ކޭސްވޯކަރއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވާލައިފި

ކޭސްވޯކަރއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވާލައިފި

ހ ހަޅަ
ޚަބަރު 02 Sep 2024

ނެޝަނަލް ކެރިއަރ ސަރވިސް (އެންސީއެސް)ގައި، ކޭސްވޯކަރއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ހުޅުވާލި ފުރުސަތުގައި މަސައްކަތް ކުރަންޖެހޭނީ ހުޅުމާލެ، އައްޑޫ ސިޓީ ހިތަދޫ އަދި ހދ.ކުޅުދުއްފުށި ސިޓީގައެވެ. މިގޮތުން ހުޅުމާލޭގައި މަސައްކަތްކުރުމުގެ 3 ފުރުސަތު، އައްޑޫ ސިޓީ ހިތަދޫގައި މަސައްކަތްކުރުމުގެ 1 ފުރުސަތު އަދި ހދ.ކުޅުދުއްފުށީގައި މަސައްކަތްކުރުމުގެ 1 ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މިއީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ، ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސެސް (ސެއިލްސް) ޕްރޮޖެކްޓްގެ ކޭސްވޯކަރއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ހުޅުވާލާފައިވާ ފުރުސަތެކެވެ.

މި ޕްރޮޖެކްޓްކީ ވަޒީފާގެ މައިދާނުގައި ގިނަ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހިކޮއްދިނުމާއި،ވަޒީފާ ހޯދުމުގައި ދިމާވާ ގޮންޖެހުންތަށް ހައްލު ކޮއްދިނުމަށް އަމާޒުކޮށް، ވޯލްޑެ ބެންކްގެ ޚަރަދުގައި ހިންގާ ޕްރޮޖެކްޓެކެވެ.

ސެއިލްސް ޕްރޮޖެކްޓްގައި 'ކޭސްވޯކަރ'އެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވައިލެވިފައިވާއިރު، މި މަސައްކަތުގެ މުއްދަތަކީ 1 އަހަރުދުވަހެވެ. މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ފުރުތަމަ 3 މަސްދުވަސް (ޕްރޮބޭޝަން)ގައި މަސައްކަތުގެ ފެންވަރަށް ބަލައި، އެއްބަސްވުން އައުކުރެވިގެންދާނެއެވެ. މި އެއްބަސްވުން ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ސެޕްޓެމްބަރ މަހުގައެވެ.

މި ޕްރޮޖެކްޓްގައި ކޭސްވޯކަރ އެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ޝަރުރުތަކުގެ ތެރޭގައި، ހިއުމަން ރިސޯސް، ކަސްޓަމަރ ކެއަރ، ޕަބްލިކް ރިލޭޝަންސް، ސޯޝަލް ވޯކް ނުވަތަ އެއާއި ގުޅުން ހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާޞިލުކޮއްފައިވުން، ގުޅުން ހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، އިދާރީ މަސައްކަތްތަށް ކުރުމަށް، އެކްސެލް ފަދަ ކޮންޕިއުޓަރުގެ އެކި ޕްރޮގްރާމްތަކަށް އަހުލުވެރި ފަރާތެއްކަމުގައިވުން، ވަޒީފާގެ މައިދާނުގައި ޒުވާނުންނަށް ދިމާވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޢުލުމާތު މުއްސަނދި ފަރާތެއްކަމުގައިވުން، ޕްރޮޖެކްޓްގެ ޓީމާއި ގުޅިގެން މަސައްކަތްކުރުމަގެ ޤާބިލްކަން ހުރި ފަރާތެއްކަމުގައިވުމުގެ އިތުރުން ދިވެހިބަސް އަދި އިނގެރޭސި ބަހަށް ފަރިތަ ފަރާތެއް ކަމުގައިވުން ހިމެނެއެވެ.

މި މަސައްކަތުގައި ޢަދާކުރަންޖެހޭ ޒިންމާތަކާއި ގުޅޭ އިތުރު މަޢުލުމާތު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ފަރާތުން ގެޒެޓް ކޮއްފައިވާ އިޢުލާނުގައިވާ ޓާރމްސް އޮފް އިންޓެރެސްގައި ބަޔާންކޮއްފައިވާނެއެވެ.

ކޭސްވޯކަރއެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ޝައުގެވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް،'އެކްސްޕްރެޝަން އޮފް އިންޓްރެސްޓް'، ކަވަރ ލެޓަރ، ތަޢުލީމީ ސެޓްފިކެޓްތަށް އަދި އިތުރު ލިޔެކިޔުންތަށް، sails@mohe.gov.mv އަށް އީ-މެއިލް ކުރައްވައިގެން ހުށަހެޅޭނެއެވެ.

މި މަސައްކަތަށް ހުށަހެޅުމުގެ ސުންގަނޑިއަކީ 08 ސެޕްޓެންބަރު ވާ ބުދަ އާދިއްތަ ދުވަހުގެ 14:00 އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޕޮލެންޑުގެ ބޯޑަރު ކައިރިއަށް ރަޝިޔާއިން ވަރުގަދަ ހަމަލާއެއްދީ ހަނގުރާމަ އިތުރަށް ވަރުގަދަކޮށްފި
ޕޮލެންޑުގެ ބޯޑަރު ކައިރިއަށް ރަޝިޔާއިން ވަރުގަދަ ހަމަލާއެއްދީ ހަނގުރާމަ އިތުރަށް ވަރުގަދަކޮށްފި
ޔޫކްރެއިނާއި ޕޮލެންޑް ގުޅޭ ބޯޑަރު ކައިރިއަށް ރަޝިޔާއިން އާދީއްތަ ދުވަހު ދިން ވަރުގަދަ ހަމަލާއަކާ ގުޅިގެން، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ނުތަނަވަސްކަން އިތުރަށް ބޮޑުވެގެން ހިނގައްޖެއެވެ.
ދުނިޔެ 13 Sep 2026
ހޮރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން އިތުރުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުރައްކާ ކުރިމަތިވެއްޖެ
ހޮރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން އިތުރުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުރައްކާ ކުރިމަތިވެއްޖެ
ދުނިޔޭގެ ވިޔަފާރީގެ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅީގައި ވިޔަފާރި އުޅަނދަކަށް ދިން ހަމަލާއަކާ ގުޅިގެން، އެ ސަރަޙައްދުގެ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެއްޖެއެވެ.
ދުނިޔެ 13 Sep 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި
މިއީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ޒުވާން ޚަޠީބުންގެ ބައިވެރިވުމާއެކު ބާއްވާ ޚާއްސަ މަހާސިންތާއެކެވެ.
ޚަބަރު 13 Sep 2026
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ގާތްގަނޑަކަށް 10،000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނޭ ގޮތަށް ޤާއިމްކުރާ މި ބިނާގައި ނަމާދު ކުރާނެ ތަނަވަސް ސަރަޙައްދު ހިމެނޭހެން އިސްލާމީ ތަޢުލީމާއި، ޘަޤާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ވަނީ ފަރުމާކޮށްފައެވެ.
ޚަބަރު 13 Sep 2026