ސަރުކާރު ވެއްޓޭނެ ކަމަށް ނަޝީދު ވިދާޅުވުމުން މުޙައްމަދު އިސްމާޢީލްގެ ވަރުގަދަ ރައްދެއް: "ދަތްއަޅާނެ ކުއްތާއެއް ވައްވަކެއް ނުޖަހާނެ"

އ އައިމިނަތުު މުޙައްމަދު
ޚަބަރު 09 Jun 2026

ސަރުކާރު ވައްޓާލަން މަގުމައްޗަށް ނުކުންނަން ނުޖެހޭނެ ކަމަށާއި، ސަރުކާރު އަމިއްލައަށް ރޫޅޭނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

މުޙައްމަދު އިސްމާޢީލް މި ރައްދު ދެއްވާފައިވަނީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާގެ ޕޯސްޓުގައި ނަޝީދަށް އަމާޒުކުރައްވައި ވިދާޅުވެފައިވަނީ، ސަރުކާރު ވައްޓާލާނެ ކަމަށާއި ސަރުކާރު ބަދަލުކުރާނެ ކަމަށް ވިދާޅުވެ މުޅި ރާއްޖޭގައި އަމިއްލަފުޅު މޮޅުކަން ދައްކަވަން އުޅުއްވިޔަސް، އެ ދައްކަވާ ވާހަކަފުޅުތަކަކީ އެއްވެސް ވަރަކަށް ދެކޮޅުޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ.

"ދަންނަވަންތޯ! ފުރަތަމަ އަމިއްލަ ގޭތެރެ ހައްލު ކުރެވޭތޯ ބަލާ،" ނަޝީދުގެ ސިޔާސީ ޙަރަކާތްތަކަށް ފާޑުވިދާޅުވަމުން މުޙައްމަދު އިސްމާޢީލް ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން، ނަޝީދު ދައްކަވަމުންދާ ވާހަކަފުޅުތަކަށް އިޝާރާތް ކުރައްވައި މުޙައްމަދު އިސްމާޢީލް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މުސްކުޅި މިސާލު ބަހެއް ބޭނުންކުރައްވާފައެވެ. އެގޮތުން "ދަތްއަޅާނެ ކުއްތާއެއް ވައްވަކެއް ނުޖަހާނެ" ކަމަށް ވިދާޅުވެ، ނަޝީދުގެ އިންޒާރުތަކުގައި އެއްވެސް ބުރަދަނެއް ނެތްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ތަފާތު އެކި ވާހަކަތައް ދައްކަމުންދާ ދަނޑިވަޅެއްގައި، ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ މުޙައްމަދު އިސްމާޢީލް ދެއްވި މި ރައްދަކީ ސިޔާސީ މަޝްރަހުގައި ބޮޑު ސަމާލުކަމެއް ލިބިގެންދިޔަ ރައްދެކެވެ. ސަރުކާރު ދިފާޢުކުރައްވައި އޭނާ ވިދާޅުވީ، ބޭރުގައި ހުންނަވައިގެން ސަރުކާރު ރޫޅާލުމުގެ ވާހަކަ ދެއްކެވުމުގެ ބަދަލުގައި، އަމިއްލަ ސިޔާސީ ކަންކަން އިޞްލާޙުކުރުން މާ މުހިންމު ކަމަށެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026
ޤައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ ސައްތަ އިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން - ރައީސް
ޤައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ ސައްތަ އިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން - ރައީސް
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ޙަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމަކީ ދަރީންނަށް ފޯރުވައިދޭންޖެހޭ މުހިންމު ޙަޤީޤަތްތަކެއް ކަމަށެވެ. އިސްލާމީ ޝަރީޢަތުގެ މައިގަނޑު ފަސް މަޤުޞަދުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ޙަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމުގެ ސަބަބުން ދިވެހި މުޖުތަމަޢަކީ އަމާން، އިތުބާރު ބޮޑު މުޖުތަމަޢަކަށް ބަދަލުވެގެންދިޔަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޚަބަރު 12 Sep 2026
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަޑައިގަތުމުގެ މި ދަޢުވަތު އަރުވާފައިވަނީ، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ޚަބަރު 11 Sep 2026