ބ. އަތޮޅު ބަޔޯސްފިއަރ އޭޝިއާ ސަރަޙައްދީ ކޮންޒަވޭޝަން ފޯރަމްގައި ބައިވެރިވެއްޖެ

ބ. އަތޮޅު ބަޔޯސްފިއަރ އޭޝިއާ ސަރަޙައްދީ ކޮންޒަވޭޝަން ފޯރަމްގައި ބައިވެރިވެއްޖެ

ހ ހަޅަ
ޚަބަރު 03 Sep 2024

ބ. އަތޮޅު ބަޔޯސްފިއަރ އޭޝިއާ ސަރަޙައްދީ ކޮންޒަވޭޝަން ފޯރަމްގައި ބައިވެރިވެއްޖެއެވެ.

ބ. އަތޮޅު ބަޔޯސްފިއަރ ރިޒާވް އިން ވަނީ އައި.ޔޫ.ސީ.އެން ގެ 8 ވަނަ އޭޝިއާ ސަރަޙައްދީ ކޮންޒަވޭޝަން ފޯރަމްގައި ބައިވެރިވެފައެވެ. މި ފޯރަމް ބޭއްވޭނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 3 އިން 5 އަށް ތައިލެންޑުގެ ވެރިރަށް ބެންކޮކްގައެވެ. މި ފޯރަމްގައި މުޅި ސަރަޙައްދުން 600 އަށް ވުރެ ގިނަ ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާގެ އިސްވެރިން ބައިވެރިވާނެއެވެ.

އޭޝިއާގައި ތިމާވެށި ރައްކާތެރިކުރުން އަލުން ރޭވުން: ގުދުރަތަށް ފައިދާހުރި މުސްތަޤުބަލެއް ގެ ނަމުގައި ބޭއްވޭ މި ފޯރަމްގެ މަޤްޞަދަކީ ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން ކުރެވިފައިވާ ކުރިއެރުންތައް ވަޒަންކޮށް، އިސްކަންދޭންޖެހޭ ލަނޑުދަނޑިތައް މުރާޖަޢާކޮށް، އަދި ކުރިއަށް އޮތް 20 އަހަރު ތިމާވެށްޓާއި ދިރޭތަކެތީގެ ނަސްލުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ބޭނުންވާ ސްޓްރެޓެޖިކް އިރުޝާދުތައް ހުށަހެޅުމެވެ.

މި ފޯރަމްގައި ދިވެހިރާއްޖޭގެ ފަރާތުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އިތުރުން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އައްޑޫ ނޭޗަރ ޕާކް އަދި ފުވައްމުލަކު ނޭޗަރ ޕާކުން ވެސް ބައިވެރިވެއެވެ. ދިވެހި ވަފުދުގެ އިސްވެރިޔަކީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އޮނަރަބަލް ތާރިޤް އިބްރާހީމެވެ.

މި ފޯރަމްގައި ބައިވެރިވުމަށް އައި.ޔޫ.ސީ.އެން އޭޝިއާ، އޯ.ސީ.ޕީ.ޕީ މޯލްޑިވްސް، ބީ.އޭ.ސީ.އެފް، ޔޫކޭ އިން މޯލްޑިވްސް އަދި ޑިޕާޓްމަންޓް ފޯ އެންވަޔަރަންމަންޓް، ފުޑް އެންޑް ރޫރަލް އެފެއާޒް (ޑެފްރާ) އިން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޕޮލެންޑުގެ ބޯޑަރު ކައިރިއަށް ރަޝިޔާއިން ވަރުގަދަ ހަމަލާއެއްދީ ހަނގުރާމަ އިތުރަށް ވަރުގަދަކޮށްފި
ޕޮލެންޑުގެ ބޯޑަރު ކައިރިއަށް ރަޝިޔާއިން ވަރުގަދަ ހަމަލާއެއްދީ ހަނގުރާމަ އިތުރަށް ވަރުގަދަކޮށްފި
ޔޫކްރެއިނާއި ޕޮލެންޑް ގުޅޭ ބޯޑަރު ކައިރިއަށް ރަޝިޔާއިން އާދީއްތަ ދުވަހު ދިން ވަރުގަދަ ހަމަލާއަކާ ގުޅިގެން، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ނުތަނަވަސްކަން އިތުރަށް ބޮޑުވެގެން ހިނގައްޖެއެވެ.
ދުނިޔެ 13 Sep 2026
ހޮރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން އިތުރުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުރައްކާ ކުރިމަތިވެއްޖެ
ހޮރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން އިތުރުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުރައްކާ ކުރިމަތިވެއްޖެ
ދުނިޔޭގެ ވިޔަފާރީގެ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅީގައި ވިޔަފާރި އުޅަނދަކަށް ދިން ހަމަލާއަކާ ގުޅިގެން، އެ ސަރަޙައްދުގެ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެއްޖެއެވެ.
ދުނިޔެ 13 Sep 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި
މިއީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ޒުވާން ޚަޠީބުންގެ ބައިވެރިވުމާއެކު ބާއްވާ ޚާއްސަ މަހާސިންތާއެކެވެ.
ޚަބަރު 13 Sep 2026
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވައިފި
ގާތްގަނޑަކަށް 10،000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނޭ ގޮތަށް ޤާއިމްކުރާ މި ބިނާގައި ނަމާދު ކުރާނެ ތަނަވަސް ސަރަޙައްދު ހިމެނޭހެން އިސްލާމީ ތަޢުލީމާއި، ޘަޤާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ވަނީ ފަރުމާކޮށްފައެވެ.
ޚަބަރު 13 Sep 2026