އެމެރިކާގެ ރައީސް ޖޯ ބައިޑެން - ފޮޓޯ: ސީއެންއެން
އެމެރިކާގެ ރައީސް ޖޯ ބައިޑެން - ފޮޓޯ: ސީއެންއެން

ރިޔާސީ ރޭހުގައި ވާދަ ނުކުރައްވަން ބައިޑަން ނިންމަވައިފި

ހ ހަޅަ
ދުނިޔެ 22 Jul 2024

 ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވަން އެމެރިކާގެ ރައީސް ޖޯ ބައިޑެން ނިންމަވައިފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ގައި ވާދަ ނުކުރައްވާނެ ކަން އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއުލާނު ކުރައްވައިފި އެވެ. މިކަން ހާމަކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. 

  އުމުރުފުޅުން 81 އަހަރުގެ ބައިޑެންގެ މި ނިންމެވުން ހާމަކުރެއްވެވީ އެމަނިކުފާނު ސޮއިކުރައްވާ އާންމު ކުރެއްވި ސްޓޭޓްމަންޓެއްގަ އެވެ. ބައިޑެން ވިދާޅުވީ ރިޔާސީ ދެވަނަ ދައުރަކަަށް ކުރިމަތިލެއްވުމަަށް ނިންމަވާ ކުރެއްވެވި މަސައްކަތްޕުޅު ހުއްޓަވާލައްވާ ދެވަނަ ދައުރަކަށް ވާދަ ނުކުރައްވަން ނިންމަވާފައިވާ ކަމަަށެވެ.

އެމަނިކުފާނުގެ ރިޔާސީ މި ދައުރަކީ އެމެރިކާއަށް ކާމިޔާބު އަދި ފާގަތި ފަސް އަހަރު ކަމަށް ވިދާޅުވެ މިވަގުތުގެ ހުރިހާ ވެސް އަމާޒަކީ ވެރިކަމުގެ ދައުރު ފުރިހަމަ ގޮތުގައި ނިންމަވާލެއްވުން ކަމަށް ވެސް ބައިޑަން ވަނީ ވިދާޅުވެފައެވެ. ބައިޑަންގެ މި ނިންމެވުން މި އައީ އުމުރުފުޅުގެ ދޮށިފުޅުކަމާ ސިއްހީ ހާލަތުގެ ސަބަބުން ވެރިކަމުގެ އިތުރު ދައުރެއް އަދާ ނުކުރެއްވޭނެ ކަމާއި މިހާރު ވެސް މަގާމުގެ މަސްއޫލިއްޔަތު އުފުއްލެވުމުގެ ގާބިލުކަން އެމަނިކުފާނުގެ ނެތް ކަމަށް އެމެރިކާގެ ގިނަ ރައްޔިތުން ގަބޫލު ކުރާ ދަނޑިވަޅެއްގަ އެވެ.  

ރިޔާސީ ރޭހުން ފަހަތަށް ޖެހިވަޑައިގެން އެހެން ބޭފުޅަކަަށް ފުރުސަތު ދެއްވުމަށް ޑިމޮކްރެޓިކް ޕާޓީގެ ލީޑާޝިޕުންނާއި އާންމު މެންބަރުން އަދި ސަޕޯޓަރުން އަންނަނީ ގޮވާލަމުންނެވެ. އަދި ނިމިދިޔަ ރިޔާސީ ބަހުސުން ލިބިވަޑަައިގެން ދަށް ނަތީޖާއާއެކު ބައިޑެންއާއެކު ޑިމޮކްރެޓިކުންނަށް ވެރިކަން ގެއްލޭނެކަން ކަށަވަރުވެ އެކަން އެގޮތަށް ކުރަން ނިންމެވިއެވެ. 

ނަމަވެސް އެ އަޑުތަކަށް ބައިޑެން ފުރަތަމަ ދެއްވެވީ ބީރުކަންފަތްޕުޅެކެވެ. އަދި ޗެލެންޖު ކުރައްވާ ވިދާޅުވީ އެމަނިކުފާނު މުޅީން ރަނގަޅު ކަމަށާ ހުންނެވީ ވެރިކަން ކުރެއްވޭނެ ފަދަ ގަދަފަދަ ސިއްހަތެއްގައި ކަމަށެވެ. ރިޔާސީ ބަހުސުން ބޭނުންފުޅުވީ މަންޒަރު ފެނިވަޑައިނުގަތީ އާލާސްކަންފުޅާއި ވަރުބަލިފުޅު ވެފައި ހުންނެވުމުން ކަމަަށް އޭނާ ވިދާޅުވެފައިވެއެވެ.

އަދި ބައިޑަން އެކަން ސާބިތުކޮށްދިނުމަށް މަސައްކަތް ފައްޓަވާފައިވަނިކޮށް އާލަސްކަންފުޅު ޖެހިވަޑައިގަނެ މުޅި ކެމްޕެއިން މެދުކަނޑާލިއެވެ. 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026
ޤައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ ސައްތަ އިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން - ރައީސް
ޤައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ ސައްތަ އިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން - ރައީސް
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ޙަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމަކީ ދަރީންނަށް ފޯރުވައިދޭންޖެހޭ މުހިންމު ޙަޤީޤަތްތަކެއް ކަމަށެވެ. އިސްލާމީ ޝަރީޢަތުގެ މައިގަނޑު ފަސް މަޤުޞަދުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ޙަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމުގެ ސަބަބުން ދިވެހި މުޖުތަމަޢަކީ އަމާން، އިތުބާރު ބޮޑު މުޖުތަމަޢަކަށް ބަދަލުވެގެންދިޔަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޚަބަރު 12 Sep 2026
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަޑައިގަތުމުގެ މި ދަޢުވަތު އަރުވާފައިވަނީ، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ޚަބަރު 11 Sep 2026