ދިވެހިރާއްޖޭގައި ޕޭޕަލް ޚިދުމަތް ރަސްމީކޮށް ފަށާ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފި. މިއީ ޤައުމުގެ ޑިޖިޓަލް އިޤްތިޞާދު އިތުރަށް ބަރުގަދަކުރުމާއި، ދިވެހި ވިޔަފާރިވެރިންނާއި ފްރީލާންސަރުން ދުނިޔޭގެ މާރކެޓްތަކާ ސީދާ ގުޅުވާލަން އެހީވާނެ މުހިއްމު ކުރިއެރުމެއް.
ދިވެހިރާއްޖޭގައި ޕޭޕަލް ޚިދުމަތް ރަސްމީކޮށް ފަށާ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފި. މިއީ ޤައުމުގެ ޑިޖިޓަލް އިޤްތިޞާދު އިތުރަށް ބަރުގަދަކުރުމާއި، ދިވެހި ވިޔަފާރިވެރިންނާއި ފްރީލާންސަރުން ދުނިޔޭގެ މާރކެޓްތަކާ ސީދާ ގުޅުވާލަން އެހީވާނެ މުހިއްމު ކުރިއެރުމެއް.

ދިވެހިރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްފި: ފްރީލާންސަރުންނާއި ވިޔަފާރިތަކަށް އާ ފުރުޞަތުތަކެއް

އ އައިމިނަތުު މުޙައްމަދު
ޚަބަރު 15 Jun 2026

ދިވެހިރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދަށް އައި ތާރީޚީ ބަދަލެއްގެ ގޮތުގައި، ދުނިޔޭގެ މަޤްބޫލު އޮންލައިން ޕޭމަންޓް ސިސްޓަމް "ޕޭޕަލް" ގެ ޚިދުމަތް ރާއްޖޭގައި ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މި ޚިދުމަތް ރާއްޖެއަށް ތަޢާރަފްކުރެވިފައިވަނީ އުރީދޫގެ "އެމް-ފައިސާ" ޕްލެޓްފޯމާ ގުޅުވާލައިގެންނެވެ.

މިކަމަށްޓަކައި މާލޭގެ ބާސެލޯ ގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދުއާއި، ޕޭޕަލްގެ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ނައިބު ރައީސް އާމިރު ވަލިއާނީގެ އިތުރުން އުރީދޫ މޯލްޑިވްސްގެ އިސްވެރިންނާއި ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވިދާޅުވީ، ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ގެނައުމަކީ އެމަނިކުފާނުގެ ރިޔާސީ އިންތިޚާބުގެ މުހިންމު ވަޢުދެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ތަރައްޤީގެ އަމާޒު ކަމަށްވާ "ވިޜަން 2040" އަދި "މޯލްޑިވްސް 2.0" ޑިޖިޓަލް ރޯޑްމެޕްގެ ދަށުން ކުރެވުނު ވަރަށް މުހިންމު މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ، މިއީ ނޮވެމްބަރު 2023 ގައި މި ސަރުކާރުން މަގާމާ ހަވާލުވީއްސުރެ ކުރަމުން އައި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. ޕޭޕަލް މެދުވެރިކޮށް ދިވެހި ފްރީލާންސަރުންނާއި، ކުދި ވިޔަފާރިތަކާއި، އަމިއްލަ އުފެއްދުންތެރިންނަށް ބައިނަލްއަޤްވާމީ ބާޒާރުން ފައިސާ ހޯދުމުގައި ހުރި ހުރަސްތައް ނެތިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ޚިދުމަތުގެ ސަބަބުން ސޮފްޓްވެއަރ ޑިވެލޮޕަރުންނާއި، ކުރެހުންތެރިންނާއި، ކޮންޓެންޓް ކްރިއޭޓަރުންނަށް އެމީހުންގެ އުފެއްދުންތައް މުޅި ދުނިޔެއަށް ވިއްކައި، ފަސޭހަކަމާއެކު ރާއްޖެއަށް ފައިސާ ގެނައުމުގެ މަގު ތަނަވަސްވެގެންދާނެއެވެ. ސަރުކާރުން ހާމަކުރެއްވި ގޮތުގައި، މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ބޭރު ފައިސާ ވަންނަ މިންވަރު އިތުރުވެ، ރާއްޖޭގެ އީ-ކޮމާރސް ދާއިރާ އާ ހަރުފަތަކަށް ވާސިލްވާނެއެވެ.

އުރީދޫ މޯލްޑިވްސް އާއި ޕޭޕަލް ގުޅިގެން މި ޚިދުމަތް ފެށުމަކީ ރާއްޖޭގެ ކުޑަ މާކެޓާއި ޖޯގްރަފީ ގޮންޖެހުންތަކުން އަރައިގަނެ، ދުނިޔޭގެ ޑިޖިޓަލް އިޤްތިޞާދުގައި ދިވެހިންނަށް ފައިތިލަ ސާބިތުކުރުމަށް ލިބުނު ރަން ފުރުޞަތެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ހުރިހާ ޚިދުމަތްތަކެއް ފުރިހަމައަށް ލިބޭނެ ޒަމާނީ ފެންވަރުގެ މަރުކަޒަކަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ޚަބަރު 19 Aug 2026
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭގައި ޒަމާނީ ފެންވަރުގެ "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" އެޅުމުގެ މަޝްރޫޢު ފެށުމަށްޓަކައި، މިހާރުގެ ލޯކަލް މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކަށް ވަގުތީ އިންތިޒާމުތަކެއް ހަމަޖައްސައި އެއްމަސް ދުވަހުގެ ތެރޭގައި އެ ބިން ހުސްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ފަށައިފިއެވެ.
ޚަބަރު 19 Aug 2026
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުމާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް، ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ޚަބަރު 19 Aug 2026
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީ އަދި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން، އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރ އާއި ޙަވާލުކޮށްގެން ނިންމާފައިވާ މަސައްކަތެކެވެ.
ޚަބަރު 18 Aug 2026