ސަބްސްކްރިޕްޝަން ޕޭމަންޓްތަކަށް އެއްވެސް ހުރަހެއް ނެތް: ބީއެމްއެލް

އ އައިމިނަތުު މުޙައްމަދު
ވިޔަފާރި 04 Jun 2026

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ދައްކާ ސަބްސްކްރިޕްޝަން ފީތަކަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށާއި، އެފަދަ ފައިސާ ދެއްކުމުގައި ދަތިތަކެއް ދިމާވާނަމަ ބޭންކަށް އެންގުމަށް ބީއެމްއެލްއިން މިއަދު އެދިއްޖެއެވެ.

ގައުމީ ބޭންކުން ހާމަކުރި ގޮތުގައި، އެކި ކަންކަމަށް ކަނޑައަޅާފައިވާ މަހުފީ ނުވަތަ ސަބްސްކްރިޕްޝަން ޕޭމަންޓްތަކަކީ ކާޑުތަކުގެ ދުވަހުން ދުވަހަށް ކަނޑައަޅާފައިވާ ފޮރިން ސްޕެންޑް ލިމިޓުގެ ތެރޭގައި ހިމެނޭ މުޢާމަލާތްތަކެއް ނޫނެވެ. އެހެންކަމުން އެފަދަ ޕޭމަންޓްތައް ބޭންކުން ހިފަހައްޓާފައި ނުވާނެ ކަމުގެ ޔަގީންކަން ބޭންކުން ދެއެވެ.

ނަމަވެސް، ތަފާތު ސަބަބުތަކާހުރެ ބައެއް މާޗަންޓުން ސަބްސްކްރިޕްޝަން ޕޭމަންޓްތައް ބަލައިނުގަނެ ރިޖެކްޓް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. މީގެ ތެރޭގައި މުނިފޫހިފިލުވުމާއި، ތައުލީމީ އަދި އެހެނިހެން ޚިދުމަތްތަކަށް ދައްކާ ފައިސާ ހިމެނެއެވެ.

ބީއެމްއެލްއިން އިތުރަށް ބުނީ، އެއްވެސް ކަސްޓަމަރެއްގެ ސަބްސްކްރިޕްޝަން ޕޭމަންޓެއް ދެއްކުމުގައި ދަތިތަކެއް ދިމާވެއްޖެނަމަ، ލަސްނުކޮށް ބޭންކާ ގުޅުމަށެވެ. އަދި އެފަދަ މައްސަލަތަކަށް ވަގުތުން ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަންވެސް ބޭންކުން ވަނީ ދީފައެވެ.

މި ދުވަސްވަރަކީ ބޭރު ފައިސާގެ މުއާމަލާތްތަކަށް ބަދަލުތަކެއް އަތުވެދާނެ ކަމުގެ ކަންބޮޑުވުން އާންމުންގެ މެދުގައި އޮތް ވަގުތެއް ކަމުން، ބޭންކުން މި ހާމަކުރި މައުލޫމާތާއެކު ގިނަ ކަސްޓަމަރުންނަށް ލުއިތަކެއް ލިބިގެންދާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައިފި
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައިފި
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުނު މުނާސަބަތާއި ދިމާކޮށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބޭއްވި ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގެ ނިންމުމުގެ ރަސްމިއްޔާތު، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފްވެރިކޮށްދެއްވައިފިއެވެ.
ޚަބަރު 14 Sep 2026
މެލޭޝިޔާގެ ބޮޑުވަޒީރަށް މަރުޙަބާ ދެންނެވުމަށް ރާއްޖެއިން ތައްޔާރުވެއްޖެ
މެލޭޝިޔާގެ ބޮޑުވަޒީރަށް މަރުޙަބާ ދެންނެވުމަށް ރާއްޖެއިން ތައްޔާރުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދެންނެވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ދިވެހިރާއްޖެއިން ފަށައިފިއެވެ.
ޚަބަރު 14 Sep 2026
ޢިލްމު ބަޔަކަށް ފޯރުވައިދިނުމުގައި ތިމާގެ ދުލާއި ގަލަން ހިންގަން ޖެހޭ ޙާލަތާއި ހިންގަން ނުޖެހޭ ޙާލަތު ހުންނާނެ - ރައީސް
ޢިލްމު ބަޔަކަށް ފޯރުވައިދިނުމުގައި ތިމާގެ ދުލާއި ގަލަން ހިންގަން ޖެހޭ ޙާލަތާއި ހިންގަން ނުޖެހޭ ޙާލަތު ހުންނާނެ - ރައީސް
ރައީސް ވިދާޅުވީ ޢިލްމުވެރިކަމަކީ، ޙިކްމަތްތެރިކަމާ ގުޅިފައިވާ ކަމެއް ކަމަށެވެ. ފޮތަކުން ދަސްވާ އެއްޗެއް އެ ދަސްވަނީ އޭގެ އެންމެ ފުން މިނުގައިކަމަށް ނުވެދާނެ ކަމަށެވެ. އަދި އެ ކަމަށް އެ ނޫން އެތައް ޢިލްމެއްގެ އެހީ ބޭނުންވެދާނެ ކަމަށެވެ. ރައީސް ވިދާޅުވީ އުމުރުން ދޮށީވުމާއި، އެތައް ތަޖުރިބާއެއް ބޭނުންވެދާނެ ކަމަށާއި، އަދި އެ ޢިލްމު ބަޔަކަށް ފޯރުވައިދިނުމުގައި ތިމާގެ ދުލާއި ގަލަން ހިންގަން ޖެހޭ ޙާލަތާއި ހިންގަން ނުޖެހޭ ޙާލަތު ހުންނާނެ ކަމަށެވެ. ތިމާގެ ދުލާއި ގަލަން ހިންގަން ޖެހޭ ގޮތާއި ހިންގަން ނުޖެހޭ ގޮތްވެސް ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު 13 Sep 2026
މަނިކު އަވަހާރަވުމާއި ގުޅިގެން ރައީސްގެ ތަޢުޒިޔާ
މަނިކު އަވަހާރަވުމާއި ގުޅިގެން ރައީސްގެ ތަޢުޒިޔާ
ދިވެހި ދައުލަތަށާއި ސިފައިންގޭގައި ގިނަ އަހަރުތަކެއްވަންދެން ޚިދުމަތްކުރެއްވި އަޙްމަދު މަނިކު އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިފައިންގޭގަ ގިނަ ދުވަހު ޚިދުމަތްކުރައްވައިފައިވާ، އަދި ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ މ.މާކަރީ، އަޙްމަދު މަނިކު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން މަރްޙޫމްގެ ޢާއިލާއަށް އިޚްލާސްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާކަމަށެވެ. އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި މަރްޙޫމު ލަހައްޓަވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދިވަނީ ދުޢާ ދަންނަވާފައެވެ.
ޚަބަރު 13 Sep 2026