އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ 164 ރަށެއްގައި ދަރިވަރުންނަށް ޚާއްޞަ ސައިޓް ވިޒިޓްތަކެއް ބާއްވައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 05 Sep 2026

ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހާ ގުޅިގެން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ޚާއްޞަ ސައިޓް ވިޒިޓްތަކެއް މިއަދު ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފިއެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން މަޢުލޫމާތު ދެއްވި ގޮތުގައި، މިއަދު ހެނދުނު 9:00 ގައި ފެށި މި ހަރަކާތް ސިޓީތައް ހިމެނޭހެން ރާއްޖޭގެ 164 ރަށެއްގައި ވަނީ ބާއްވާފައެވެ.

މި ޕްރޮގްރާމުގެ ދަށުން އަތޮޅުތަކުގެ ސްކޫލްތަކުގެ ދަރިވަރުން ވަނީ ފެނަކަ ކޯޕަރޭޝަން އަދި ސްޓެލްކޯގެ އިންޖީނުގެތަކުގެ އިތުރުން އެމް.ޑަބްލިޔު.އެސް.ސީގެ ފެސިލިޓީތަކަށާއި، އެމްޓީސީސީން ހިންގަމުންދާ އުމްރާނީ ތަރައްޤީގެ އެކި މަޝްރޫޢުތަކުގެ ސައިޓުތަކަށް ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތްތަކުގައި އެ ތަންތަނުގައި އިންޖިނިއަރިންގ މަސައްކަތްތައް ހިނގަމުންދާ ގޮތް ދަރިވަރުންނަށް ޢަމަލީ ގޮތުން ކިޔައިދީ، މަސައްކަތާ ގުޅޭ މަޢުލޫމާތު ސާފުކުރުމާއި ސުވާލުކުރުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ.

މީގެއިތުރުން، މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ތިލަމާލެ ބްރިޖް މަޝްރޫޢުގެ ސައިޓަށް ޒިޔާރަތްކުރުމުގެ ފުރުޞަތުވެސް ވަނީ ދީފައެވެ. ދެ ސެޝަނަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ވިޒިޓުގައި ސެންޓަރ ފޮރ ހަޔަރ އެޑިއުކޭޝަން ސެންޓަރ (ސީއެޗްއެސްއީ) އަދި މާލެ ވޮކޭޝަނަލް ހައި ސްކޫލުގެ 45 ދަރިވަރުން ބައިވެރިވެފައިވެއެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި، މިފަދަ ސައިޓް ވިޒިޓްތަކެއް އިންތިޒާމުކުރުމުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުން އިންޖިނިއަރިންގ ދާއިރާއަށް އަހުލުވެރިކޮށް، އެ ދާއިރާއިން ކުރިއަށްދިއުމަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދިނުމެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޕީއެންސީގެ މެންބަރުންގެ އަދަދު 77،000 އަށް އަރައިފި: މަޖިލިސް މެންބަރުން ތިއްބެވީ ރައީސް މުޢިއްޒުއާއެކު ސާބިތުކަމާއެކު - ފަލާޙް
ޕީއެންސީގެ މެންބަރުންގެ އަދަދު 77،000 އަށް އަރައިފި: މަޖިލިސް މެންބަރުން ތިއްބެވީ ރައީސް މުޢިއްޒުއާއެކު ސާބިތުކަމާއެކު - ފަލާޙް
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަކީ މިހާރު ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ ކަމަށާއި، އެ ޕާޓީގެ މެންބަރުންގެ އަދަދު 77،000 އަށް އަރައިފި ކަމަށް ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.
ޚަބަރު 05 Sep 2026
 ޕީއެންސީ އެންމެ ކުރީގައި އޮތީ ރައްޔިތުންނާއެކު ވާތީ، ޔާމީން އުޅުއްވަނީ ފިތުނަ އުފައްދަން: މުހައްމަދު އިސްމާއީލް
ޕީއެންސީ އެންމެ ކުރީގައި އޮތީ ރައްޔިތުންނާއެކު ވާތީ، ޔާމީން އުޅުއްވަނީ ފިތުނަ އުފައްދަން: މުހައްމަދު އިސްމާއީލް
ސިޔާސީ މައިދާނުގެ އެންމެ އުހުގައި ޕީއެންސީ މިއަދު ފައިތިލަ ސާބިތުކޮށްފައިވަނީ އާންމު ރައްޔިތުންގެ އިހުސާސްތައް ދަންނަ އިޚްލާސްތެރި ލީޑަޝިޕެއް އޮތުމުން ކަމަށާއި، އިދިކޮޅުގައި ހުންނަވައިގެން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މަސައްކަތްޕުޅު ކުރައްވަނީ މުޖުތަމައު ފަސާދަކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ޚަބަރު 05 Sep 2026
"ޕީއެންސީން ތާއީދުކުރަނީ މޫނަކަށް ނޫން އުސޫލަށް، ރައީސް މުޢިއްޒު ގެންދަވަނީ ފުނޑިފައިވާ އިޤްތިޞާދު ކޮޅަށް ޖައްސަވަމުން" - ޝުޖާޢު
"ޕީއެންސީން ތާއީދުކުރަނީ މޫނަކަށް ނޫން އުސޫލަށް، ރައީސް މުޢިއްޒު ގެންދަވަނީ ފުނޑިފައިވާ އިޤްތިޞާދު ކޮޅަށް ޖައްސަވަމުން" - ޝުޖާޢު
ޤައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޙައްލުކުރައްވަމުން ގެންދަވަނީ ކެތްތެރިކަމާއި ސާބިތުކަމާއެކު ކަމަށާއި، ގަސްދުގައި ރޭވިގެން ފުނޑާލާފައި އޮތް ރާއްޖޭގެ އިޤްތިޞާދު އެމަނިކުފާނު އަލުން ކޮޅަށް ޖައްސަވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޚަބަރު 05 Sep 2026
ޕީއެންސީ ފޫއަޅުވައެއް ނުލެވޭނެ، ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމާއި ޚިޔާނާތުން: ޢަބްދުއްރަޙީމް
ޕީއެންސީ ފޫއަޅުވައެއް ނުލެވޭނެ، ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމާއި ޚިޔާނާތުން: ޢަބްދުއްރަޙީމް
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސަފުތައް ބައިބައިކޮށް، ފޫއަޅުވާލުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ކުރެއްވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، ޕާޓީގެ މެންބަރުން ތިބީ ސާބިތުކަމާއެކު ސަރުކާރުގެ ފަހަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޚަބަރު 05 Sep 2026