ފޮޓޯ: މިހާރު
ފޮޓޯ: މިހާރު

މޭ މަހު ރާއްޖޭގެ މަހުގެ އެކްސްޕޯޓް 22.5 އިންސައްތަ އިތުރުވެއްޖެ

އ އައިމިނަތުު މުޙައްމަދު
ޚަބަރު 18 Jun 2026

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު މިއަހަރުގެ މޭ މަހު ރާއްޖެއިން ބޭރުކުރި މަހުގެ އުފެއްދުންތައް 22.5 އިންސައްތަ އިތުރުވެއްޖެއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މޭ މަހު ރާއްޖެއިން 98 މިލިއަން ރުފިޔާގެ މަހުގެ އުފެއްދުންތައް ބޭރުގެ ގައުމުތަކަށް އެކްސްޕޯޓްކޮށްފައިވެއެވެ. މީގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ދަޅުމަހާއި، ގަނޑުކުރި ކަޅުބިލަމަސް އަދި ގަނޑުކުރި ރީނދޫއުރަހަ ކަންނެއްޔެވެ.

ރާއްޖެއިން އެންމެ ގިނައިން ބޭރުކުރާ މަހުގެ ބާވަތުގެ ގޮތުގައި މިދިޔަ މަހުވެސް ފާހަގަކުރެވިފައިވަނީ ދަޅުމަހެވެ. އެގޮތުން، އޭޕްރިލް މަހު 31 މިލިއަން ރުފިޔާގެ ދަޅުމަސް އެކްސްޕޯޓްކޮށްފައިވާއިރު، މޭ މަހު އެ އަދަދު ވަނީ 38 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މީގެ އިތުރުން، 27 މިލިއަން ރުފިޔާގެ ގަނޑުކުރި ކަޅުބިލަމަސް އަދި 18 މިލިއަން ރުފިޔާގެ ގަނޑުކުރި ރީނދޫއުރަހަ ކަންނެލި މިދިޔަ މަހު ރާއްޖެއިން ބޭރުކޮށްފައިވެއެވެ.

މަހުގެ އުފެއްދުންތައް އެންމެ ގިނައިން އެކްސްޕޯޓްކުރި ގައުމުތަކަށް ބަލާއިރު، އެންމެ ކުރީގައި އުޅެނީ އިނގިރޭސިވިލާތެވެ. އެ ގައުމަށް 36 މިލިއަން ރުފިޔާގެ އުފެއްދުންތައް ބޭރުކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން އެކްސްޕޯޓްކުރި ތައިލެންޑަށް 35 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާއިރު، ފަރަންސޭސިވިލާތަށް 6 މިލިއަން ރުފިޔާ، އިންޑިއާއަށް 5 މިލިއަން ރުފިޔާ އަދި ޖަރުމަނުވިލާތަށް 4 މިލިއަން ރުފިޔާގެ މަހުގެ އުފެއްދުންތައް ވަނީ ބޭރުކޮށްފައެވެ.

މި ކުރިއެރުމަކީ ރާއްޖޭގެ އިގްތިސާދީ މައިގަނޑު އެއް ސިނާއަތް ކަމަށްވާ މަސްވެރިކަމުގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ހުރިހާ ޚިދުމަތްތަކެއް ފުރިހަމައަށް ލިބޭނެ ޒަމާނީ ފެންވަރުގެ މަރުކަޒަކަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ޚަބަރު 19 Aug 2026
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭގައި ޒަމާނީ ފެންވަރުގެ "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" އެޅުމުގެ މަޝްރޫޢު ފެށުމަށްޓަކައި، މިހާރުގެ ލޯކަލް މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކަށް ވަގުތީ އިންތިޒާމުތަކެއް ހަމަޖައްސައި އެއްމަސް ދުވަހުގެ ތެރޭގައި އެ ބިން ހުސްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ފަށައިފިއެވެ.
ޚަބަރު 19 Aug 2026
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުމާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް، ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ޚަބަރު 19 Aug 2026
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީ އަދި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން، އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރ އާއި ޙަވާލުކޮށްގެން ނިންމާފައިވާ މަސައްކަތެކެވެ.
ޚަބަރު 18 Aug 2026