ޢުމްރާނީ ތަރައްޤީގައި ވިލުންތެރިކަން އިސްކުރުމަކީ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކޮށްދޭ މައިގަނޑު އަސާސެއް - ރައީސް

ޢުމްރާނީ ތަރައްޤީގައި ވިލުންތެރިކަން އިސްކުރުމަކީ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކޮށްދޭ މައިގަނޑު އަސާސެއް - ރައީސް

ހ ހަޅަ
ޚަބަރު 22 Sep 2024

ޢުމްރާނީ ތަރައްޤީގައި ވިލުންތެރިކަން އިސްކުރުމަކީ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކޮށްދޭ މައިގަނޑު އަސާސެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ބިލްޑިންގް ޕްރޮޑަކްޓިވް ކެޕޭސިޓީސް އިން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ގެ ނަމުގައި އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވި ޙަރަކާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި މޭރުމުން ރައީސް ދެއްކެވި ވާހަކަފުޅުގައި، އެންމެންގެ ބައިވެރިވުން އޮންނަ، ދުރު ރާސްތާގެ އިޤްތިޞާދީ ކުރިއެރުމެއް ޙާޞިލުކުރުމަށްޓަކައި އުފެއްދުންތެރިކަން އިތުރުކޮށް، ޤާބިލުކަން އިތުރުކުރުމުގެ ބޭނުންތެރިކަމުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.

ރައީސްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ކުޑަ އާމުދަނީއެއް ލިބޭ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮއްވައި، މެދުމިނުގެ އާމްދަނީ ލިބޭ ޤައުމަކަށް ރާއްޖެ ބަދަލުވުމަށް އެންމެބޮޑު ބާރެއްލިބުނީ ރާއްޖޭގައި ފަތުރުވެރިކަމުގެ ޞިނާޢަތް ކުރިއަރައި ދިއުމުންކަން ފާހަގަކުރެއްވިއެވެ. އަދި މެދުމިނުގެ އާމުދަނީގެ މަރުޙަލާ ކަޑަައްތުކޮށް ޤައުމުގެ ތިޔާގިކަން އިތުރުކުރުމުގައި މިހާރު ހުރި ގޮންޖެހުންތަކުގެ މައްޗަށްވެސް ބައްލަވައިލެއްވިއެވެ. އަދި އުފެއްދުންތެރިކަމާ، މާލީ ޤާބިލުކަން އިތުރުކޮށް، އިޤްތިޞާދު ސިންދަފާތުކުރުމަށް، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން މިކުރާ މަސައްކަތްތަކަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެންޓީގާ އެންޑް ބާބިޔުޑާ އެޖެންޑާ ފޮރ ސިޑްސްގައި އެކަށައެޅި 10 އަހަރުގެ މަގުޗާޓުގެ ލަނޑުދަނޑިތައް ޙާސިލްކުރުމަށް ބޭނުންކުރެވިދާނެ މައިގަނޑު ތިން އިސްތިރާޖެއް ހުށަހެޅުއްވިއެވެ.

އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ؛ ފަންނިއްޔާތު ކުރިއެރުވުމެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ މާރުކޭޓާއެކު ކުރާ މުޢާމަލާތް ފުޅާކުރުމަށްޓަކައި، ބައިނަލްއަޤްވާމީ ޕޭމަންޓް ގޭޓްވޭއަށް މަގުފަހިކޮށްދެއްވާނެކަން ތަކުރާރު ކުރައްވާފައެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ؛ ޢުމްރާނީ ތަރައްޤީގައި ވިލުންތެެރިކަމަށް އިސްކަންދިނުމުގެ މުހިންމުކަމެވެ. މިގޮތުން ބައިނަލްއަޤުވާމީ ސަޕްލައި ޗެއިންތަކަށް މަގުފަހިކޮށް އައު އިންވެސްޓްމަންޓްތައް ޤައުމަށް ހޯދައިދިނުމަށްޓަކައި، ދަތުރުފަތުރާއި ހަކަތައާއި ޑިޖިޓަލް ގުޅުންތަކަށް ބޭނުންވާ އަސާސީ ވަސީލަތްތައް ޤާއިމުކުރަންވާނީ މި ޒަމާނުގެ ތަރައްޤީއާ ފައިހަމަވާނޭގޮތަށް ކަމުގައި ވިދާޅުވިއެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ؛ ހަޤީޤީ ޙާލަތުގެ މައްޗަށް ރިޢާޔަތްކޮށް ސިޔާސަތު ކަނޑައެޅުމުގެ މުހިންމުކަމެވެ. މިގޮތުން އދ. ގެ ވިޔަފާރިއާ ތަރައްޤީއާ ބެހޭ ޖަމްޢިއްޔާ 'އަންކްޓެޑުން' ވަޒަންކުރަމުން ގެންދާ 'ދަ ޕްރޮޑަކްޓިވް ކެޕޭސިޓީސް އިންޑެކްސް'ގެ ބޭނުންތެރިކަމާއި، ޢިލްމީ ނިންމުންތަކާއި ދިރާސާތަކުގެ އަލީގައި އިޤްތިޞާދަށް އިޞްލާޙީ ބަދަލުތައް ގެނައުމަށްޓަކައި މަސައްކަތްކުރާ ޤައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިއްމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ، ރާއްޖެއަށް ޚާއްޞަ ޕޮލިސީ އިންޓަރވެންޝަންތައް ދެނެގަތުމުގައި ރާއްޖެއާއެކު މަސައްކަތްކޮށްދެއްވުމަށް، 'އަންކްޓެޑާއި' އެ ނޫންވެސް މިކަމާ ގުޅުންހުރި އދ. ގެ އިދާރާތަކަށާއި ޖަމާޢަތްތަކަށް ދަޢުވަތު ދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވައިލެއްވީ، އީޖާދީކަންކަމަށް މަގުފަހިކޮށްދޭނެ، އަދި އުފެއްދުންތެރިކަމުގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުން ހިފޭނެ، ހަރުދަނާ ހުށަހެޅުންތަކެއް ހުށަހަޅުއްވައި ދެއްވުމަށް މި ޙަރަކާތުގެ އެންމެހާ ޕެނަލިސްޓުންގެ ކިބައިން އެދިވަޑައިގަންނަވަމުންނެވެ.

މި ޙަރަކާތަކީ، ޔުނައިޓަޑް ނޭޝަންސް ކޮންފަރަންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓެޑް) އާއި ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނަޑީންސް އަދި ދިވެހިރާއްޖެއިން ގުޅިގެން ބާއްވާ ޙަރަކާތެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޕޮލެންޑުގެ ބޯޑަރު ކައިރިއަށް ރަޝިޔާއިން ވަރުގަދަ ހަމަލާއެއްދީ ހަނގުރާމަ އިތުރަށް ވަރުގަދަކޮށްފި
ޕޮލެންޑުގެ ބޯޑަރު ކައިރިއަށް ރަޝިޔާއިން ވަރުގަދަ ހަމަލާއެއްދީ ހަނގުރާމަ އިތުރަށް ވަރުގަދަކޮށްފި
ޔޫކްރެއިނާއި ޕޮލެންޑް ގުޅޭ ބޯޑަރު ކައިރިއަށް ރަޝިޔާއިން އާދީއްތަ ދުވަހު ދިން ވަރުގަދަ ހަމަލާއަކާ ގުޅިގެން، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ނުތަނަވަސްކަން އިތުރަށް ބޮޑުވެގެން ހިނގައްޖެއެވެ.
ދުނިޔެ 13 Sep 2026
ހޮރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން އިތުރުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުރައްކާ ކުރިމަތިވެއްޖެ
ހޮރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން އިތުރުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުރައްކާ ކުރިމަތިވެއްޖެ
ދުނިޔޭގެ ވިޔަފާރީގެ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅީގައި ވިޔަފާރި އުޅަނދަކަށް ދިން ހަމަލާއަކާ ގުޅިގެން، އެ ސަރަޙައްދުގެ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެއްޖެއެވެ.
ދުނިޔެ 13 Sep 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި
މިއީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ޒުވާން ޚަޠީބުންގެ ބައިވެރިވުމާއެކު ބާއްވާ ޚާއްސަ މަހާސިންތާއެކެވެ.
ޚަބަރު 13 Sep 2026
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ގާތްގަނޑަކަށް 10،000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނޭ ގޮތަށް ޤާއިމްކުރާ މި ބިނާގައި ނަމާދު ކުރާނެ ތަނަވަސް ސަރަޙައްދު ހިމެނޭހެން އިސްލާމީ ތަޢުލީމާއި، ޘަޤާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ވަނީ ފަރުމާކޮށްފައެވެ.
ޚަބަރު 13 Sep 2026