ޤަޠަރުގެ ކުރީގެ އަމީރު، ހިޒްހައިނަސް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން ރަސްމީ ގޮތުން ހިތާމަ ފާޅުކުރުމަށް، އެއް ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 13 Jul 2026

ޤަޠަރުގެ ކުރީގެ އަމީރު، ހިޒް ހައިނަސް ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމުގެ ހިތާމައިގައި، 2026ޖުލައި 13 ވާ ހޯމަ ދުވަހުގެ މެންދުރު 12:00އިން ފެށިގެން 2026 ޖުލައި 14 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް، (އެއް ދުވަސް ވަންދެން) ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މިގޮތަށް ހަމަޖެއްސެވީ، ދިވެހިރާއްޖެއާއި ޤަޠަރާދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމާއި، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ، ޤަޠަރުގެ އަމީރު ކަމުގެ މަގާމުގައި ހުންނެވިއިރު، ރާއްޖެއާމެދު ބެހެއްޓެވި ގާތްކަމާއި، ރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް ވެދެއްވި ދީލަތި އެހީތެރިކަމާއި އެއްބާރުލެއްވުމުގެ އަގު ވަޒަންކުރެއްވުގެ ގޮތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ފަސްދާނުލާފައި ވަނީ އިއްޔެ، 12 ޖުލައި 2026ގައި ރަސްމީ ޢިއްޒަތުގައެވެ. އަދި އެމަނިކުފާނު އަވަހާރަވުމާއި ގުޅިގެން ޤަޠަރުގައި ބާއްވާ ރަސްމީ ހިތާމަފާޅުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެގައުމަށް މިއަދު ހެނދުނު ވަނީ ފުރާވަޑައިގަންނަވައިފައެވެ.

މި ކަން އިޢުލާންކުރައްވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި 2026/14 ނަންބަރު ދެންނެވުމުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އަންހެނުންނަކީ ޤައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވައި، ޤައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަމަށް މަގުތައް ތަނަވަސްވެ ފުރުޞަތުތައް ފަހިވާނެ މި ފަދަ ޕްރޮގްރާމުތައް ހިންގެންވާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
އަދި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މިހާދިސާގައި އަސަރުކޮށްފައި ނުވެއެވެ.
ޚަބަރު 27 Aug 2026
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
ޝަރީޢާ ހުއްދަ ބޭންކިން ޚިދުމަތްތައް ރަށަށް ތަޢާރަފްވުމުން، ވިޔަފާރިވެރިންނާއި މަސްވެރިންގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް، އަދި ޢާންމު ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިން ހޯދައި ވިޔަފާރި ފުޅާ ކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
މިނިސްޓަރ ޒަރީރު މިހެން ވިދާޅުވީ ރާއްޖޭގައި އެމް.އައި.ބީ.އިން ބެހެއްޓި 62 ވަނަ އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވާ އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޚަބަރު 27 Aug 2026