ތިމާވެއްޓާއި ރައްޓެހި މަސްވެރިކަން ކުރާ ފަރާތްތަކަށް ބާޒާރުތަކުން އިސްކަން ދިނުމަށް ދިވެހިރާއްޖެއިން ގޮވާލައިފި

ތިމާވެއްޓާއި ރައްޓެހި މަސްވެރިކަން ކުރާ ފަރާތްތަކަށް ބާޒާރުތަކުން އިސްކަން ދިނުމަށް ދިވެހިރާއްޖެއިން ގޮވާލައިފި

ހ ހަޅަ
ޚަބަރު 10 Sep 2024

މަހާއި މަހުގެ އުފެއްދުންތަކުގެ ވިޔަފާރީގައި ހުރި ހުރަސްތައް ނައްތާލައި، މަސްވެރިކަން ހަރުދަނާ ގޮތެއްގައި ރާވައި، ހިންގައި، އަދި ބަލަހައްޓާ ފަރާތްތަކަށާއި ތިމާވެއްޓާ ރައްޓެހި މަސްވެރިކަން ކުރާ ފަރާތްތަކަށް މަހުގެ ބާޒާރުތަކުން އިސްކަމެއް ދޭންޖެހޭ ކަމުގައި ދިވެހިރާއްޖޭގެ ފަރާތުން ގޮވާލައިފިއެވެ.

އޯގަނައިޒޭޝަން ފޯ އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސްގެ (އޯ.އޭ.ސީ.ޕީ.އެސް)ކަނޑުތަކާ ބެހޭ މިނިސްޓްރީތަކުގެ ސީނިއަރ އޮފިޝަލުންގެ 8 ވަނަ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޙުސައިން ސިނާން ދެއްކެވި ވާހަކަފުޅުގައި މަހުގެ ވިޔަފާރީގައި ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކަށް އަލި އަޅުއްވައިލައްވައިފައިވެއެވެ. މީގެ އިތުރުން މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމަށް ދިވެހިރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކާއި އަދި އަގު އެއްކޮށްގެން މަހުގެ އުފެއްދުންތައް އުފެއްދުމަށް ސަރުކާރުން ހިންގަވާ މަޝްރޫޢުތަކުގެ މައްޗަށްވެސް އަލި އަޅުއްވައިލައްވައިފައިވެއެވެ.

މީގެ އިތުރުން މޫސުމީ ބަދަލުގެ ސަބަބުން ދިވެހިރާއްޖެ ފަދަ ހަމަ އެކަނި އެ ގައުމެއްގެ އިޤްތިޞާދީ ސަރަޙައްދުގައި މަސްވެރިކަން ކުރާ ގައުމަތަކަށާއި ކުދި އުޅަނދުފަހަރުގައި ނިސްބަތުން ކުޑަ ސްކޭލެއްގައި މަސްވެރިކަން ކުރާ ފަރާތްތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ފިޔަވަޅު އެޅުމުގެ މުހިއްމުކަންވެސް ޑރ. ސިނާން ފާހަގަކުރެއްވިއެވެ. މިގޮތުން، ކަނޑުގެ މަތީ ފަށަލަ ހޫނު ވުމުގެ ސަބަބުންނާއި، ކަނޑުގައި ހުންނަ ލޮނުގެ އަސަރު (ސެލިނިޓީ) މަތިވެ، ކަނޑުގެ ލޮނުގަނޑާ އެކުވެފައި ހުންނަ އޮކްސިޖަންގެ މިންވަރު ދަށްވުމުގެ ސަބަބުންނާއި، ތޫފާން އަންނަ ނިސްބަތް އިތުރުވުމުގެ ސަބަބުން އެފަދަ ފަރާތްތަކަށް ކުރާ ނޭދެވޭ އަސަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މޫސުމީ ބަދަލުގެ ސަބަބުން ކަނޑުމަސް ފަދަ ދުރު ރާސްތާއަށް ހިޖުރަ ކުރާ ބާވަތްތައް ދަތުރުކުރާ މަގުތަކަށް ބަދަލުއައިސް، ކަނޑުމަސް ދިރިއުޅޭ ސަރަޙައްދުތަކަށް ވެސް ބަދަލު އަންނަ ކަން ފާހަގަކުރެއްވިއެވެ.

އޯ.އޭ.ސީ.ޕީގެ މަސްވެރިކަމާއި ކަނޑުތަކާ ބެހޭ ވަޒީރުންނާއި ސީނިއަރ އޮފިޝަލުންގެ ބައްދަލުވުމުގައި އޯ.އައި.ސީ.ޕީގެ 79 ގައުމުގެ މަންދޫބުން ބައިވެރިވެ ވަޑައިގެންފައިވެއެވެ. މިމަހުގެ 9 ވަނަ ދުވަހު ފެށުނު މިބައްދަލުވުން މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ޓެންޒޭނިއާގެ ދާރުއްސަލާމްގައި ކުރިއަށްދާނެއެވެ. މިބައްދަލުވުމުގައި މަސްވެރިކަމާއި އަދި އެކުއަލްޗަރ ދެމެހެއްޓެނެވި ގޮތެއްގައި ރާވާ ހިންގައި ތަރައްޤީ ކުރުމަށް ގައުމުތަކަށް ކުރިމަތިވާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެއެވެ. ދިވެހިރާއްޖެއިން އޯ.އޭ.ސީ.ޕީގެ މެންބަރަކަށް ވެ، ސަމޯއާ އެގްރިމެންޓްގައި ސޮއިކުރުމުގެ މައިގަނޑު މަގުސަދަކީ ޔޫރަޕަށް އެކްސްޕޯރޓްކުރާ މަހަށް ނަގާ ޑިއުޓީ ކަނޑާލުމަށް މަގުފަހިކުރުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޕޮލެންޑުގެ ބޯޑަރު ކައިރިއަށް ރަޝިޔާއިން ވަރުގަދަ ހަމަލާއެއްދީ ހަނގުރާމަ އިތުރަށް ވަރުގަދަކޮށްފި
ޕޮލެންޑުގެ ބޯޑަރު ކައިރިއަށް ރަޝިޔާއިން ވަރުގަދަ ހަމަލާއެއްދީ ހަނގުރާމަ އިތުރަށް ވަރުގަދަކޮށްފި
ޔޫކްރެއިނާއި ޕޮލެންޑް ގުޅޭ ބޯޑަރު ކައިރިއަށް ރަޝިޔާއިން އާދީއްތަ ދުވަހު ދިން ވަރުގަދަ ހަމަލާއަކާ ގުޅިގެން، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ނުތަނަވަސްކަން އިތުރަށް ބޮޑުވެގެން ހިނގައްޖެއެވެ.
ދުނިޔެ 13 Sep 2026
ހޮރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން އިތުރުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުރައްކާ ކުރިމަތިވެއްޖެ
ހޮރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން އިތުރުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުރައްކާ ކުރިމަތިވެއްޖެ
ދުނިޔޭގެ ވިޔަފާރީގެ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅީގައި ވިޔަފާރި އުޅަނދަކަށް ދިން ހަމަލާއަކާ ގުޅިގެން، އެ ސަރަޙައްދުގެ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެއްޖެއެވެ.
ދުނިޔެ 13 Sep 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި
މިއީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ޒުވާން ޚަޠީބުންގެ ބައިވެރިވުމާއެކު ބާއްވާ ޚާއްސަ މަހާސިންތާއެކެވެ.
ޚަބަރު 13 Sep 2026
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ގާތްގަނޑަކަށް 10،000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނޭ ގޮތަށް ޤާއިމްކުރާ މި ބިނާގައި ނަމާދު ކުރާނެ ތަނަވަސް ސަރަޙައްދު ހިމެނޭހެން އިސްލާމީ ތަޢުލީމާއި، ޘަޤާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ވަނީ ފަރުމާކޮށްފައެވެ.
ޚަބަރު 13 Sep 2026