ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާގެ ގައިޑުންގެ ގޮތުގައި މަސައްކަތްކުރާނީ ޚާއްޞަ ތަމްރީނު ލިބިފައިވާ ފަރާތްތަކެއް

ހ ހުސައިން އިސްމާއިލް
ޚަބަރު 19 Jun 2026

ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (SAMPA) މެނޭޖްމަންޓް ޕްލޭންގެ ދަށުން، އެ ސަރަޙައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އިރުޝާދުދީ، އެ ސަރަޙައްދު ބެލެހެއްޓުމުގައި "SAMPA ގައިޑުން" މުހިންމު ދައުރެއް އަދާކުރަން ފަށައިފިއެވެ.

މި ޕްލޭންގެ ދަށުން SAMPA ގައިޑެއްގެ ގޮތުގައި ބަލާގަނެވެނީ ވަކި ޚާއްޞަ ޝަރުޠުތަކެއް ފުރިހަމަވެފައިވާ ސްނޯކްލިންގ އަދި ޑައިވިންގ ގައިޑުންނަށެވެ. އެގޮތުން SAMPA ގައިޑަކަށް ވުމަށްޓަކައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންޖެހެއެވެ:

  • SAMPA ގައިޑް އިމްތިޙާނުން 75 އިންސައްތައަށްވުރެ މަތިން މާކްސް ހޯދައިގެން ފާސްވު

  • މުއްދަތު ހަމަނުވާ އިމަރޖެންސީ ފަސްޓް ރެސްޕޮންސް (EFR) ސެޓްފިކެޓެއް އޮތުން.

  • ރެސްކިއު ޑައިވް ނުވަތަ އެއާ އެއްފެންވަރެއްގެ ސެޓްފިކެޓެއް އޮތުން.

މި އުޞޫލުގެ ދަށުން، ކޮންމެ 6 ފަތުރުވެރިއަކަށް އެއް ގައިޑަކު ހުންނަންޖެހެއެވެ (ރޭޝިއޯ 1:6). މިއީ އެ ސަރަޙައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، SAMPA ގެ ޤަވާޢިދުތަކާއި އުޞޫލުތަކަށް ފަތުރުވެރިން އަހުލުވެރިކުރުވުމަށް ކަނޑައަޅާފައިވާ މިންގަނޑެކެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބަޔާންކުރާ ގޮތުގައި، SAMPA ސަރަޙައްދަށް ފަތުރުވެރިން ގޮވައިގެންދާ ފަރާތްތަކުން SAMPA ގައިޑް އިމްތިޙާނުގައި ބައިވެރިވުމަށް sampa@environment.gov.mv އަށް އީމެއިލް ކުރަންޖެހެއެވެ. މި އިމްތިޙާނަށް ތައްޔާރުވުމަށް ބޭނުންވާ ކިޔަވައިދޭ ތަކެތި މިނިސްޓްރީގެ ވެބްސައިޓުން މިހާރު ލިބެން ހުންނާނެއެވެ.

ދެކުނު އަރިއަތޮޅުގެ މި ޚާއްޞަ ސަރަޙައްދަކީ ތިމާވެށީގެ ގޮތުން ނާޒުކު އަދި މުހިންމު ސަރަޙައްދަކަށްވާތީ، މިކަމަކީ އެ ސަރަޙައްދު ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ހުރިހާ ޚިދުމަތްތަކެއް ފުރިހަމައަށް ލިބޭނެ ޒަމާނީ ފެންވަރުގެ މަރުކަޒަކަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ޚަބަރު 19 Aug 2026
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭގައި ޒަމާނީ ފެންވަރުގެ "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" އެޅުމުގެ މަޝްރޫޢު ފެށުމަށްޓަކައި، މިހާރުގެ ލޯކަލް މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކަށް ވަގުތީ އިންތިޒާމުތަކެއް ހަމަޖައްސައި އެއްމަސް ދުވަހުގެ ތެރޭގައި އެ ބިން ހުސްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ފަށައިފިއެވެ.
ޚަބަރު 19 Aug 2026
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުމާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް، ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ޚަބަރު 19 Aug 2026
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީ އަދި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން، އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރ އާއި ޙަވާލުކޮށްގެން ނިންމާފައިވާ މަސައްކަތެކެވެ.
ޚަބަރު 18 Aug 2026