މާލޭ ކޮމާޝަލް ހާބަރުން ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް ކަސްޓަމްސްއިން އަތުލައިގަނެފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 18 Jun 2026

މާލޭ ކޮމާޝަލް ހާބަރަށް ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފު ތަކެތި ހުރިކަމަށް ޝައްކުކުރެވިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

މި މަހުގެ 17 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ކަސްޓަމްސްއިން މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ، ރާއްޖެއަށް އެތެރެކުރި ޝިޕްމެންޓެއްގައި ރަނގަޅު ނޫން މުދާތަކެއް ހުރިކަމަށް ކަސްޓަމްސްގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންކަމަށް ކަސްޓަމުން ބުންޏެވެ.

ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތި ފެނިފައިވަނީ "ޖެނެރަލް ކާގޯ" ގެ ގޮތުގައި ޑިކްލެއާކޮށް އެތެރެކުރި ޝިޕްމަންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. އެ ޝިޕްމަންޓުގެ ތެރޭގައި ވަރަށް ބޮޑަށް ފޮރުވާފައި ހުރި 5,600 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.

މި މުދާތައް މިހާރު ހުރީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. އަދި ގަވާއިދާ ހިލާފަށް މި ތަކެތި އެތެރެކުރަން އުޅުނު މައްސަލަ ކަސްޓަމްސްއިން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުން ހުއްޓުވުމަށްޓަކައި ކަސްޓަމްސްއިން އަންނަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން ބަނދަރުތަކަށް ގެންނަ މުދާ ޗެކްކުރުމާއި، އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް ހިންގާ އޮޕަރޭޝަންތައް މިހާރު ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ހުރިހާ ޚިދުމަތްތަކެއް ފުރިހަމައަށް ލިބޭނެ ޒަމާނީ ފެންވަރުގެ މަރުކަޒަކަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ޚަބަރު 19 Aug 2026
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭގައި ޒަމާނީ ފެންވަރުގެ "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" އެޅުމުގެ މަޝްރޫޢު ފެށުމަށްޓަކައި، މިހާރުގެ ލޯކަލް މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކަށް ވަގުތީ އިންތިޒާމުތަކެއް ހަމަޖައްސައި އެއްމަސް ދުވަހުގެ ތެރޭގައި އެ ބިން ހުސްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ފަށައިފިއެވެ.
ޚަބަރު 19 Aug 2026
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުމާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް، ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ޚަބަރު 19 Aug 2026
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީ އަދި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން، އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރ އާއި ޙަވާލުކޮށްގެން ނިންމާފައިވާ މަސައްކަތެކެވެ.
ޚަބަރު 18 Aug 2026