރުކުރާ މަގާމުތަކަށް ބޭނުންވާ ފައިސާ ނުހިމެނޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

މި ބަޖެޓު ތައްޔާރުކުރަންވާނީ ކޮންމެ އިދާރާއަކަށްވެސް ކަނޑައަޅާފައިވާ ބަޖެޓް ސީލިންގްތަކުގެ ތެރޭގައެވެ. އަދި ބަޖެޓު ސާކިއުލާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އެސް.އޭ.ޕީ ބީ.ޕީ.ސީ (SAP BPC) މޮޑިއުލް މެދުވެރިކޮށް ބަޖެޓު ހުށަހެޅުމަށް ވަނީ އަންގާފައެވެ.

ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި މި މެދު ރާސްތާގެ ބަޖެޓުގެ މައިގަނޑު މަގްސަދަކީ ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމާއި، ދައުލަތުގެ ހަރަދުތައް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ އިޖުތިމާއީ އަދި އަސާސީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމެވެ. ހާއްސަކޮށް އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އިސްކަންދީގެން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް މި ބަޖެޓުގައި އިސްކަންދޭނެއެވެ.

ހަރަދު ކުޑަކުރުމަށް ހާއްސަ ފިޔަވަޅުތަކެއް

އައު ބަޖެޓު އެކުލަވައިލާއިރު ހަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ އިރުޝާދު ދީފައެވެ. އޭގެ ތެރޭގައި:

  • މުވައްޒަފުންގެ ހަރަދުތައް ބަލަންވާނީ މި މަހުގެ ނިޔަލަށް އައްޔަންކޮށްފައިވާ ނުވަތަ ހުއްދަދީފައިވާ މަގާމުތަކަށް އެކަންޏެވެ. އިތުރުގަޑީގެ ފައިސާއާއި އެލަވަންސްތައް ހިމަނަންވާނީ މިހާރު ދެމުންދާ ރޭޓުންނެވެ.

  • ރަސްމީ ދަތުރުތައް ކޮންމެހެން ކުރަންޖެހޭ ދަތުރުތަކަށް އެކަނި މަދުކޮށް، އެންމެ ހަރަދު ކުޑަވާނެ ގޮތަށް ރޭވުން.

  • އޮފީސްތަކުގެ އަހަރީ ދުވަހުގެ ހަފުލާތަކާއި އެފަދަ އެހެނިހެން މުނާސަބަތުތަކަށް ބަޖެޓުގައި ފައިސާ ނުޖެހުން.

  • މަރާމާތުގެ މަސައްކަތްތަކަށް ފައިސާ ކަނޑައަޅަންވާނީ ހިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ކޮންމެހެން ބޭނުންވާ މިންވަރަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ހުރިހާ އިދާރާތަކުން ވެސް 20 އޯގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ބޭސްލައިން ބަޖެޓު ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ބަޖެޓު ހުށަނާޅާ އިދާރާތަކުގެ ބަޖެޓު، މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ތެރެއިން ތައްޔާރުކުރާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އަންހެނުންނަކީ ޤައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވައި، ޤައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަމަށް މަގުތައް ތަނަވަސްވެ ފުރުޞަތުތައް ފަހިވާނެ މި ފަދަ ޕްރޮގްރާމުތައް ހިންގެންވާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
އަދި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މިހާދިސާގައި އަސަރުކޮށްފައި ނުވެއެވެ.
ޚަބަރު 27 Aug 2026
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
ޝަރީޢާ ހުއްދަ ބޭންކިން ޚިދުމަތްތައް ރަށަށް ތަޢާރަފްވުމުން، ވިޔަފާރިވެރިންނާއި މަސްވެރިންގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް، އަދި ޢާންމު ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިން ހޯދައި ވިޔަފާރި ފުޅާ ކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
މިނިސްޓަރ ޒަރީރު މިހެން ވިދާޅުވީ ރާއްޖޭގައި އެމް.އައި.ބީ.އިން ބެހެއްޓި 62 ވަނަ އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވާ އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޚަބަރު 27 Aug 2026