ޕޭޕަލްގެ ޚިދުމަތާއެކު ދިވެހިންނަށް ބައިނަލްއަޤްވާމީ ޑިޖިޓަލް އިޤްތިޞާދުގައި ފުޅާ ދާއިރާއެއްގައި ބައިވެރިވެވޭނެ: މިނިސްޓަރު ސައީދު

އ އައިމިނަތުު މުޙައްމަދު
ޚަބަރު 15 Jun 2026

ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްވެގެން ދިއުމަކީ ބައިނަލްއަޤްވާމީ ޑިޖިޓަލް އިޤްތިޞާދުގައި ދިވެހިންގެ ދައުރު ފުޅާވެގެންދާނެ ކަމެއް ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ އޫރީދޫ މޯލްޑިވްސްއިން ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ސައީދު ފާހަގަކުރެއްވި ގޮތުގައި، މި ފަސޭހަ ނިޒާމުގެ ސަބަބުން ޑިޖިޓަލް އިޤްތިޞާދުގައި ބައިވެރިވުމަށް ހުރި ބޮޑެތި ހުރަސްތައް ނެތިގެންދާނެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 17 ނޮވެމްބަރު 2023 ގައި މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ފެއްޓެވި މަސައްކަތްތަކުގެ ނަތީޖާކަން އޭނާ ފާހަގަކުރެއްވިއެވެ. ވަރުގަދަ ލީޑަޝިޕެއް އޮތްނަމަ، ރާއްޖެއަކީ ކިތަންމެ ކުޑަ މާކެޓެއް ނަމަވެސް ނުވަތަ ޖަޒީރާ ޤައުމަކަށް ވީނަމަވެސް، ދުނިޔޭގެ ކުރިއެރުންތަކުން ފަހަތަށް ނުޖެހި ކުރިއަށް ދެވޭނެކަން މިއަދު ސާބިތުވެއްޖެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ އިރުޝާދުގެ ދަށުން، ޤާނޫނީ އިމުގެ ތެރެއިން ރާއްޖޭގެ މާލީ ނިޒާމު ޒަމާނީ ކުރުމުގެ މަޤްޞަދަކީ، ޚާއްޞަކޮށް ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވައި، ދިވެހި އުފެއްދުންތެރިކަން މުޅި ދުނިޔެއަށް ފުޅާކުރުމަށް ހުރި ހުރަސްތައް ނައްތާލުން ކަމަށް ސައީދު ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުން އަބަދުވެސް ޕޭޕަލް ދެކެމުން އައީ ޑިޖިޓަލް މުޢާމަލާތްތަކުގެ އެންމެ ފުރިހަމަ ނަމޫނާގެ ގޮތުގައި. ދުނިޔޭގެ މާކެޓް ހިއްސާގެ ބޮޑުބައެއް އޮތް މި ނިޒާމަކީ ދިވެހިންނަށް އެންމެ ބޭނުންވެފައި އޮތް ޚިދުމަތް،" މިނިސްޓަރު ވިދާޅުވިއެވެ. ބައިނަލްއަޤްވާމީ މާލީ މަންސަތައް ރާއްޖެއަށް ގެނައުމަކީ ރައީސްގެ މެނިފެސްޓޯގެ މުހިންމު ވަޢުދެއް ނަމަވެސް، މިކަމަށް ހުރި ހުރަސްތައް ނައްތާލުމަކީ ބޮޑު ގޮންޖެހުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މިގޮތުން މަސައްކަތުގެ ފުރަތަމަ ހަ މަސްދުވަހު އެދެވޭ ނަތީޖާއެއް ނުފެނުމުން، ސްޓްރެޓެޖީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހުނު ކަމަށްވެސް ވިދާޅުވިއެވެ.

ބައި ބިލިއަނާ ގާތްކުރާ އަދަދަކަށް އެކްޓިވް އެކައުންޓް ގެންގުޅޭ ޕޭޕަލް ފަދަ ބޮޑު ވިއުގައެއް، ވަގުތީ ހައްލުތަކަކަށް ބަލައިގެން މާކެޓަކަށް ނުވަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން މަސައްކަތް ކުރީ ޤާނޫނީ ހުރަސްތައް ނައްތާލައި، ބައިނަލްއަޤްވާމީ ފެންވަރުގެ އިތުބާރު ހުރި ވަރުގަދަ އޮނިގަނޑެއް ބިނާކުރުމަށެވެ. މި ބިންގަލުގެ މަތީގައި ޕޭޕަލްއިން ރާއްޖޭގައި ޚިދުމަތް ދިނުމަށް އިސްތިރާޖީ ބައިވެރިއެއްގެ ގޮތުގައި އޫރީދޫ މޯލްޑިވްސް އިޚްތިޔާރުކޮށްފައިވާކަން މިނިސްޓަރު އިޢުލާން ކުރެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ހުރިހާ ޚިދުމަތްތަކެއް ފުރިހަމައަށް ލިބޭނެ ޒަމާނީ ފެންވަރުގެ މަރުކަޒަކަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ޚަބަރު 19 Aug 2026
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭގައި ޒަމާނީ ފެންވަރުގެ "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" އެޅުމުގެ މަޝްރޫޢު ފެށުމަށްޓަކައި، މިހާރުގެ ލޯކަލް މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކަށް ވަގުތީ އިންތިޒާމުތަކެއް ހަމަޖައްސައި އެއްމަސް ދުވަހުގެ ތެރޭގައި އެ ބިން ހުސްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ފަށައިފިއެވެ.
ޚަބަރު 19 Aug 2026
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުމާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް، ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ޚަބަރު 19 Aug 2026
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީ އަދި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން، އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރ އާއި ޙަވާލުކޮށްގެން ނިންމާފައިވާ މަސައްކަތެކެވެ.
ޚަބަރު 18 Aug 2026