ތަހުގީގަށް ޔާމީނުގެ ގެކޮޅަށް ފުލުހުން ދިއުމުން ވިދާޅުވީ އިތުރު މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށް

ހ ހަޅަ
ޚަބަރު 08 Sep 2026

އަމީނީމަގުގައި ހުންނަ ސަރުކާރުގެ ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުތަކުގެ ތަހުގީގަށް މައުލޫމާތު ސާފުކުރުމަށް ފުލުހުން އެމަނިކުފާނުގެ ގެކޮޅަށް ދިއުމުން، އެ މައްސަލައާ ގުޅިގެން އިތުރު އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެއްޖެއެވެ.

ފުލުހުން ހާމަކުރި ގޮތުގައި، ސަރުކާރުގެ ވުޒާރާ ހިންގި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގުން ހޯދިފައިވާ މައުލޫމާތުތަކަށް ބަލާއިރު މި ހާދިސާ ހިނގާފައިވަނީ އިލެކްޓްރިކް ޝޯޓެއްގެ ސަބަބުންނެވެ. އަދި މި މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ނަމަވެސް، ރައީސް ޔާމީން ދެއްކެވި ވާހަކަފުޅެއްގައި، އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލީ ގަސްތުގައި ކަމަށާއި، އެކަން ކުރި މީހާ ފުލުހުންނަށް އެނގޭ ކަމަށާއި އެކަމާ ގުޅޭ ހެކި ވެސް ފުލުހުންގެ އަތުގައި ހުރި ކަމަށް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކަކީ ތަހުގީގަށް މުހިންމު މައުލޫމާތުތަކަކަށް ވާތީ، އެ މައުލޫމާތު ސާފުކުރުމަށްޓަކައި ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށް އަންގާ ޗިޓު ހަވާލުކުރުމަށް ފުލުހުން ވަނީ ހ. ދޫވެއްސަށް ގޮސްފައެވެ.

ފުލުހުން ޗިޓު ހަވާލުކުރަން މަސައްކަތްކުރި ނަމަވެސް ރައީސް ޔާމީން ވަނީ އެ ޗިޓާ ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގެންފައެވެ. އަދި ޗިޓާ ހަވާލުވެވަޑައިނުގެން އެމަނިކުފާނު ދެއްވި ލިޔުމުގައި، މި މައްސަލައާ ގުޅޭގޮތުން އިތުރު އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، އެހެންކަމުން ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމުގެ އިތުރު ބޭނުމެއް ނެތް ކަމަށް ބަޔާންކުރައްވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރާ މުއައްސަސާތަކާމެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވުރެއް އުފެދި ތަހުގީގުގެ އިތުބާރު ގެއްލޭ ގޮތަށް ސާބިތުނުހިފޭ މައުލޫމާތު އާންމުކުރުމުގެ ބަދަލުގައި، ގާނޫނީ އިމުގެ ތެރެއިން ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ގއ.ދާންދޫ އިރުން 16 މޭލު ބޭރުގައި މިއަދު ދޮށީ ކަނދުފަތި އަޅައިފި
ގއ.ދާންދޫ އިރުން 16 މޭލު ބޭރުގައި މިއަދު ދޮށީ ކަނދުފަތި އަޅައިފި
މި ދޮށީ ކަނދުފަތި ޤާއިމްކުރުމުގެ ސަބަބުން އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރާދާނެއެވެ. މި ދޮށީ ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.
ޚަބަރު 08 Sep 2026
ލ. ގަމުގައި އަޅާ 100 ހައުސިން ޔުނިޓްގެ 95 އިންސައްތަ ނިމިއްޖެ
ލ. ގަމުގައި އަޅާ 100 ހައުސިން ޔުނިޓްގެ 95 އިންސައްތަ ނިމިއްޖެ
އެ މަޝްރޫއުގެ ދަށުން އިމާރާތްކުރާނީ 1000 އަކަފޫޓުގެ ވަކި ގޭގެ ގޮތުގައި 100 ހައުސިން ޔުނިޓެވެ. އެ ކޮންމެ ހައުސިން ޔުނިޓެއްގައި 3 ކޮޓަރި، 3 ފާހަނަ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމް ހުންނާނެއެވެ.
ޚަބަރު 08 Sep 2026
މަސްތުވާތަކެތީގެ މައްސަލަތަކަށް ހައްލު ހޯދުމަށް ސައުތު ފޯރަމްގައި އެއްބަސްވި 12 ނުކުތާ ތަންފީޒުކުރުމަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ: ކޮމިޝަނަރ އޮފް ޕޮލިސް
މަސްތުވާތަކެތީގެ މައްސަލަތަކަށް ހައްލު ހޯދުމަށް ސައުތު ފޯރަމްގައި އެއްބަސްވި 12 ނުކުތާ ތަންފީޒުކުރުމަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ: ކޮމިޝަނަރ އޮފް ޕޮލިސް
ކޮމިޝަނަރ މިހެން ވިދާޅުވީ 2026 ސެޕްޓެމްބަރު 6 އިން 7 އަށް އައްޑޫ ސިޓީގެ ކެނެރީފް ރިޒޯޓް މޯލްޑިވްސްގައި ކުރިއަށްދިޔަ "އިންޓަރ-އޭޖެންސީ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ފޯރަމް: ރިވިޒިޓިންގ ގެޕްސް އެންޑް ރިކަވަރީ އިން ދަ ސައުތު" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ފޯރަމްގައި ޑްރަގް ކޯޓުގެ އިސް ޤާޟީއާއި، ނޭޝަނަލް ޑްރަގް އޭޖެންސީ )އެންޑީއޭ( ގެ އެކްޓިންގ ސީއީއޯއާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރްހާދު ފިކުރީ، ސައުތު ޕޮލިސް ކޮމާންޑަރ އަދި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކަމާގުޅުންހުރި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވިއެވެ.
ޚަބަރު 08 Sep 2026
އައްޑޫ ސިޓީ ހިތަދޫގައި އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި
އައްޑޫ ސިޓީ ހިތަދޫގައި އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި
2026 ސެޕްޓެމްބަރު 7 ވަނަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ތިން ބުރީގެ 40 މީހުންގެ ޖާގައިގެ މި އިމާރާތް ހުޅުވައިދެއްވީ ޝަރަފުވެރި މެހުމާން، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ސަދަން ޕޮލިސް ކޮމާންޑަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރަޝީދާއި، ސައުތު ޕޮލިސް ކޮމާންޑަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރުގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޚަބަރު 08 Sep 2026