އައްޑޫގައި ހިތުގެ އޮޕަރޭޝަންތަކެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށް، ދެކުނުގެ ކާޑިއަކް ފަރުވާއަށް ބޮޑު ކުރިއެރުމެއް ހޯދައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 09 Jun 2026

ދެކުނުގެ އަތޮޅުތަކުގައި ދެވޭ ހިތުގެ ބަލިތަކުގެ ފަރުވާ އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ ގޮތުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އާއި އައިޖީއެމްއެޗްގެ ނޭޝަނަލް ކާޑިއަކް ސެންޓަރު (އެންސީސީ) ގުޅިގެން ކާމިޔާބު މަސައްކަތްތަކެއް ކޮށްފިއެވެ.

އައިޖީއެމްއެޗުން ބުނީ ދާދިފަހުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކުރިއަށްދިޔަ ކާޑިއަކް ސާވިސް ސެޝަންތަކުގައި، އޭއީއެޗް އަދި ނޭޝަނަލް ކާޑިއަކް ސެންޓަރުގެ ޓީމުން ވަނީ 3 ކޮރޯނަރީ އެންޖިއޯގްރާމް އަދި 2 މަލްޓިވެސަލް ކޮރޯނަރީ އިންޓަވެންޝަން ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިކަމަށެވެ.

އޭއީއެޗްގައި ކުރިއަށްދިޔަ ކާޑިއަކް ސާވިސް ސެޝަންތަކުގެ ތެރެއިން، އެ ހޮސްޕިޓަލާއި ނޭޝަނަލް ކާޑިއަކް ސެންޓަރުގެ ޓީމު ގުޅިގެން ވަނީ ކާމިޔާބު ފަސް އޮޕަރޭޝަނެއް ފުރިހަމަކޮށްފައެވެ. މީގެ ތެރޭގައި ތިން ކޮރޯނަރީ އެންޖިއޯގްރާމްގެ އިތުރުން ދެ "މަލްޓިވެސަލް ކޮރޯނަރީ އިންޓަވެންޝަން" ހިމެނެއެވެ.

މި ކުރިއެރުމަކީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށް ދެވޭ ފަރުވާގެ ފެންވަރު މަތިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި ހިދުމަތް ދިނުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ލިބުނު މުހިންމު ކާމިޔާބީއެކެވެ. މި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ އޭއީއެޗްގެ އިންޓަވެންޝަނަލް ކާޑިއޮލޮޖީ ޓީމާއި، މާލެއިން ދިޔަ އެންސީސީގެ ތަޖުރިބާކާރު ޓީމާ ދެމެދު އޮތް ގާތް ގުޅުމުގެ ތެރެއިންނެވެ.

މިފަދަ ޕްރޮގްރާމްތަކުގެ މައިގަނޑު މަގްސަދަކީ ސަރަހައްދީ ފެންވަރުގައި ފެންވަރު ރަނގަޅު ހިތުގެ ފަރުވާ ފޯރުކޮށްދީ، ބަލިމީހުންނަށް ލުއިފަސޭހަކޮށްދިނުމެވެ. ހަމައެއާއެކު، މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ ދެކުނުގައި މަސައްކަތްކުރާ ސިއްހީ މާހިރުންގެ ހުނަރާއި ގާބިލުކަން އިތުރުވެ، ސަރަހައްދީ ސިއްހީ ނިޒާމު އިތުރަށް ވަރުގަދަވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026
ޤައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ ސައްތަ އިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން - ރައީސް
ޤައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ ސައްތަ އިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން - ރައީސް
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ޙަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމަކީ ދަރީންނަށް ފޯރުވައިދޭންޖެހޭ މުހިންމު ޙަޤީޤަތްތަކެއް ކަމަށެވެ. އިސްލާމީ ޝަރީޢަތުގެ މައިގަނޑު ފަސް މަޤުޞަދުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ޙަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމުގެ ސަބަބުން ދިވެހި މުޖުތަމަޢަކީ އަމާން، އިތުބާރު ބޮޑު މުޖުތަމަޢަކަށް ބަދަލުވެގެންދިޔަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޚަބަރު 12 Sep 2026
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަޑައިގަތުމުގެ މި ދަޢުވަތު އަރުވާފައިވަނީ، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ޚަބަރު 11 Sep 2026