ތެލުގެ އަގު އުފުލުމާއެކު ދައުލަތުން ދޭ އެހީއާއި ސަބްސިޑީއަށް ކުރި ހޭދަ 44 އިންސައްތަ އިތުރުވެއްޖެ

އ އައިމިނަތުު މުޙައްމަދު
ޚަބަރު 23 Aug 2026

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ދައުލަތުން ދޫކުރާ އެހީއާއި ސަބްސިޑީތަކަށް ކުރި ހޭދަ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 44 އިންސައްތަ އިތުރުވެފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް އިން ހާމަކޮށްފިއެވެ.

ފައިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ރިޕޯޓުގައިވާ ގޮތުން، މި އޮގަސްޓް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެހީއާއި ސަބްސިޑީގެ ގޮތުގައި 524 މިލިއަން އެމެރިކާ ޑޮލަރު ވަނީ ހޭދަކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 363 މިލިއަން ޑޮލަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.

މި ހޭދަ މިހާ ބޮޑަށް އިތުރުވާން މެދުވެރިވި މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު އުފުލި، ކަރަންޓު އުފެއްދުމަށް ބޭނުންވާ ތެލަށް ދޭ ސަބްސިޑީގެ ޚަރަދު ބޮޑުވުމެވެ. އެގޮތުން ހަމައެކަނި ސަބްސިޑީއަށް ކުރި ޚަރަދު ވަނީ މިދިޔަ އަހަރުގެ 123 މިލިއަން ޑޮލަރުން 78.4 އިންސައްތަ އިތުރުވެ، 220 މިލިއަން ޑޮލަރަށް އަރާފައެވެ.

މީގެ އިތުރުން، ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓަށެވެ. އެގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި ބްލޮކް ގްރާންޓަށް 77.8 މިލިއަން ޑޮލަރު ދޫކުރިއިރު، މި އަހަރު ވަނީ 17 އިންސައްތައިގެ އިތުރުވުމަކާއެކު 90.8 މިލިއަން ޑޮލަރު ދޫކޮށްފައެވެ.

އާސަންދަ ސްކީމަށް ކުރި ހޭދަވެސް ވަނީ 14 އިންސައްތަ އިތުރުވެފައެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް އާސަންދައަށް 84.3 މިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު، މިދިޔަ އަހަރު މި އަދަދު އުޅުނީ 71.3 މިލިއަން ޑޮލަރުގައެވެ. ނަމަވެސް، މެޑިކަލް ވެލްފެއާގެ ގޮތުގައި ކުރި ހޭދަ ވަނީ މިދިޔަ އަހަރުގެ 12.58 މިލިއަން ޑޮލަރާ އަޅާބަލާއިރު 23 އިންސައްތަ ދަށްވެ، 9.66 މިލިއަން ޑޮލަރަށް ތިރިވެފައެވެ.

ފައިނޭންސް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިޔަނަމަވެސް، މިފަދަ ސަބްސިޑީތައް ދިނުމުގެ މައިގަނޑު ބޭނުމަކީ ބައިނަލްއަޤްވާމީ ބާޒާރަށް އަންނަ ލޮޅުންތަކުން ރައްޔިތުން ރައްކާތެރިކޮށް، އަސާސީ މުދަލާއި ޚިދުމަތްތައް އަތްފޯރާ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް އެކުލަވާލައި މަޖިލީހަށް ހުށަހަޅައިފި
ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް އެކުލަވާލައި މަޖިލީހަށް ހުށަހަޅައިފި
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ބިލު ހުށަހެޅުމުގެ މައިގަނޑު އެއް ބޭނުމަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުޙައްޤުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށްޓަކައި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ޤާނޫނީ އޮނިގަނޑެއް ތަޢާރުފުކުރެއްވުމެވެ.
ޚަބަރު 25 Aug 2026
އޮޑިޓަރ ޖެނެރަލް ތިލަފުށީ ކުނި މެނޭޖްކުރާ މަރުކަޒަށް ޒިޔާރަތްކުރައްވައިފި
އޮޑިޓަރ ޖެނެރަލް ތިލަފުށީ ކުނި މެނޭޖްކުރާ މަރުކަޒަށް ޒިޔާރަތްކުރައްވައިފި
މި ޒިޔާރަތަކީ ތިލަފުށީގައި މިހާރު ކުރިއަށްދާ ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ބައްލަވާލެއްވުމަށާއި، ކުންޏާއި ވަސީލަތްތައް ބެލެހެއްޓުމުގައި ބޭނުންކުރަމުންދާ ނިޒާމުތަކާއި އިޖުރާއަތްތައް ގާތުން ބައްލަވައި، އެކަންކަމާ ގުޅޭ މަޢުލޫމާތު ހޯއްދެވުމުގެ މަޤްޞަދުގައި ކުރެއްވި ޒިޔާރަތެކެވެ.
ޚަބަރު 25 Aug 2026
ހަވާލުކުރާ ކޮންމެ ރޭންކަކާއެކު އޮތީ އެއަށްވުރެ ބޮޑު މަސްއޫލިއްޔަތަކާއި ޒިންމާއެއް: ސީޕީ
ހަވާލުކުރާ ކޮންމެ ރޭންކަކާއެކު އޮތީ އެއަށްވުރެ ބޮޑު މަސްއޫލިއްޔަތަކާއި ޒިންމާއެއް: ސީޕީ
އަދި ޕްރޮމޯޝަނަށް ފަހު މަސައްކަތުގެ މާހައުލަށް ނުކުންނައިރު، ހަވާލުކުރެވުނު ރޭންކާ އެއްވަރަށް ހިދުމަތުގެ ފެންވަރު ހިފެހެއްޓޭތޯ ބަލާނެ ފަރާތްތައް ގިނަވާނެކަން ފާހަގަކުރައްވައި، މުއައްސަސާގެ އެތެރެއިންނާއި ބޭރުން ވެސް ސުވާލު ނުއުފެދޭނެ ފަދަ ގޮތަކަށް، ލިބުނު މަގާމާ އެއްވަރަށް މަސައްކަތުގެ ނަތީޖާ ނެރެދީ، ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ރިވެތި ނަމޫނާއެއް ދެއްކުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ޚަބަރު 24 Aug 2026
ދިވެހިރާއްޖޭގައި ބިނާ ކުރެވޭ އެންމެ ބޮޑު ވަޤްފު ޢިމާރާތް، ދާރުއްސަލާމްގެ ޢަމަލީ މަސައްކަތް ފަށައިފި
ދިވެހިރާއްޖޭގައި ބިނާ ކުރެވޭ އެންމެ ބޮޑު ވަޤްފު ޢިމާރާތް، ދާރުއްސަލާމްގެ ޢަމަލީ މަސައްކަތް ފަށައިފި
ހުޅުމާލޭގައި ޢިމާރާތް ކުރާ ދާރުއްސަލާމް ވަޤްފް ޢިމާރާތުގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަޅުއްވައިދެއްވީ 26 ނޮވެމްބަރު 2026 ގައެވެ. އިމާރާތް ކުރިއަށްދަނީ ހުޅުމާލޭ ޕްލޮޓް ނަންބަރު 11646 ގައެވެ.
ޚަބަރު 24 Aug 2026