ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް ހަރުދަނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން: މިނިސްޓަރ ސަޢީދު

ހ ހަޅަ
ޚަބަރު 24 Aug 2026

ދިވެހިރާއްޖޭގެ އިޤްތިޞާދު ހަރުދަނާކޮށް، ސިންދަފާތު (ޑައިވަރސިފައި) ކުރުމަށްޓަކައި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގައި ވަރަށް ބޮޑު ދަރަންޏެއް އޮތް ކަމަށާއި، ނަމަވެސް އިރާދަކުރެއްވިއްޔާ ސަރުކާރުން އެ ސުކޫކް ޕޭމަންޓް މިހާރު ދައްކައި ޚަލާޞްކޮށްފައިވާ ކަމަށެވެ. މީގެއިތުރުން، މެދުއިރުމަތީގެ ހަނގުރާމައިގެ ހާލަތާ ގުޅިގެން ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކުވެސް، ރާއްޖެއިން ކާޑާއި، ތެލާއި އަދި ގޭހުގެ ބާވަތްތައް ހުސްނުވެ ލިބޭނެ އިންތިޒާމު ވަރަށް ހަރުދަނާ ވިލަރެހެއްގެ (ކޯޑިނޭޓެޑް އެފަޓެއްގެ) ދަށުން ސަރުކާރުން ކަށަވަރުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ ކުރިމަގާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ފާހަގަކުރެއްވީ، 2030 ވަނަ އަހަރު އަންނަންވާއިރު ރާއްޖޭގެ ޖީ.ޑީ.ޕީގެ 15 އިންސައްތަ ހިއްސާކުރާނީ ޑިޖިޓަލް އިކޮނޮމީން ލިބޭ އާމްދަނީއަށް ހެދުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށެވެ. އަދި ތިމާވެއްޓާ ރައްޓެހި ހަކަތައަށް ބަރޯސާވުން އިތުރުކުރުމުގެ ގޮތުން، 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް (ރިނިއުވަބަލް އެނަރޖީ) ހެދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު އަމާޒެއް ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، އިޤްތިޞާދީ މަޝްރޫޢުތައް ފުޅާކުރުމަށްޓަކައި 2024 ވަނަ އަހަރު އެސް.އީ.ޒެޑް ޤާނޫނު އެކްޓިވޭޓްކުރެއްވި ކަމަށާއި، އޭގެ ރަނގަޅު ނަތީޖާ މިހާރު ފެންނަމުންދާ ކަމަށާއި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަސްޓެއިނަބަލް ޓައުންޝިޕެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަން މިނިސްޓަރ ހާމަކުރެއްވިއެވެ.

ބާޒާރުގެ އަގުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދާތީ ރާއްޖޭގައިވެސް ބައެއް ތަކެތީގެ އަގު އުފުލިފައިވާ ކަމަށެވެ. އެހެންނަމަވެސް، ސަރުކާރުގެ އަމާޒަކީ އޭގެ އަސަރު ރައްޔިތުންނަށް ވީހާވެސް ކުޑަކުރުން ކަމަށާއި، މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން ވޭތުވެދިޔަ ރަމަޟާން މަސްތަކުގައި ތަކެތީގެ އަގުތައް މީގެ ކުރިން އިންތިހާއަށް އުފުލިގެން ދިޔަ ގޮތަށް ގޮސްފައި ނުވާކަން ފާހަގަކުރެއްވިއެވެ. އަދި އަސާސީ 23 ބާވަތެއްގެ އިތުރުން، 164 ބާވަތެއްގެ މުދަލުގެ އަގުތައް ސަރުކާރުން ކޮންމެ ދުވަހަކުވެސް ވަރަށް ގާތުން މޮނިޓަރ ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ކަނޑުމަގުން މުދާ ގެނައުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަންކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، އެކަން ހައްލުކުރުމަށްޓަކައި އަންނަ އަހަރުގެ ނޮވެންބަރު މަހު ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

އެގޮތުން ތިލަފުށީގައި ބައިނަލްއަޤްވާމީ ފެންވަރުގެ ޕޯޓެއް ޤާއިމުކުރެވޭއިރު، ގުދަންތަކާއި، ކޯލްޑް ސްޓޯރޭޖު އަދި ޑްރައި ގުޑްސް ބެހެއްޓޭނެ ފުރިހަމަ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި 2027 ވަނަ އަހަރު މާލޭ ބަނދަރުގެ ހުރިހާ އޮޕަރޭޝަނެއް ތިލަފުށްޓަށް ބަދަލުކޮށް، 2028 ވަނަ އަހަރުގެ ނިޔަލަށް ފުލް އޮޕަރޭޝަނަށް ގެނައުމުން، މާލޭގެ ކާރުބާރު ބޮޑު ސަރަޙައްދުތަކުގެ ޓްރެފިކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ. 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް އެކުލަވާލައި މަޖިލީހަށް ހުށަހަޅައިފި
ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް އެކުލަވާލައި މަޖިލީހަށް ހުށަހަޅައިފި
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ބިލު ހުށަހެޅުމުގެ މައިގަނޑު އެއް ބޭނުމަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުޙައްޤުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށްޓަކައި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ޤާނޫނީ އޮނިގަނޑެއް ތަޢާރުފުކުރެއްވުމެވެ.
ޚަބަރު 25 Aug 2026
އޮޑިޓަރ ޖެނެރަލް ތިލަފުށީ ކުނި މެނޭޖްކުރާ މަރުކަޒަށް ޒިޔާރަތްކުރައްވައިފި
އޮޑިޓަރ ޖެނެރަލް ތިލަފުށީ ކުނި މެނޭޖްކުރާ މަރުކަޒަށް ޒިޔާރަތްކުރައްވައިފި
މި ޒިޔާރަތަކީ ތިލަފުށީގައި މިހާރު ކުރިއަށްދާ ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ބައްލަވާލެއްވުމަށާއި، ކުންޏާއި ވަސީލަތްތައް ބެލެހެއްޓުމުގައި ބޭނުންކުރަމުންދާ ނިޒާމުތަކާއި އިޖުރާއަތްތައް ގާތުން ބައްލަވައި، އެކަންކަމާ ގުޅޭ މަޢުލޫމާތު ހޯއްދެވުމުގެ މަޤްޞަދުގައި ކުރެއްވި ޒިޔާރަތެކެވެ.
ޚަބަރު 25 Aug 2026
ހަވާލުކުރާ ކޮންމެ ރޭންކަކާއެކު އޮތީ އެއަށްވުރެ ބޮޑު މަސްއޫލިއްޔަތަކާއި ޒިންމާއެއް: ސީޕީ
ހަވާލުކުރާ ކޮންމެ ރޭންކަކާއެކު އޮތީ އެއަށްވުރެ ބޮޑު މަސްއޫލިއްޔަތަކާއި ޒިންމާއެއް: ސީޕީ
އަދި ޕްރޮމޯޝަނަށް ފަހު މަސައްކަތުގެ މާހައުލަށް ނުކުންނައިރު، ހަވާލުކުރެވުނު ރޭންކާ އެއްވަރަށް ހިދުމަތުގެ ފެންވަރު ހިފެހެއްޓޭތޯ ބަލާނެ ފަރާތްތައް ގިނަވާނެކަން ފާހަގަކުރައްވައި، މުއައްސަސާގެ އެތެރެއިންނާއި ބޭރުން ވެސް ސުވާލު ނުއުފެދޭނެ ފަދަ ގޮތަކަށް، ލިބުނު މަގާމާ އެއްވަރަށް މަސައްކަތުގެ ނަތީޖާ ނެރެދީ، ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ރިވެތި ނަމޫނާއެއް ދެއްކުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ޚަބަރު 24 Aug 2026
ދިވެހިރާއްޖޭގައި ބިނާ ކުރެވޭ އެންމެ ބޮޑު ވަޤްފު ޢިމާރާތް، ދާރުއްސަލާމްގެ ޢަމަލީ މަސައްކަތް ފަށައިފި
ދިވެހިރާއްޖޭގައި ބިނާ ކުރެވޭ އެންމެ ބޮޑު ވަޤްފު ޢިމާރާތް، ދާރުއްސަލާމްގެ ޢަމަލީ މަސައްކަތް ފަށައިފި
ހުޅުމާލޭގައި ޢިމާރާތް ކުރާ ދާރުއްސަލާމް ވަޤްފް ޢިމާރާތުގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަޅުއްވައިދެއްވީ 26 ނޮވެމްބަރު 2026 ގައެވެ. އިމާރާތް ކުރިއަށްދަނީ ހުޅުމާލޭ ޕްލޮޓް ނަންބަރު 11646 ގައެވެ.
ޚަބަރު 24 Aug 2026