ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައް ދެއްކުމާއި އިޤްތިޞާދީ ހަމަޖެހުން

ހ ހުސައިން އިސްމާއިލް
ރިޕޯޓް 22 May 2026

ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތު ބައްޓަންވެފައިވާ ގޮތުން، ވޭތުވެދިޔަ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތަކަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އޮތް ބޮޑު ގޮންޖެހުމެކެވެ. މި ދަރަނިތަކުން ސަލާމަތްވެ، ޤައުމުގެ މާލީ އިސްތިޤްލާލު ހިފެހެއްޓުމަކީ މިހާރުގެ ސަރުކާރުން އެންމެ އިސްކަމެއް ދޭ އެއް މަސައްކަތެވެ. ޚާއްޞަކޮށް، ރައްޔިތުންގެ ބޮލުގައި އެޅިފައިވާ މި ބޮޑު ދަރަނީގެ ދަންތުރައިން ޤައުމު ސަލާމަތްކުރުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް ދަނީ އެޅެމުންނެވެ.

ދަރަނި ދެއްކުމުގައި ހޯދިފައިވާ ކާމިޔާބީތައް

ފާއިތުވި ކުރު މުއްދަތެއްގެ ތެރޭގައި ސަރުކާރުން ވަނީ ދަރަނި ދެއްކުމުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން ވޭތުވެދިޔަ 40 ދުވަހުގެ ތެރޭގައި އެކަނިވެސް ޖުމްލަ 974 މިލިއަން ޑޮލަރުގެ ދަރަނި ދައްކައި ޚަލާޞްކޮށްފައިވެއެވެ. މީގެ ތެރޭގައި 524 މިލިއަން ޑޮލަރުގެ ސުކޫކާއި، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ހިމެނެއެވެ. މިއީ ރާއްޖޭގެ މާލީ ތާރީޚުގައިވެސް ކުރު މުއްދަތެއްގެ ތެރޭގައި ދެއްކުނު އެންމެ ބޮޑު އެއް އަދަދެވެ.

އިންޑިއާގެ ލޯނުތަކާއި ރޯލްއޯވަރގެ ސިޔާސަތު

ކުރީގެ ސަރުކާރުން އިންޑިއާ އިން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ދަރަންޏަކީ ކޮންމެ އަހަރަކު ދައްކަންޖެހޭ މުއްދަތު އިތުރުކުރަމުން (ރޯލްއޯވަރ) އައި ދަރަންޏެކެވެ. ނަމަވެސް މި ސަރުކާރުން ވަނީ މި ދަރަނި ދައްކައި ނިންމުމުގެ އަމާޒެއް ހިފާފައެވެ. އެގޮތުން 2024 ޖަނަވަރީގައި 50 މިލިއަން ޑޮލަރު ދައްކާފައިވާއިރު، ދާދި ފަހުން ވަނީ އިތުރު 50 މިލިއަން ޑޮލަރު ދައްކައި ޚަލާޞްކޮށްފައެވެ. ބާކީ އޮތް 50 މިލިއަން ޑޮލަރު ކުރިއަށް އޮތް ސެޕްޓެންބަރު މަހު ދައްކައި ނިންމުމަށް ސަރުކާރުން ވަނީ ތާވަލުކޮށްފައެވެ.

އިޤްތިޞާދީ ގޮންޖެހުންތަކާއި ދޮގު މަޢުލޫމާތު

ދައުލަތުގެ މާލީ ޙާލަތު ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، ބައެއް ފަރާތްތަކުން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަށް މަސައްކަތް ކުރަމުންދާކަމީ ހިތާމަހުރި ކަމެކެވެ. ޚާއްޞަކޮށް ދަރަނި ނެގި ފަރާތްތަކުން، އެ ދަރަނި ދައްކަމުންދާއިރު އެކަމާ މެދު ސުވާލު އުފައްދައި، ޤައުމުގެ އިޤްތިޞާދީ ތަޞައްވުރު ކިލަނބުކުރުމަށް ކުރާ މަސައްކަތްތަކަކީ ޤައުމީ މަޞްލަޙަތާ ޚިލާފު ކަމެކެވެ. ސަރުކާރުގެ އަމާޒަކީ ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން ރައްޔިތުންނަށް ޙަޤީޤީ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

ކުރީގެ ސަރުކާރުތަކުން ވާރުތަވެފައިވާ ދަރަނިތަކުން ސަލާމަތްވުމަކީ ރާއްޖޭގެ މުސްތަޤްބަލަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިހާރުގެ ސަރުކާރުން ދައްކަމުންދާ ހިތްވަރާއި، ދަރަނި ދެއްކުމަށް ދޭ އިސްކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ބިންގާ ވަރުގަދަވެ، ރައްޔިތުންގެ ބޮލުގައި އެޅިފައިވާ މާލީ ބުރަ ކުޑަވެގެންދާނެއެވެ. މިއީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026
ޤައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ ސައްތަ އިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން - ރައީސް
ޤައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ ސައްތަ އިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން - ރައީސް
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ޙަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމަކީ ދަރީންނަށް ފޯރުވައިދޭންޖެހޭ މުހިންމު ޙަޤީޤަތްތަކެއް ކަމަށެވެ. އިސްލާމީ ޝަރީޢަތުގެ މައިގަނޑު ފަސް މަޤުޞަދުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ޙަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމުގެ ސަބަބުން ދިވެހި މުޖުތަމަޢަކީ އަމާން، އިތުބާރު ބޮޑު މުޖުތަމަޢަކަށް ބަދަލުވެގެންދިޔަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޚަބަރު 12 Sep 2026
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަޑައިގަތުމުގެ މި ދަޢުވަތު އަރުވާފައިވަނީ، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ޚަބަރު 11 Sep 2026