ވޯލްޑް ކަޕް: އިންގްލެންޑާއި ގާނާ ބައްދަލުކުރާ ފޯރިގަދަ ކުރިމަތިލުން މިރޭ

އ އައިމިނަތުު މުޙައްމަދު
ކުޅިވަރު 23 Jun 2026

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ މުހިންމު މެޗުތަކެއް މިރޭ ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ގްރޫޕް 'ކޭ' އަދި 'އެލް' އެއްގެ ހަތަރު މެޗެއް މިރޭ ކުޅޭއިރު، މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ވަރުގަދަ އިންގްލެންޑާއި ގާނާ ބައްދަލުކުރާ މެޗެވެ.

އިންގްލެންޑް މި މެޗަށް ނުކުންނަނީ އެމީހުންގެ ފުރަތަމަ މެޗުގައި ކްރޮއޭޝިއާ އަތުން 4-2 އިން މޮޅުވެ، ރަނގަޅު ފޯމެއްގައެވެ. ހަމައެއާއެކު، ގާނާ ވެސް ވަނީ އެމީހުންގެ ފުރަތަމަ މެޗުގައި ޕެނަމާގެ މައްޗަށް 1-0 އިން ކުރިހޯދާފައެވެ. މިރޭގެ މެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ގަދަ 32 ގެ ބުރަށް ދަތުރުކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.

މިރޭގެ އަނެއް މެޗުގައި ބައްދަލުކުރާނީ ޕޯޗުގަލް އާއި އުޒްބެކިސްތާނެވެ. ފުރަތަމަ މެޗުގައި ކޮންގޯއާ ވާދަކޮށް 1-1 އިން އެއްވަރުވުމުން، ޕޯޗުގަލް އަށް މިރޭގެ މެޗުން މޮޅުވުން މަޖުބޫރެވެ. އަނެއްކޮޅުން ކޮލަމްބިއާ އަތުން ބަލިވި އުޒްބެކިސްތާނަށް މިއީ މުބާރާތުގައި ކުރިއަށް ދިއުމަށް ލިބޭނެ އެންމެ ފަހު ފުރުސަތެވެ.

ގްރޫޕް 'އެލް' ގައި ހިމެނޭ ޕެނަމާ އާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗަކީވެސް ދެވަނަ ބުރަށް ދިއުމަށްޓަކައި ދެ ޓީމަށްވެސް މުހިންމު މެޗެކެވެ. ފުރަތަމަ މެޗުން ބަލިވެފައިވާ މި ދެ ޓީމަށްވެސް މިއަދު ތިން ޕޮއިންޓް ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

މިރޭގެ ފަހު މެޗުގައި ބައްދަލުކުރާނީ ކޮލަމްބިއާ އާއި ޑީ.އާރު ކޮންގޯ އެވެ. ފުރަތަމަ މެޗުގައި އުޒްބެކިސްތާން ބަލިކުރި ކޮލަމްބިއާ މިރޭ މޮޅުވެއްޖެނަމަ ނޮކައުޓް ބުރަށް ދަތުރުކުރެވޭނެއެވެ. ނަމަވެސް ޕޯޗުގަލް ހިފެހެއްޓި ކޮންގޯ އޮތީ އިތުރު ސިހުމެއް ދިނުމަށް ތައްޔާރަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފުޓްބޯޅަ ސަޕޯޓަރުން އިންތިޒާރުކުރަމުންދާ މި މެޗުތަކަކީ މުބާރާތުގެ ކުރިމަގު ބައްޓަންވެގެންދާނެ މުހިންމު ކުރިމަތިލުންތަކެކެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ހުރިހާ ޚިދުމަތްތަކެއް ފުރިހަމައަށް ލިބޭނެ ޒަމާނީ ފެންވަރުގެ މަރުކަޒަކަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ޚަބަރު 19 Aug 2026
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭގައި ޒަމާނީ ފެންވަރުގެ "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" އެޅުމުގެ މަޝްރޫޢު ފެށުމަށްޓަކައި، މިހާރުގެ ލޯކަލް މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކަށް ވަގުތީ އިންތިޒާމުތަކެއް ހަމަޖައްސައި އެއްމަސް ދުވަހުގެ ތެރޭގައި އެ ބިން ހުސްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ފަށައިފިއެވެ.
ޚަބަރު 19 Aug 2026
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުމާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް، ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ޚަބަރު 19 Aug 2026
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީ އަދި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން، އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރ އާއި ޙަވާލުކޮށްގެން ނިންމާފައިވާ މަސައްކަތެކެވެ.
ޚަބަރު 18 Aug 2026