ޒުވާން އާބާދީ ކުރިއެރުވުމަށް ސަރުކާރުން ދަނީ އިސްތިރާޖީ މަސައްކަތްތަކެއް ކުރަމުން: ޢާއިޝަތު ޝިހާމް

ޒުވާން އާބާދީ ކުރިއެރުވުމަށް ސަރުކާރުން ދަނީ އިސްތިރާޖީ މަސައްކަތްތަކެއް ކުރަމުން: ޢާއިޝަތު ޝިހާމް

ހ ހަޅަ
ޚަބަރު 23 Jul 2024

ދިވެހިރާއްޖޭގައި ޒުވާނުންގެ ބޮޑު އާބާދީއެއް މިވަގުތު އެބައޮތްކަމަށާއި، ސަރުކާރުން ދަނީ ޒުވާން އާބާދީގެ ބޭނުން ފުރިހަމަޔަށް ކުރުމަށް ރޭވުންތެރިކަމާއެކު އިސްތިރާޖީ މަސައްކަތްތަކެއް ކުރަމުންކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ކުރިއަށް ގެންދިޔަ 11 ވަނަ ފައިނޭންސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ ހެޔޮވެރިކަމާއި، ދެފުށްފެންނަ ސިޔާސަތެއްގެ ތެރެއިން އިޤުތިޞާދީ، އިޖުތިމާޢީ އަދި އީޖާދީ މަގުޗާޓާއެކު، ޒުވާން އާބާދީ ކުރިއެރުވޭނެ ހިތްވަރު ސަރުކާރުގައި ހުރިކަމަށެވެ.

ޒުވާން މަސައްކަތްތެރިން ކުރިއަރުވާ، އެ ފަރާތްތަކަށް ބޭނުންވާ މަސައްކަތްތެރިކަމުގެ ހުނަރު ތަރައްގީކުރެވޭނެ ގޮތްތައް ރާވައި، ޒުވާނުންނަށް ފަހި ވަޒީފާގެ ފުރުސަތުތަކުގެ ތެރެއިން އިޤްތިޞާދީ ދުވެހި ހަލުވިކޮށް، ޒުވާނުންނަކީ މާލީގޮތުން ޒިންމާދާރުވެރި، މަސައްކަތްތެރި އަދި ގައުމީ ކުރިއެރުމަށް މަސައްކަތްކުރާ ބަޔަކަށް ހެދިދާނެ ކަމަށް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެއާއެކު، އެކަމަނާ ވިދާޅުވީ، ރާއްޖޭގައި އޮތް ޒުވާން އާބާދީ ކުރިއެރުވުމަށް ސަރުކާރުން މިހާރު ވެސް ރޭވުންތެރިކަމާއެކު، އިސްތިރާޖީ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށެވެ.

ވަޒީރު ވިދާޅުވީ ޒުވާނުންނަކީ މިއަދުގެ ލީޑަރުންކަމަށެވެ. އަދި އެމީހުންގެ ވަޒީފާއަށްޓަކައި ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތްތަކީ، ވަޒީފާގެ ފުރުސަތުތަކަށް ހިތްގައިމު ފުރުސަތުތައް ހޯދައިދިނުމުގެ އަމާޒުގައި ކުރާ މަސައްކަތްތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އޭގެ ސަބަބުން ޤައުމުގެ އިޤްތިޞާދާއި އިޖްތިމާއީ ފޭރާމަށް ތަފާތު ބޮޑު ބަދަލުތަކެއް އަންނާނެކަން ޔަގީންކުރައްވާކަމަށެވެ.

ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް، ޒުވާން އާބާދީގެ ބޭނުން ފުރިހަމަގޮތުގައި ހިފުމުގެ މުހިންމުކަމަށް ވަޒީރުގެ ވާހަކަފުޅުގައި އަލިއަޅުވާލައްވާފައިވާއިރު، އެކަމަނާ ވަނީ ރާއްޖޭގެ އާބާދީއަށް އަންނަމުން މިދާ ބަދަލުތަކަށް ދުރާލާ ތައްޔާރުވުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވާފައެވެ.  

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026
ޤައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ ސައްތަ އިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން - ރައީސް
ޤައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ ސައްތަ އިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން - ރައީސް
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ޙަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމަކީ ދަރީންނަށް ފޯރުވައިދޭންޖެހޭ މުހިންމު ޙަޤީޤަތްތަކެއް ކަމަށެވެ. އިސްލާމީ ޝަރީޢަތުގެ މައިގަނޑު ފަސް މަޤުޞަދުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ޙަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމުގެ ސަބަބުން ދިވެހި މުޖުތަމަޢަކީ އަމާން، އިތުބާރު ބޮޑު މުޖުތަމަޢަކަށް ބަދަލުވެގެންދިޔަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޚަބަރު 12 Sep 2026
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަޑައިގަތުމުގެ މި ދަޢުވަތު އަރުވާފައިވަނީ، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ޚަބަރު 11 Sep 2026