ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރު ވަނީ ހުރިހާ އަތޮޅަކަށް ފޯރުކޮށްދީފަ

ހ ހަޅަ
ޚަބަރު 02 Sep 2026

ދިވެހިރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް އެހީތެރިކަމާއި އެއްބާރުލުންދިނުމަށް މި މިނިސްޓްރީއާއި ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އާއި ސިޗުއާން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސަސް އާ ދެމެދު 6 އޮގަސްޓު 2024 ގައި ވަނީ އެމްއޯޔޫ އެއްގައި ސޮއިކޮށްފައެވެ.

މި އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އިން ވަނީ 100,000 ޔުއާންގެ ހިލޭ އެހީ ރަމްޒީގޮތުން ޙަވާލުކޮށްދެއްވާފައެވެ.

މި އެހީގެ ދަށުން ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އިން ފޯރުކޮށްދޭ ތަކެތީގެ ތެރޭގައި 25 ސްޕްރޭޔަރު ހިމެނެއެވެ.

ރަށްރަށުގެ އާންމު ސަރަޙައްދުތަކުގައި ހުންނަ ބޮޑެތި ގަސްތަކުގައި ހުވަންޏާއި، ކޫޑިފަދަ ސޫފާސޫފި (ޕެސްޓު) އަޅައިގެން މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަށް މި މިނިސްޓްރީގައި އެދޭ ނިސްބަތް ދަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންނެވެ. ރަށްރަށުގެ އާންމު ސަރަޙައްދުތަކުގައި ހުންނަ ގަސްތަކުގައި އަޅައި، ޕެސްޓު ކޮންޓްރޯލްކުރުމުގެ ޒިންމާ، ލާމަރުކަޒީ ޤާނޫނުގެ ދަށުން ޙަވާލުވެފައިވަނީ ރަށު ކައުންސިލުތަކާއެވެ. ރަށު ފެންވަރުގައި ޕެސްޓު ކޮންޓްރޯލުކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ ޤާބިލުކަން އިތުރު ކުރުމަށް، ރަށްރަށުގައި މިވަޞީލަތްތައް ޤާއިމުވެފައި ހުރުމަކީ މުހިންމުކަމެކެވެ. ޗައިނާގެ ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އިން ފޯރުކޮށްދީފައިވާ، ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރުތައް ހުރިހާ އަތޮޅަކަށް (20 އިދާރީ އަތޮޅު) ވަނީ ހަވާލުކުރެވިފައެވެ. މިގޮތުން މާެލެއަތޮޅު ފިޔަވައި ސިޓީ ކައުންސިލްތައް ހުރި އަތޮޅުތަކުގެ ސިޓީ ކައުންސިލްތަކާއި، ލޯކަލް ގަވަމެންޓް އޮތޯރިޓީގެ އަތޮޅު އޮފީސްތަކާއި (ކުރީގެ އަތޮޅު ކައުންސިލްތައް) ވަނީ ހަވާލުކުރެވިފައެވެ. މިގޮތަށް ހަމަޖައްސާފައިވަނީ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި މިފަދަ ޕެސްޓު ކޮންޓްރޯލުކުރަންޖެހިއްޖެ ޙާލަތެއްގައި ފަސޭހަކަމާއެކު އަވަހަށް ސްޕްރޭޔަރގެ ބޭނުންހިފޭނެ މަގުފަހިކުރުމަށެވެ.

މިޕްރޮގުރާމުގެ ދަށުން ޙަވާލުކުރާ ސްޕްރޭޔަރު، އެ ސިޓީ ކައުންސިލެއް ނުވަތަ އަތޮޅު އޮފީހެއް ނިސްބަތްވާ އަތޮޅެއްގެ ރަށެއްގައި ޕެސްޓު ކޮންޓްރޯލުކުރަން ބޭނުންވެއްޖެ ހިނދެއްގައި ސިޓީ ކައުންސިލް ނުަވަތަ އަތޮޅު އޮފީހުގެ ބެލުމުގެ ދަށުން އެރަށަކަށް ސްޕްރޭޔަރު ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަކީ ސިޓީ ކައުންސިލެއް ނުވަތަ އަތޮޅު އޮފީހެއްގެ ޒިންމާއެކެވެ. އަދި މީގެ އިތުރުން އެރަށްތަކުގެ ކައުންސިލްތަކާ މި މަޢުލޫމާތު ހިއްސާކޮށްދިނުމާއި، ސްޕްރޭޔަރު ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުމަކީވެސް ސިޓީ ކައުންސިލެއް ނުވަތަ އަތޮޅު އޮފީހެއްގެ ޒިންމާއެކެވެ.

ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރުތައް ހަވާލުކޮށްފައިވާ އަތޮޅުތަކާއި ރަށްތައް:

ހއ. ދިއްދޫ ހދ. ކުޅުދުއްފުށި(ސިޓީކައުންސިލް)

ށ. ފުނަދޫ ނ. މަނަދޫ

ރ. އުނގޫފާރު ބ. އޭދަފުށި

ޅ. ނައިފަރު ކ. ތުލުސްދޫ

އއ. ރަސްދޫ އދ. މަހިނބަދޫ

ވ. ފެލިދޫ މ. މުލި

ފ. ނިލަންދޫ ދ. ކުޑަހުވަދޫ

ތ. ވޭމަންޑު ލ. ފޮނަދޫ

ގއ. ވިލިނގިލި ގދ. ތިނަދޫ

ޏ. ފުވައްމުލަކު (ސިޓީ ކައުންސިލް) ސ. ހިތަދޫ (ސިޓީ ކައުންސިލް)

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
މަތިވެރީގެ ކުނި މެނޭޖްކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާ ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީއާއެކު މަޝްވަރާކޮށްފި
މަތިވެރީގެ ކުނި މެނޭޖްކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާ ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީއާއެކު މަޝްވަރާކޮށްފި
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ މަތިވެރީގެ ކުނި މެނޭޖްކުރުމުގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، އެ ރަށުގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގޮނޑުދޮށް ހިމާޔަތްކުރުމާ ގުޅޭގޮތުންނެވެ. އެގޮތުން ރަށުގެ ތިމާވެއްޓަށް ދިމާވެފައިވާ މިފަދަ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.
ޚަބަރު 02 Sep 2026
މާމަ ކާފަގެ ލޯބި، ތަރުބަވީ ޖީލެއްގެ ބިންގާ
މާމަ ކާފަގެ ލޯބި، ތަރުބަވީ ޖީލެއްގެ ބިންގާ
މާމަކާފަ ދުވަހަކީ އިސްރަށްވެހިންގެ މުއްސަނދި ތަޖުރިބާއާއި އޯގާތެރިކަމުގެ އިތުރުން، ޢާއިލީ ގުޅުންތައް ބަދަހިކުރެއްވުމުގައި އެބޭފުޅުން އަދާކުރައްވާ މުހިންމު ދައުރުގެ އަގުވަޒަންކުރުމަށް ލިބޭ އަގުހުރި ފުރުޞަތެކެވެ. 2026 ވަނަ އަހަރުގެ މި ދުވަސް ޚާއްޞަކުރެވިފައިވަނީ ޢާއިލާގެ އެކި ޖީލުތަކުގެ މެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ޢާއިލީ އަދި އިޖުތިމާޢީ ކަންކަމުގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރުކުރުމަށެވެ.
ރިޕޯޓް 02 Sep 2026
ދިވެހި ފުލުހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި
ދިވެހި ފުލުހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި
ދިވެހި ފުލުހުން، މި ޢަޒުމާއި މި ރޫޙުގައި، މި އަމާޒު ހާސިލުވާކަން ކަށަވަރުކޮށްދިނުންމަތީ، އަބަދުމެ، ހިންމަތާއި އިޚްލާޞްތެރިކަމާއެކު ދެމިތިބުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.
ޚަބަރު 02 Sep 2026
އިސްލާމިކް ޗެމްބަރ އޮފް ކޮމަރސް އެންޑް ޑިވެލޮޕްމަންޓްގެ ސެކްރެޓަރީ ޖެނެރަލް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
އިސްލާމިކް ޗެމްބަރ އޮފް ކޮމަރސް އެންޑް ޑިވެލޮޕްމަންޓްގެ ސެކްރެޓަރީ ޖެނެރަލް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ، ޤާބިލުކަން އިތުރުކުރުމާއި، ވުނަކުރުމާއި، މެހެމާންދާރީގެ ދާއިރާއިންނާއި ޙަލާލް ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، އިސްލާމީ އިޤްތިޞާދު ކުރިއެރުވުމާ ގުޅޭގޮތުންނެވެ. މީގެ ތެރޭގައި ޙަލާލް ފަތުރުވެރިކަން ފުޅާކުރުން ވެސް ހިމެނެއެވެ.
ޚަބަރު 02 Sep 2026