އެސްޓީއޯގެ ފާމަސީތައް ތިން ދުވަހަށް ބަންދުކުރަނީ؛ ކުއްލި ހާލަތްތަކުގައި ބޭސް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 24 Jun 2026

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހިންގަމުން އަންނަ ފާމަސީތަކުގެ ހިދުމަތްތައް އަލަށް އުފެއްދި "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑް" (ސްޓޭޓް ފާމާ) އަށް ބަދަލުކުރުމުގެ މަސައްކަތަށް، ކުރިއަށް އޮތް ތިން ދުވަހު ފާމަސީތައް ބަންދުކުރަން ނިންމައިފިއެވެ.

އެސްޓީއޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ބަދަލާ ގުޅިގެން ކުރިއަށް ގެންދަންޖެހޭ އިންވެންޓްރީ ބެލުމުގެ މަސައްކަތް ކުރުމަށްޓަކައި ޖޫން މަހުގެ 24، 25 އަދި 26 މި ތިން ދުވަހު އެސްޓީއޯގެ ހުރިހާ ފާމަސީތަކެއް ބަންދުވާނެ ކަމަށެވެ.

މި މުއްދަތުގައި ފާމަސީތައް ބަންދުކުރި ނަމަވެސް، ކުއްލި ޙާލަތްތަކުގައި ބޭނުންވާ ބޭސް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާނެ ކަމުގެ ޔަގީންކަން އެސްޓީއޯ އިން ވަނީ ދީފައެވެ.

މި ބަދަލާއެކު، މީގެ ކުރިން އެސްޓީއޯ އިން ފޯރުކޮށްދެމުން އައި ފާމަސީގެ ޚިދުމަތްތަކާއި، ބޭހާއި މެޑިކަލް ސާމާނު ރާއްޖެއަށް އެތެރެކުރުމާއި، ބެލެހެއްޓުމުގެ އެންމެހައި މަސްއޫލިއްޔަތުތައް އުފުލާނީ ސްޓޭޓް ފާމާ އިންނެވެ.

ސްޓޭޓް ފާމާ އުފައްދާފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭހާއި ސިއްހީ ސާމާނު ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކޮށް، ފަސޭހަކަމާއެކު މި ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ. މީގެ އިތުރުން ޤައުމީ ފެންވަރުގައި ބޭސް ރައްކާކޮށް ފެތުރުމުގެ ވިއުގަ ވަރުގަދަކުރުމަކީވެސް އެ ކުންފުނީގެ މުހިންމު އަމާޒެކެވެ.

އެސްޓީއޯ އިން މަސައްކަތް ކުރަމުންދަނީ އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ފާމަސީތަކުގެ ހުރިހާ ޚިދުމަތްތަކެއް ސްޓޭޓް ފާމާގެ ދަށަށް ބަދަލުކޮށް ނިންމުމަށެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ހުރިހާ ޚިދުމަތްތަކެއް ފުރިހަމައަށް ލިބޭނެ ޒަމާނީ ފެންވަރުގެ މަރުކަޒަކަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ޚަބަރު 19 Aug 2026
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭގައި ޒަމާނީ ފެންވަރުގެ "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" އެޅުމުގެ މަޝްރޫޢު ފެށުމަށްޓަކައި، މިހާރުގެ ލޯކަލް މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކަށް ވަގުތީ އިންތިޒާމުތަކެއް ހަމަޖައްސައި އެއްމަސް ދުވަހުގެ ތެރޭގައި އެ ބިން ހުސްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ފަށައިފިއެވެ.
ޚަބަރު 19 Aug 2026
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުމާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް، ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ޚަބަރު 19 Aug 2026
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީ އަދި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން، އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރ އާއި ޙަވާލުކޮށްގެން ނިންމާފައިވާ މަސައްކަތެކެވެ.
ޚަބަރު 18 Aug 2026