"ވަޒީފާ ބުރާސްފަތި" ނުވަތަ ސިޔާސީ މަކަރުވެރިކަން: އެމްޑީޕީގެ ދެފުށްކެހެރި ސިޔާސަތުގެ މައްޗަށް ބަލާލުމެއް

އ އައިމިނަތުު މުޙައްމަދު
ރިޕޯޓް 18 Jun 2026

އިދިކޮޅު އެމްޑީޕީން "ވަޒީފާ ބުރާސްފަތި" ނަމުގައި ފަށާފައިވާ އިހުތިޖާޖަކީ، ސިޔާސީ މަޤުޞަދެއްގައި ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމަށް ހިންގާ ވަރަށް ނުރައްކާތެރި ޙަރަކާތެކެވެ. ދިވެހިރާއްޖޭގެ ވެރިކަމުގައި ތިބެ، ޤައުމުގެ އިޤުތިޞާދާއި އިޖުތިމާޢީ ފޭރާން ވީދާލި ބަޔަކު، މިއަދު ވަޒީފާގެ ޙައްޤުތަކޭ ކިޔައިގެން މަގުމައްޗަށް ނުކުތުމަކީ ބުއްދިވެރި ކޮންމެ ދިވެހި ރައްޔިތަކު މިއަދު ސުވާލު އުފައްދާ ކަމެކެވެ.

އެމްޑީޕީގެ ވެރިކަމުގެ ފަސް އަހަރު ނިމިގެންދިޔައީ، ދައުލަތުގެ މުއައްސަސާތަކުގެ ތެރޭގައި ސިޔާސީ ނުފޫޒު އިންތިހާއަށް ފަތުރާލުމަށްފަހުގައެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދައުރުގެ ފަހުކޮޅު، އެ ޕާޓީގެ އެތެރޭގެ ކޯޅުންތަކާ ހެދި، ރައީސް ނަޝީދަށް ތާއީދުކުރި އެތައް ސަތޭކަ މުވައްޒަފުންނެއް ވަޒީފާއިން ވަކިކުރީ އެއްވެސް ރަޙުމެއް ނެތިއެވެ. އޭރު އެމްޑީޕީން ވަކާލާތު ކުރީ، ސިޔާސީ މަޤާމުތަކުގައި ތިބޭ މީހުން ޕާޓީން ވަކިވުމުން ވަޒީފާއިން ވަކިކުރުމަކީ ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ކަމަށެވެ. ނަމަވެސް މިއަދު އިދިކޮޅުގައި ތިބެގެން އެ ދައްކަނީ މުޅިން ތަފާތު ވާހަކައެކެވެ.

2023 ވަނަ އަހަރު "ދަ ޑިމޮކްރެޓްސް" އުފެދިގެން އައި ދުވަސްވަރަކީ އެމްޑީޕީގެ އަނިޔާވެރިކަން ވަޒީފާގެ މައިދާނުގައި އެންމެ ބޮޑަށް ފެނިގެންދިޔަ ދުވަސްވަރެވެ. އޭރު އެމްޑީޕީގެ ސަރުކާރުން ވަނީ ހަމައެކަނި ޚިޔާލު ތަފާތުވުމުގެ ސަބަބުން އެތައް ބައެއްގެ އާއިލާތައް މަގުމަތިކޮށްލާފައެވެ. ސިޔާސީ ވަޒީފާތަކަކީ ހަމައެކަނި އެމްޑީޕީގެ "ކޯޓާ" އެއް ކަމަށް ބުނެ، ހިންގި އެ ޖަރީމާތަކަކީ މިއަދު އެމްޑީޕީން އޮޅުވާލަން އުޅުނަސް ދިވެހިންގެ ހަނދާނުން ފޮހެވޭނެ ކަންކަމެއް ނޫނެވެ.

މި ޤައުމުގައި ހުރި ހުރިހާ ނުބައިކަމެއްގެ އަސްލަކީ އެމްޑީޕީގެ ހަރުކަށި އަދި ދީނާ ބީރައްޓެހި ފިކުރެވެ. ރައީސް ނަޝީދުގެ ޒަމާނުން ފެށިގެން، ރާއްޖޭގައި ބަނގުރަލާއި މަސްތުވާތަކެއްޗަށް ހިތްވަރު ލިބޭ ގޮތަށް ގެންގުޅުނު ސިޔާސަތުތަކުގެ ނަތީޖާއަކަށްވީ، ޒުވާނުންގެ އަޚުލާޤު ހަލާކުވެ، މުޖުތަމަޢު ފަސާދަވުމެވެ. "ލާދީނީ" ފިކުރު ފަތުރައި، އިސްލާމީ އުޞޫލުތަކަށް ގޮންޖެހުމަކީ އެމްޑީޕީގެ ޑީއެންއޭގައި ހުރި ކަމެކެވެ. މިއަދު އެމީހުން ވަޒީފާގެ ވާހަކަ ދައްކަނީ މި ހުރިހާ ނުބައި އަމަލުތަކެއް ފޮރުވުމަށްޓަކައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ، އެމްޑީޕީން ބަނގުރޫޓުކޮށްލާފައިވާ އިޤުތިޞާދެއް އޮތް ޤައުމަކާއެވެ. އެމްޑީޕީން ވޯޓު ހޯދުމަށްޓަކައި އުފެއްދި ފޭކު ވަޒީފާތަކުގެ ސަބަބުން ދައުލަތުގެ ޚަޒާނާ އޮތީ ހުސްވެފައެވެ. ރައީސް މުޢިއްޒު މިއަދު އަޅުއްވަމުންދާ ހަރުދަނާ ފިޔަވަޅުތަކަކީ، މި ޤައުމު އިޤުތިޞާދީ އަނދަވަޅުން ސަލާމަތްކުރުމަށް ކޮންމެހެން ބޭނުންތެރި ފިޔަވަޅުތަކެކެވެ. ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އަޅާ ފިޔަވަޅުތަކަކީ ސިޔާސީ ކަމެއްގެ ގޮތުގައި ދެއްކުމަކީ އެމްޑީޕީގެ ނުބައި ރޭވުމެކެވެ.

މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވާ ފަދައިން، އެމްޑީޕީއަކީ މިހާރު ސިޔާސީ ގޮތުން ބާކީވެފައިވާ ބައެކެވެ. 2023 ގެ ރިޔާސީ އިންތިޚާބާއި، 2024 ގެ މަޖިލިސް އިންތިޚާބުގައި ރައްޔިތުން ވަނީ އެމްޑީޕީގެ އަނިޔާވެރިކަމަށް "ނޫނެކޭ" ބުނެފައެވެ. މިއަދު އެ ޕާޓީން ކުރާ އިހުތިޖާޖުތަކަކީ އިންތިޚާބީ ބޮޑު ނާކާމިޔާބީގެ ހިތްދަތިކަން ފިލުވައިލުމަށް ކުރާ ކަމެކެވެ. ރައްޔިތުންގެ ތާއީދު ނެތް ބަޔަކު މަގުމަތީގައި ހަޅޭއްލެވިޔަސް، ހަގީގީ ތަރައްޤީ ފެންނަން އޮތީ މި ސަރުކާރުގެ ސިޔާސަތުތަކުންނެވެ.

ގައުމުގެ މިނިވަންކަމާއި ސިޔާދަތު އަވަށްޓެރި ގައުމުތަކަށް ބާޒާރުކޮށްލި ބަޔަކު، މިއަދު ވަޒީފާގެ ޙައްޤުތަކުގެ ވާހަކަ ދެއްކުމަކީ ޖޯކެކެވެ. އެމްޑީޕީގެ ވެރިކަމުގައި އިންޑިއާގެ ނުފޫޒު ވަދެ، ދިވެހި އަސްކަރިއްޔާއާއި ފުލުހުންގެ ތެރޭގައި ހިންގި ކަންކަމަކީ ޚިޔާނާތުގެ އެންމެ މަތީ ދަރަޖައެވެ. އެފަދަ ބޮޑެތި ޖަރީމާތައް ހިންގި ބަޔަކު، ސަރުކާރުން އިޤުތިޞާދު ރަނގަޅުކުރަން ކުރާ މަސައްކަތަށް ހުރަސްއެޅުމަކީ ޤައުމީ ޣައްދާރުކަމުގެ އަމަލެކެވެ.

"ވަޒީފާ ބުރާސްފަތި" އިހުތިޖާޖަކީ އެމްޑީޕީގެ ހީލަތްތެރި ރޭވުމެކެވެ. އެމީހުންގެ އަމިއްލަ ވެރިކަމުގައި ހިންގި ފަސާދައާއި، ބަނގުރަލުގެ ވަބާއާއި، އިސްލާމްދީނާ ދުރު ސިޔާސަތުތަކުގެ ސަބަބުން ޤައުމަށް ލިބުނު ގެއްލުން ރައްޔިތުން މިއަދަކު ހަނދާނެއް ނުނެތެއެވެ. ރައީސް މުއިއްޒުގެ ސަރުކާރުން ކުރިއަށްދާނީ ރައްޔިތުންނަށް އިޚުލާޞްތެރިކަމާއެކު ޚިދުމަތް ކުރުމުގައެވެ. އެމްޑީޕީ ފަދަ ފިތުނަވެރި ބަޔަކަށް ދެން މި ޤައުމުން ޖާގައެއް ނެތެވެ. މިއަދު ރައްޔިތުން ތިބީ ހޭލައެވެ. އެމްޑީޕީގެ "ޑްރާމާ" ތަކަށް ރައްޔިތުން އޮޅުވައެއް ނުލެވޭނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ހުރިހާ ޚިދުމަތްތަކެއް ފުރިހަމައަށް ލިބޭނެ ޒަމާނީ ފެންވަރުގެ މަރުކަޒަކަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ޚަބަރު 19 Aug 2026
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭގައި ޒަމާނީ ފެންވަރުގެ "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" އެޅުމުގެ މަޝްރޫޢު ފެށުމަށްޓަކައި، މިހާރުގެ ލޯކަލް މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކަށް ވަގުތީ އިންތިޒާމުތަކެއް ހަމަޖައްސައި އެއްމަސް ދުވަހުގެ ތެރޭގައި އެ ބިން ހުސްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ފަށައިފިއެވެ.
ޚަބަރު 19 Aug 2026
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުމާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް، ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ޚަބަރު 19 Aug 2026
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީ އަދި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން، އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރ އާއި ޙަވާލުކޮށްގެން ނިންމާފައިވާ މަސައްކަތެކެވެ.
ޚަބަރު 18 Aug 2026