ބޭންކުތަކަށް ޑޮލަރު މާރުކުރަންޖެހޭ މިންވަރު 40 އިންސައްތައަށް ބޮޑުކުރަން ހުށަހަޅަނީ

އ އައިމިނަތުު މުޙައްމަދު
ޚަބަރު 24 Aug 2026

ބޭރު ފައިސާއިން އާމްދަނީ ހޯދާ ވިޔަފާރިތަކުން ބޭންކިން ނިޒާމަށް މާރުކުރުން ލާޒިމުވާ މިންވަރު 20 އިންސައްތައިން 40 އިންސައްތައަށް މަތިކުރުމަށްޓަކައި ބޭރު ފައިސާގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސަރުކާރުގެ ވަޒީރުންނާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ މުދާ އެތެރެކުރުމުގައި ވިޔަފާރިވެރިންނަށް ކުރިމަތިވާ ޑޮލަރުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ގާނޫނީ ގޮތުން ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި ކުރެވޭ މުއާމަލާތްތައް ދިވެހި ރުފިޔާއިން ހިންގުމަކީ މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރުން ކަމަށްވާ ޑރ. ފަޒީލު ނަޖީބާއި، އަޒީމާ އަދި އަލީ ހާޝިމްގެ ދައުރުގައިވެސް ގެންގުޅުއްވި ތަސައްވުރެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މުނައްވަރު ހާމަކުރެއްވި ގޮތުގައި، ވޭތުވެދިޔަ އެމްޑީޕީ ސަރުކާރުގައި ބޭރު ފައިސާގެ އާމްދަނީގެ 60 އިންސައްތަ މާރުކުރަން ލާޒިމުކުރުމަށް އެމްއެމްއޭއިން ހުރިހާ ތައްޔާރީތަކެއް ވީނަމަވެސް އެކަން އޭރު ތަންފީޒުވެފައެއް ނުވެއެވެ. ނަމަވެސް މިހާރުގެ އަމާޒަކީ އިމްޕޯޓް ޓީޓީތަކަށް ދޫކުރާ ޑޮލަރު އިތުރުކުރުމަށްޓަކައި އެ މިންވަރު 40 އިންސައްތައަށް ބަދަލުކުރުން ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ފައިސާ މާރުކުރުމަށް މިހާރު ދީފައިވާ ތިން މަހުގެ މުއްދަތު ކޮންމެ މަހަކު މާރުކުރަންޖެހޭ ގޮތަށް ބަދަލުކުރުމަށާއި، ގާނޫނުގެ ދަށުން ޑޮލަރުން ހަދާ ޕޭމަންޓުތަކުގެ މައުލޫމާތު މަރުކަޒީ ބޭންކާ ހިއްސާކުރުން މަޖުބޫރުވާ އިސްލާހުތައްވެސް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

ގަވަރުނަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފައިސާގެ ބާޒާރަށް ލޮޅުންތަކެއް އައި ނަމަވެސް، ޑޮލަރުގެ އަގު މިހާ ބޮޑަށް އުފުލެން ދިމާވި މައިގަނޑު ސަބަބަކީ ބައެއް ފަރާތްތަކުން ގަވާއިދާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރު ދައުރުކުރުމެވެ. މިކަން ހުއްޓުވުމަށް ތަހުގީގީ އިދާރާތަކާއި ސަރުކާރުގެ އެހީތެރިކަމަށް އެދިފައިވާނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ. ގަވާއިދާ ހިލާފަށް މުއާމަލާތް ހިންގި އެކްސްޕްރެސް މަނީ އެކްސްޗޭންޖުގެ ލައިސަންސް މިހާރު ބާތިލުކޮށްފައިވާއިރު، އެއްވެސް ވަރަކަށް ޑޮލަރު މާރުނުކުރާ ދެ ރިސޯޓަކަށް ފިޔަވަޅު އަޅައި ނަންތައްވެސް ވަނީ އާންމުކޮށްފައެވެ.

އެމްއެމްއޭގެ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރިސޯޓުތަކުގެ 78 އިންސައްތަ ތަންތަނުން ގަވާއިދާ އެއްގޮތަށް ޑޮލަރު މާރުކުރަމުންދާއިރު، 20 އިންސައްތަ ރިސޯޓުން ވަނީ ލުއިތަކަކަށް އެދިފައެވެ. އަދި ގެސްޓްހައުސްތަކާއި ސަފާރީ ފަދަ ތަންތަނުގެ ތެރެއިން ގަވާއިދަށް ފުރިހަމައަށް އަމަލުކުރަނީ 48 އިންސައްތަ ވިޔަފާރިއެވެ. އަހަރަކު 15 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީ ލިބޭ ބޮޑެތި ކުންފުނިތަކުގެ ތެރެއިން ގަވާއިދުން ފައިސާ މާރުކުރަނީ 38 އިންސައްތަ ތަންތަނުންނެވެ.

މިހާރު އަމަލުކުރަމުންދާ ގަވާއިދުގެ ދަށުން، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ ބޭންކުތަކަށް ޖަމާކުރުމުގެ އިތުރުން، ރިސޯޓުތަކާއި ސަފާރީތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން ބޭންކުތަކަށް މާރުކުރުން ލާޒިމުވެއެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް އެކުލަވާލައި މަޖިލީހަށް ހުށަހަޅައިފި
ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް އެކުލަވާލައި މަޖިލީހަށް ހުށަހަޅައިފި
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ބިލު ހުށަހެޅުމުގެ މައިގަނޑު އެއް ބޭނުމަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުޙައްޤުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށްޓަކައި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ޤާނޫނީ އޮނިގަނޑެއް ތަޢާރުފުކުރެއްވުމެވެ.
ޚަބަރު 25 Aug 2026
އޮޑިޓަރ ޖެނެރަލް ތިލަފުށީ ކުނި މެނޭޖްކުރާ މަރުކަޒަށް ޒިޔާރަތްކުރައްވައިފި
އޮޑިޓަރ ޖެނެރަލް ތިލަފުށީ ކުނި މެނޭޖްކުރާ މަރުކަޒަށް ޒިޔާރަތްކުރައްވައިފި
މި ޒިޔާރަތަކީ ތިލަފުށީގައި މިހާރު ކުރިއަށްދާ ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ބައްލަވާލެއްވުމަށާއި، ކުންޏާއި ވަސީލަތްތައް ބެލެހެއްޓުމުގައި ބޭނުންކުރަމުންދާ ނިޒާމުތަކާއި އިޖުރާއަތްތައް ގާތުން ބައްލަވައި، އެކަންކަމާ ގުޅޭ މަޢުލޫމާތު ހޯއްދެވުމުގެ މަޤްޞަދުގައި ކުރެއްވި ޒިޔާރަތެކެވެ.
ޚަބަރު 25 Aug 2026
ހަވާލުކުރާ ކޮންމެ ރޭންކަކާއެކު އޮތީ އެއަށްވުރެ ބޮޑު މަސްއޫލިއްޔަތަކާއި ޒިންމާއެއް: ސީޕީ
ހަވާލުކުރާ ކޮންމެ ރޭންކަކާއެކު އޮތީ އެއަށްވުރެ ބޮޑު މަސްއޫލިއްޔަތަކާއި ޒިންމާއެއް: ސީޕީ
އަދި ޕްރޮމޯޝަނަށް ފަހު މަސައްކަތުގެ މާހައުލަށް ނުކުންނައިރު، ހަވާލުކުރެވުނު ރޭންކާ އެއްވަރަށް ހިދުމަތުގެ ފެންވަރު ހިފެހެއްޓޭތޯ ބަލާނެ ފަރާތްތައް ގިނަވާނެކަން ފާހަގަކުރައްވައި، މުއައްސަސާގެ އެތެރެއިންނާއި ބޭރުން ވެސް ސުވާލު ނުއުފެދޭނެ ފަދަ ގޮތަކަށް، ލިބުނު މަގާމާ އެއްވަރަށް މަސައްކަތުގެ ނަތީޖާ ނެރެދީ، ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ރިވެތި ނަމޫނާއެއް ދެއްކުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ޚަބަރު 24 Aug 2026
ދިވެހިރާއްޖޭގައި ބިނާ ކުރެވޭ އެންމެ ބޮޑު ވަޤްފު ޢިމާރާތް، ދާރުއްސަލާމްގެ ޢަމަލީ މަސައްކަތް ފަށައިފި
ދިވެހިރާއްޖޭގައި ބިނާ ކުރެވޭ އެންމެ ބޮޑު ވަޤްފު ޢިމާރާތް، ދާރުއްސަލާމްގެ ޢަމަލީ މަސައްކަތް ފަށައިފި
ހުޅުމާލޭގައި ޢިމާރާތް ކުރާ ދާރުއްސަލާމް ވަޤްފް ޢިމާރާތުގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަޅުއްވައިދެއްވީ 26 ނޮވެމްބަރު 2026 ގައެވެ. އިމާރާތް ކުރިއަށްދަނީ ހުޅުމާލޭ ޕްލޮޓް ނަންބަރު 11646 ގައެވެ.
ޚަބަރު 24 Aug 2026