މަހުޖަނުންގެ ޕްރައިވެޓް ޖެޓްތަށް --- ފޮޓޯ: އެމްއޭސީއެލް
މަހުޖަނުންގެ ޕްރައިވެޓް ޖެޓްތަށް --- ފޮޓޯ: އެމްއޭސީއެލް

މަހުޖަނުންގެ ޖެޓުތަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފުރިފައި

ހ ހަޅަ
ޚަބަރު 30 Dec 2024

ފިނި މޫސުމުގެ މި ދުވަސްވަރު، ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނަނީ އަހަރު ފާހަގަކުރުމަށާއި، ކްރިސްމަސް ފާހަގަކުރުމަށެވެ. ޚާއްސަކޮށް ބޭރުގެ މަހުޖަނުން ވެސް ރާއްޖެއަށް ގިނަ އަދަދަކަށް އަމިއްލަ ޖެޓުތަކުގައި އާދެއެވެ.

ކޮންމެ ފަހަރަކު ވެސް އާ އަހަރު ފެށެންވާ އިރަށް ޖެޓުގެ ޢަދަދު އިތުރުވެ އެވެ. މިހާރު ވެސް 30 އަށްވުރެ ގިނަ ޖެޓް ވެލާނާ އެއާޕޯޓުގައި ޕާކުކޮށްފައިވާ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

އެމްއޭސީއެލްގެ އޮފިޝަލަކު އެމްއެމްޓީވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 137 ޖެޓު މޫވްމަންޓް ރިކޯޑް ކުރެވިފައިވާ ކަމަށެވެ. އެކަމަކު މި އަހަރުގެ ޑިސެމްބަރު މަހުގެ މިހާތަނަށް 148 ޖެޓު މޫވްމަންޓް ރިކޯޑް ކުރެވިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މިއީ ބޮޑު ކުރިއެރުމެއްކަމަށާއި، އެއީ 8 ޕަސެންޓުގެ އިތުރުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މަހުޖަނުންގެ
މަހުޖަނުންގެ ޕްރައިވެޓް ޖެޓްތަށް --- ފޮޓޯ: އެމްއޭސީއެލް

މީގެ އިތުރުން ކޮންމެ އަހަރެއްގެ މި ދުވަސްވަރު ޖެޓު އަންނަ މިންވަރު އިތުރުވާތީ، އެއާޕޯޓުގެ ތިން ސަރަހައްދެއްގައި ޖެޓު ޕާކުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެގޮތުން އެއާޕޯޓުގެ އުތުރާއި، އިރު، އަދި ދެކުނުން ޖުމްލަ 68 ޖާގަ ޖެޓު ޕާކިންއަށް ޚާއްސަކޮށްފައިވެއެވެ.

އޮފިޝަލް އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި މިދިޔަ އަހަރު، ޑިސެމްބަރު 28 ވަނަ ދުވަހުގެ ނިޔަލަށް ރެކޯޑުކުރެވިފައި ވަނީ 2،107 މޫވްމަންޓެވެ. ނަމަވެސް މި އަހަރު، މިހާތަނަށް 2،326 ޖެޓު މޫވްމަންޓު ރެކޯޑުކުރެވިފައިވާއިރު މިއީ 10 ޕަސެންޓް އިތުރުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ މިދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް އަޅާބަލާއިރު 10 ޕަސެންޓްގެ އިތުރުވުމެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މަހުޖަނުންގެ
މަހުޖަނުންގެ ޕްރައިވެޓް ޖެޓްތަށް --- ފޮޓޯ: އެމްއޭސީއެލް

އާ އަހަރާ ދިމާކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބަަދަލު ގެނެސް، ފަސިންޖަރުންނަަށް ޚިދުމަތް ދިނުމަށް ވަނީ އިތުރު މުވައްޒަފުން ނެރެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޕޮލެންޑުގެ ބޯޑަރު ކައިރިއަށް ރަޝިޔާއިން ވަރުގަދަ ހަމަލާއެއްދީ ހަނގުރާމަ އިތުރަށް ވަރުގަދަކޮށްފި
ޕޮލެންޑުގެ ބޯޑަރު ކައިރިއަށް ރަޝިޔާއިން ވަރުގަދަ ހަމަލާއެއްދީ ހަނގުރާމަ އިތުރަށް ވަރުގަދަކޮށްފި
ޔޫކްރެއިނާއި ޕޮލެންޑް ގުޅޭ ބޯޑަރު ކައިރިއަށް ރަޝިޔާއިން އާދީއްތަ ދުވަހު ދިން ވަރުގަދަ ހަމަލާއަކާ ގުޅިގެން، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ނުތަނަވަސްކަން އިތުރަށް ބޮޑުވެގެން ހިނގައްޖެއެވެ.
ދުނިޔެ 13 Sep 2026
ހޮރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން އިތުރުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުރައްކާ ކުރިމަތިވެއްޖެ
ހޮރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން އިތުރުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުރައްކާ ކުރިމަތިވެއްޖެ
ދުނިޔޭގެ ވިޔަފާރީގެ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅީގައި ވިޔަފާރި އުޅަނދަކަށް ދިން ހަމަލާއަކާ ގުޅިގެން، އެ ސަރަޙައްދުގެ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެއްޖެއެވެ.
ދުނިޔެ 13 Sep 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި
މިއީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ޒުވާން ޚަޠީބުންގެ ބައިވެރިވުމާއެކު ބާއްވާ ޚާއްސަ މަހާސިންތާއެކެވެ.
ޚަބަރު 13 Sep 2026
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ގާތްގަނޑަކަށް 10،000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނޭ ގޮތަށް ޤާއިމްކުރާ މި ބިނާގައި ނަމާދު ކުރާނެ ތަނަވަސް ސަރަޙައްދު ހިމެނޭހެން އިސްލާމީ ތަޢުލީމާއި، ޘަޤާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ވަނީ ފަރުމާކޮށްފައެވެ.
ޚަބަރު 13 Sep 2026