ހިސާބު ޢިލްމު ހަރުދަނާކުރުމަކީ ޤައުމުގެ ވިލުންތެރިކަމާއި، ފާގަތިކަމާއި، ކުރިމަގަށް ކުރެވޭ ވުނަކުރުމެއް: ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން

އ އައިމިނަތުު މުޙައްމަދު
ޚަބަރު 09 Jul 2026

ހިސާބު ޢިލްމު ކުރިއެރުވުމަކީ ހަމައެކަނި ތަޢުލީމީ ލަނޑުދަނޑިއެއް ޙާޞިލުކުރުން ނޫންކަމަށާއި، އެއީ ދިވެހިރާއްޖޭގެ މުސްތަޤްބަލުގެ ވިލުންތެރިކަމާއި، ފާގަތިކަމާއި، ކުރިއެރުމަށްޓަކައި ކުރެވޭ މުހިންމު ވުނަކުރުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ، ހިސާބު ޢިލްމު އުނގަންނައިދިނުމުގައި ދިވެހިންގެ ސަގާފަތާއި ތަރިކަ ބޭނުންކުރުމާ ބެހޭގޮތުން ލިޔެފައިވާ "މެތަމެޓިކަލް ތިންކިންގ އިން ދަ މޯލްޑިވްސް - އެތުނޯމެތަމެޓިކްސް، ކަލްޗަރަލް ހެރިޓޭޖް އެންޑް ކަރިކިއުލަމް އިންޓަގްރޭޝަން" ފޮތް އިފްތިތާޙްކޮށްދެއްވައި، ރަސްމިއްޔާތުގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ)ގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ، ހިސާބަކީ ހަމައެކަނި ކްލާސްރޫމްތަކާއި ފޮތްތަކަށް ބަރޯސާވެފައިވާ އެއްޗެއް ނޫންކަން މި ފޮތުން ސާބިތުކޮށްދޭ ކަމަށާއި، ހިސާބު ޢިލްމުގެ ހަމަތަކާއި ވިސްނުމަކީ ދިވެހިންގެ ސަގާފަތާއި ދިރިއުޅުމުގެ އާދަކާދަތަކުގެ ތެރޭގައި ޒަމާނުއްސުރެ ލާމެހިފައިވާ ކަމެއް ކަމަށެވެ. އެގޮތުން މަސްވެރިކަމާއި، އޮޑިދޯނިފަހަރު ބަނުމާއި، ދަތުރުފަތުރުކުރުމުގެ ނިޔަމިކަމާއި، ވިޔުމުގެ މަސައްކަތްތަކާއި، ދަނޑުވެރިކަމުގެ އިތުރުން ޢިމާރާތްކުރުން ފަދަ ސަގާފީ މަސައްކަތްތަކުގައި ހިސާބު ޢިލްމުގެ ތަޞައްވުރުތަކާއި މައްސަލަތައް ހައްލުކުރުމުގެ ހުނަރުތައް އެކުލެވިގެންވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދިވެހިންގެ ސަގާފަތާއި އަމަލީ ތަޖުރިބާތަކާ ގުޅުވައިގެން ހިސާބު ޢިލްމު އުނގަންނައިދިނުމުން، ދަރިވަރުންނަށް އެއީ މާނަވީ، ޝައުޤުވެރި އަދި ދިރިއުޅުމާ ގުޅުންހުރި ފިލާވަޅުތަކަކަށް ވެގެންދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ތަޢުލީމުގެ ތެރެއިން އަމިއްލަ ސަގާފަތް ފެންނަން ހުރުމަކީ ކުދިންގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވެ، ކިޔެވުމަށް ދޭ ޝައުޤުވެރިކަން އިތުރުވެ، ހިސާބު ޢިލްމަށް ދޭ ލޯބި ފުންވެގެންދާނެ ކަމެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

އެކަމަނާގެ ވާހަކަފުޅުގައި، ޖީލުން ޖީލަށް ވާރުތަވަމުން އައިސްފައިވާ ދިވެހިންގެ ސަގާފީ ޢިލްމުތައް މި ފޮތުގައި ލިޔެ ރައްކާކޮށްފައިވުމަކީ، ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ކޮށްދިން ވަރަށް އަގުހުރި ޚިދުމަތެއްކަން ބަޔާންކުރެއްވިއެވެ. އަދި މިފަދަ ޢިލްމީ ތަރިކަ ޙިމާޔަތްކުރުމަކީ ޤައުމިއްޔަތު ވަރުގަދަކޮށްދިނުމުގެ އިތުރުން، ތަޢުލީމަށާއި، ދިރާސާއަށާއި، ޤައުމީ ތަރައްޤީއަށްވެސް ބާރުދޭ ކަމެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ހިސާބު ޢިލްމަށް އޮންނަ ޝައުޤުވެރިކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އެކަމަނާ ވިދާޅުވީ، އީޖާދީ ކުރިއެރުންތަކަށާއި، ފަންނިއްޔާތު ކުރިއެރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ހިސާބު ޢިލްމުގެ ހުނަރުތައް ކޮންމެހެން ބޭނުންތެރި ކަމަށެވެ. އަދި މި ފޮތުގެ ސަބަބުން ތަޢުލީމީ ދާއިރާގެ ބޭފުޅުންނަށާއި، ދަރިވަރުންނަށް އަދި ދިރާސާކުރައްވާ ފަރާތްތަކަށް ދިވެހި މުޖުތަމަޢުތަކުގައި އެކުލެވޭ މުއްސަނދި ޢިލްމުތައް އިތުރަށް ހޯދައި ދިރާސާކުރުމަށް އާ ހިތްވަރެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ ޢާއިޝަތު ޝެހެނާޒް އާދަމް ލިޔުއްވި މި ފޮތަކީ، އެތުނޯމެތަމެޓިކްސްގެ ދާއިރާއިން ކުރެވޭ ދިރާސާތަކަށް ލިބުނު ކުރިއެރުމެއްގެ އިތުރުން، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ އެހީގައި ހިސާބު ޢިލްމުގެ ތަޢުލީމާއި ކަރިކިއުލަމް އިތުރަށް މުއްސަނދިކުރެވޭނެ ގޮތްތައް ބަޔާންކޮށްދޭ މުހިންމު ފޮތެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އަންހެނުންނަކީ ޤައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވައި، ޤައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަމަށް މަގުތައް ތަނަވަސްވެ ފުރުޞަތުތައް ފަހިވާނެ މި ފަދަ ޕްރޮގްރާމުތައް ހިންގެންވާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
އަދި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މިހާދިސާގައި އަސަރުކޮށްފައި ނުވެއެވެ.
ޚަބަރު 27 Aug 2026
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
ޝަރީޢާ ހުއްދަ ބޭންކިން ޚިދުމަތްތައް ރަށަށް ތަޢާރަފްވުމުން، ވިޔަފާރިވެރިންނާއި މަސްވެރިންގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް، އަދި ޢާންމު ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިން ހޯދައި ވިޔަފާރި ފުޅާ ކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
މިނިސްޓަރ ޒަރީރު މިހެން ވިދާޅުވީ ރާއްޖޭގައި އެމް.އައި.ބީ.އިން ބެހެއްޓި 62 ވަނަ އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވާ އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޚަބަރު 27 Aug 2026