މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އާރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްތަލިބު
މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އާރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްތަލިބު

މާލޭގެ ތަރައްޤީއަށްޓަކައި މުޢާމަލާތްތައް ރަސްމީ އުޞޫލުން ކުރިއަށް ގެންދިއުމަށް މިނިސްޓަރު މުއްތަލިބު އިސްކަންދެއްވައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 17 Jun 2026

މާލެ ސިޓީގެ ތަރައްޤީއަށްޓަކައި ހިންގޭ މަޝްރޫޢުތަކާއި ކުރެވޭ މަސައްކަތްތަކުގައި ދެފުށް ފެންނަ، ހަރުދަނާ ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން، މާލެ ސިޓީ ކައުންސިލާއެކު ކުރެވޭ ހުރިހާ މުޢާމަލާތްތަކެއް ލިޔެކިޔުމުން ކުރިއަށް ގެންދިއުމަށް މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އާރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްތަލިބު ނިންމަވައިފިއެވެ.

މި ނިންމެވުމާ ގުޅޭގޮތުން މިނިސްޓަރު މުއްތަލިބު، މާލޭގެ މޭޔަރު އާދަމް އާޒިމަށް ފޮނުއްވި ސިޓީއެއްގައި ބަޔާންކުރައްވާފައިވަނީ، މީގެ ކުރިން އަނގަބަހުން ކުރެވުނު ބައެއް މުޢާމަލާތްތަކުގެ ޙަޤީޤަތް އޮޅޭގޮތަށް އެކި މަންސަތަކުގައި މޭޔަރު ވާހަކަދައްކަވަމުންދާ ކަމަށެވެ. އަދި ސަރުކާރުން މާލޭގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތަކުގައި މޭޔަރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބެމުން ނުދާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިދިޔަ އާދިއްތަ ދުވަހު މޭޔަރު އާޒިމާއި ކައުންސިލަރުން ވަނީ މިނިސްޓަރު މުއްތަލިބާ ބައްދަލުކުރުމަށް ދަރުބާރުގެއަށް ވަޑައިގެންފައެވެ. އެ ވަގުތު މިނިސްޓަރު ރަސްމީ ބުރަ މަސައްކަތްތަކެއްގައި އުޅުއްވާތީ، މި ހަފުތާގެ ތެރޭގައި ބައްދަލުވުމެއް ހަމަޖައްސަވައިދެއްވާނެކަން މިނިސްޓްރީން އޮތީ އަންގާފައެވެ. ނަމަވެސް، ކަންކަމުގެ ރަސްމީ ހައިސިއްޔަތު ހިފެހެއްޓުމަށާއި މަޞްލަހަތަށްޓަކައި، ދެން ހުރިހާ ކަމެއްވެސް ލިޔެކިޔުމުން ކުރިއަށް ގެންދިއުމަކީ އެންމެ އެދެވޭ ގޮތް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން މިއަދު ބޭއްވި ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި މޭޔަރު އާޒިމް ވަނީ މިނިސްޓަރުގެ މި ނިންމެވުމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މޭޔަރު ވިދާޅުވީ، މިހާތަނަށް މިނިސްޓަރު މުއްތަލިބާއެކު އެއްވެސް ރަސްމީ ބައްދަލުވުމެއް ބޭއްވިފައި ނުވާ ކަމަށާއި، އަނގަބަހުންވެސް އެއްވެސް މުޢާމަލާތެއް ކުރެވިފައި ނުވާ ކަމަށެވެ. އަދި މިނިސްޓްރީއަށް ފޮނުވާ ސިޓީތަކަށް ޖަވާބު ނުލިބޭ ކަމަށްވެސް އާޒިމް ތުހުމަތުކުރެއްވިއެވެ.

ސަރުކާރުގެ އަމާޒަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމެވެ. އެހެންކަމުން، މާލެ ސިޓީ ކައުންސިލުން ބޭނުންވާ ކަންކަމާއި ހުރި މައްސަލަތައް ރަސްމީ ލިޔެކިޔުމުން ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. މިއީ މަސައްކަތްތައް ހަލުވިކޮށް، ޒިންމާދާރުކަމާއެކު ކުރިއަށް ގެންދިއުމަށް އެޅުނު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ވެސް ވަނީ މީގެ ކުރިން މިނިސްޓަރާ ކުރެއްވި ސުވާލުތަކަށް ޖަވާބު ނުލިބޭ ކަމުގެ ޝަކުވާ ކުރައްވާފައެވެ. ނަމަވެސް، ސަރުކާރުން ދަނީ ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ކަންކަން ތަރުތީބު ކުރަމުންނެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ހުރިހާ ޚިދުމަތްތަކެއް ފުރިހަމައަށް ލިބޭނެ ޒަމާނީ ފެންވަރުގެ މަރުކަޒަކަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ޚަބަރު 19 Aug 2026
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭގައި ޒަމާނީ ފެންވަރުގެ "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" އެޅުމުގެ މަޝްރޫޢު ފެށުމަށްޓަކައި، މިހާރުގެ ލޯކަލް މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކަށް ވަގުތީ އިންތިޒާމުތަކެއް ހަމަޖައްސައި އެއްމަސް ދުވަހުގެ ތެރޭގައި އެ ބިން ހުސްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ފަށައިފިއެވެ.
ޚަބަރު 19 Aug 2026
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުމާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް، ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ޚަބަރު 19 Aug 2026
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީ އަދި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން، އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރ އާއި ޙަވާލުކޮށްގެން ނިންމާފައިވާ މަސައްކަތެކެވެ.
ޚަބަރު 18 Aug 2026