ބެންކޮކްގައި ކުރިއަށްދާ ކޮމިޓީ އޮން އެންވަޔަރަންމަންޓް އެންޑް ޑިވެލޮޕްމަންޓްގެ ނުވަވަނަ ސެޝަންގައި މިނިސްޓަރ އަލީ ޝަރީފް ތަޤުރީރު ކުރައްވައިފި

ހ ހުސައިން އިސްމާއިލް
ޚަބަރު 02 Jul 2026

ތައިލެންޑުގެ ބެންކޮކްގައި ކުރިއަށްދާ ކޮމިޓީ އޮން އެންވަޔަރަންމަންޓް އެންޑް ޑިވެލޮޕްމަންޓްގެ ނުވަވަނަ ސެޝަންގެ ހަވާސާގައި ބޭއްވި "ބިޒްނަސް އެންޑް ބަޔޯޑައިވަރސިޓީ: ރީއިމޭޖިނިންގ ހިއުމަން-ނޭޗަރ ރިލޭޝަންޝިޕްސް އިން އޭޝިއާ އެންޑް ދަ ޕެސިފިކް" އިވެންޓުގައި މިނިސްޓަރ އަލީ ޝަރީފް ބައިވެރިވެވަޑައިގެން ތަޤުރީރު ކުރައްވައިފިއެވެ. ޔޫކޭ އަދި ޔޫއެންޑީޕީ ގުޅިގެން އިންތިޒާމުކުރި މި ހަރަކާތުގައި މިނިސްޓަރ ވަނީ ދިވެހިރާއްޖޭގެ ތިމާވެށީގެ ހާލަތާއި އިޤްތިޞާދާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މިނިސްޓަރ އަލީ ޝަރީފްގެ ތަޤުރީރުގައި ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ ދިރުންތަކުގެ މުއްސަނދިކަން ނުވަތަ ބަޔޯޑައިވަރސިޓީއަކީ ރާއްޖޭގެ އިޤްތިޞާދާއި، ސަގާފަތް އަދި ދިވެހިންގެ ދިރިއުޅުމުގެ އަސާސެވެ. ވަކިން ހާއްސަކޮށް ދެމެހެއްޓެނިވި މަސްވެރިކަމާއި، އިކޯ-ޓޫރިޒަމް އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހުރި ފުރުސަތުތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ނަމަވެސް، މިންވަރަށްވުރެ އިތުރަށް މަސްވެރިކަން ކުރުމާއި، ގާ ހުދުވުމުގެ މައްސަލަތަކުގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ފަރުތަކަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެށި ނާޒުކު ފައްތަރެއްގައިވާ ކަމުގެ އިންޒާރު މިނިސްޓަރ ދެއްވިއެވެ. މިނިސްޓަރ ބަޔާންކުރެއްވި ގޮތުގައި، މިހާރުގެ ތަރައްޤީގެ ބޭނުންތަކާއި ދިގު މުއްދަތުގެ ދެމެހެއްޓެނިވި އަމާޒުތަކާ ދެމެދު ހަމަހަމަކަން ގާއިމުކުރުމަށްޓަކައި، ވަރުގަދަ ބައިނަލްއަޤްވާމީ ޕާޓްނަރޝިޕްތަކާއި، މެދުނުކެނޑި ލިބޭ އެހީތެރިކަން އަދި އެކުލަވާލެވިފައިވާ ސިޔާސަތުތަކެއް ބޭނުންވެއެވެ.

ތަޤުރީރު ނިންމަވާލައްވަމުން މިނިސްޓަރ ވިދާޅުވީ، "ޤުދުރަތީ ތިމާވެއްޓާއެކު އޮންނަ ގުޅުމަކީ ބުރައެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އެއީ ތަނަވަސްކަމާއި ކުރިއެރުމަށް އޮތް އެންމެ ބޮޑު ފުރުސަތު ކަމުގައި ބަލައި، އެ ގުޅުން އައު ގޮތަކަށް ބައްޓަންކުރުމަށް ހުރިހާ ބައިވެރިންނާއެކު މަސައްކަތް ކުރުމަށް ދިވެހިރާއްޖެ އޮތީ ތައްޔާރަށް" ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އަންހެނުންނަކީ ޤައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވައި، ޤައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަމަށް މަގުތައް ތަނަވަސްވެ ފުރުޞަތުތައް ފަހިވާނެ މި ފަދަ ޕްރޮގްރާމުތައް ހިންގެންވާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
އަދި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މިހާދިސާގައި އަސަރުކޮށްފައި ނުވެއެވެ.
ޚަބަރު 27 Aug 2026
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
ޝަރީޢާ ހުއްދަ ބޭންކިން ޚިދުމަތްތައް ރަށަށް ތަޢާރަފްވުމުން، ވިޔަފާރިވެރިންނާއި މަސްވެރިންގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް، އަދި ޢާންމު ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިން ހޯދައި ވިޔަފާރި ފުޅާ ކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
މިނިސްޓަރ ޒަރީރު މިހެން ވިދާޅުވީ ރާއްޖޭގައި އެމް.އައި.ބީ.އިން ބެހެއްޓި 62 ވަނަ އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވާ އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޚަބަރު 27 Aug 2026