ކާރިސާތަކާ ގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދިނުމަށް ހުޝިޔާރުގެ ނަމުގައި ވެބްސައިޓެއް

ކާރިސާތަކާ ގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދިނުމަށް ހުޝިޔާރުގެ ނަމުގައި ވެބްސައިޓެއް

ހ ހަޅަ
ޚަބަރު 17 Oct 2025

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި  ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި ގުޅިގެން ހުޝިޔާރު ނަމުގައި ކާރިސާތަކަށް ތައްޔާރުވުމާއި ރިސްކް ކޮމިއުނިކޭޝަނަށް ޚާއްޞަ ވެބްސައިޓެއް ތަޢާރަފު ކޮށްފިއެވެ. 

އެންޑީއެމްއޭއިން ބުނީ މިއީ ކާރިސާތަކަށް ތައްޔާރުވުމާ ބެހޭ ގޮތުން މުޅި ރާއްޖޭގައި ހިންގާ ރިސްކް ކޮމިއުނިކޭޝަން ކެމްޕޭނެއް ކަމަށެވެ. އަދި މި ކެމްޕޭނުގެ އެންމެ މުހިންމު އެއް މަޤްސަދަކީ ކުއްލި ކާރިސާތަކާ ބެހޭ ގޮތުން މުޖުތަމައު ހޭލުންތެރިކުރުވުން ކަމަށް ވެސް ބުނެފައިވެއެވެ.

މޯލްޑިވިއަން ރެޑް ކްރެސެންޓާ ގުޅިގެން އެންޑީއެމްއޭ އިން އިސްނަގައިގެން ކުރިއަށް ގެންދާ މި ކެމްޕޭނަކީ މޫސުމަށް އަންނަ ނުރައްކާތަކާ މެދު ހޭލުންތެރިކަން އިތުރުކޮށްދީ، ތައްޔާރަށް ތިބުމަށް މުޖުތަމައުތައް ބާރުވެރިކުރުވާ ކެމްޕޭނެކެވެ.

އިންކްލޫސިވް، މަލްޓިލިންގުއަލް ފީޗާސްތަކާއެކު ތައްޔާރުކޮށްފައިވާ މި ޕްލެޓްފޯމްގައި އަވަސް އިންޒާރުދޭ އެލާޓްތަކާއި، ނުރައްކަލަށް ޚާއްޞަ ގައިޑްލައިންތަކާއި، އިންސްޓްރަކްޝަނަލް ވީޑިއޯތަކާއި، ހޭލުންތެރިކުރުމުގެ ތަކެތި އަދި ރެސްޕޮންސް ޓޫލްކިޓްތައް ފޯރުކޮށްދެއެވެ. މި ޕްލެޓްފޯމް ފަރުމާކުރެވިފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށެވެ. 

ރަސްމީކޮށް ހުޝިޔާރު ވެބަސައިޓް ތަޢާރަފުކޮށްފައި ވަނީ މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ ކާރިސީ ހިރާސް ކުޑަކުރުމުގެ ދުވަހާއި ގުޅިގެން އެންޑީއެމްއޭ އިން އިސްނަގައިގެން ބޭއްވި ވިލުންތެރި ފެސްޓު ގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޕޮލެންޑުގެ ބޯޑަރު ކައިރިއަށް ރަޝިޔާއިން ވަރުގަދަ ހަމަލާއެއްދީ ހަނގުރާމަ އިތުރަށް ވަރުގަދަކޮށްފި
ޕޮލެންޑުގެ ބޯޑަރު ކައިރިއަށް ރަޝިޔާއިން ވަރުގަދަ ހަމަލާއެއްދީ ހަނގުރާމަ އިތުރަށް ވަރުގަދަކޮށްފި
ޔޫކްރެއިނާއި ޕޮލެންޑް ގުޅޭ ބޯޑަރު ކައިރިއަށް ރަޝިޔާއިން އާދީއްތަ ދުވަހު ދިން ވަރުގަދަ ހަމަލާއަކާ ގުޅިގެން، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ނުތަނަވަސްކަން އިތުރަށް ބޮޑުވެގެން ހިނގައްޖެއެވެ.
ދުނިޔެ 13 Sep 2026
ހޮރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން އިތުރުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުރައްކާ ކުރިމަތިވެއްޖެ
ހޮރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން އިތުރުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުރައްކާ ކުރިމަތިވެއްޖެ
ދުނިޔޭގެ ވިޔަފާރީގެ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅީގައި ވިޔަފާރި އުޅަނދަކަށް ދިން ހަމަލާއަކާ ގުޅިގެން، އެ ސަރަޙައްދުގެ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެއްޖެއެވެ.
ދުނިޔެ 13 Sep 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި
މިއީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ޒުވާން ޚަޠީބުންގެ ބައިވެރިވުމާއެކު ބާއްވާ ޚާއްސަ މަހާސިންތާއެކެވެ.
ޚަބަރު 13 Sep 2026
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ގާތްގަނޑަކަށް 10،000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނޭ ގޮތަށް ޤާއިމްކުރާ މި ބިނާގައި ނަމާދު ކުރާނެ ތަނަވަސް ސަރަޙައްދު ހިމެނޭހެން އިސްލާމީ ތަޢުލީމާއި، ޘަޤާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ވަނީ ފަރުމާކޮށްފައެވެ.
ޚަބަރު 13 Sep 2026