ކުނި މެނޭޖުކުރުމުގެ ގާނޫނަށް ސަރުކާރުން އިސްލާހުތަކެއް ހުށަހަޅައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 07 Jul 2026

ކުނި މެނޭޖުކުރުމުގެ ގާނޫނު އިތުރަށް ހަރުދަނާކުރުމަށާއި، ޕްލާސްޓިކް ކޮތަޅުން ނަގާ ފީއަށް ލުއިތަކެއް ދިނުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިސްލާހުތަކެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވުން އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި އިސްލާހުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ރާއްޖެއަށް ކުނި އެތެރެކުރުން މުޅިން މަނާކުރުމެވެ. މީގެ އިތުރުން، 50 ކޮތަޅަށް ވުރެ ގިނަ ކޮތަޅު ހިމެނޭ ބޮނޑިތަކުން މިހާރު ނަގަމުންދާ 2 ރުފިޔާގެ ފީ އުނިކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ. މި ބަދަލާއެކު ޕްލާސްޓިކް ކޮތަޅުން ދައުލަތަށް ލިބޭ އާމްދަނީ ދަށްވާނެ ކަމަށް ބެލެވެއެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، މި އިސްލާހުތަކުގެ މަގްސަދަކީ ކުނި މެނޭޖުކުރުމުގެ ގާނޫނު ތަންފީޒުކުރުމުގައި މުއައްސަސާތަކުގެ ދައުރު މިހާރަށްވުރެ ސާފުކޮށް ކަނޑައެޅުމެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ އުސޫލުތައް ބައްޓަންކޮށް، ގާނޫނު ތަންފީޒުކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމެވެ.

މި ބިލުގައި ހުށަހަޅާފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި:

  • އިގްތިސާދީ އަދި ސިނާއީ މަސައްކަތްކުރާ ފަރާތްތަކުން ކުނި މެނޭޖުކުރުމުގެ ސިޔާސަތުތަކެއް އެކުލަވައިލުން.

  • ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ގައުމީ މާސްޓަރ ޕްލޭނާއި ސިޓީތަކުގެ ކުނި މެނޭޖުކުރުމުގެ ޕްލޭންތަކާ އެއްގޮތަށް ކުރިއަށް ގެންދިއުން.

  • ކުނި މެނޭޖުކުރުމުގެ ނިޒާމުތައް ގާއިމުކުރުމާއި، އެކަމުގެ މިންގަނޑުތައް ކަނޑައެޅުން.

  • ކުނި މެނޭޖުކުރާ ފެސިލިޓީތަކަށް ގެންނަންޖެހޭ ބަދަލުތަކާއި، ބޭނުންކުރާ ސާމާނުގެ މިންގަނޑުތައް ކަނޑައެޅުން.

މި އިސްލާހުތައް ފާސްވެ އަމަލުކުރަން ފެށުމުން، ރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ކަންކަން ހަރުދަނާވެ، ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކަށް ގާނޫނީ ފުރިހަމަ އޮނިގަނޑެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އަންހެނުންނަކީ ޤައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވައި، ޤައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަމަށް މަގުތައް ތަނަވަސްވެ ފުރުޞަތުތައް ފަހިވާނެ މި ފަދަ ޕްރޮގްރާމުތައް ހިންގެންވާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ސަރަހައްދުގައި ދިވެއްސަކު ނޫޅޭ
އަދި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މިހާދިސާގައި އަސަރުކޮށްފައި ނުވެއެވެ.
ޚަބަރު 27 Aug 2026
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
އެމްއައިބީ އޭދަފުށި ބްރާންޗުން ބ. އަތޮޅަށް މާލީ ޚިދުމަތްތައް ފަހިވާނެ: މިނިސްޓަރ ޒަރީރު
ޝަރީޢާ ހުއްދަ ބޭންކިން ޚިދުމަތްތައް ރަށަށް ތަޢާރަފްވުމުން، ވިޔަފާރިވެރިންނާއި މަސްވެރިންގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް، އަދި ޢާންމު ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިން ހޯދައި ވިޔަފާރި ފުޅާ ކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
އެމް.އައި.ބީ އޭޓީއެމްގެ ސަބަބުން ގޮއިދޫގެ މާލީ ދާއިރާ ފުޅާވެ، ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ: މިނިސްޓަރ ޒަރީރު
މިނިސްޓަރ ޒަރީރު މިހެން ވިދާޅުވީ ރާއްޖޭގައި އެމް.އައި.ބީ.އިން ބެހެއްޓި 62 ވަނަ އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވާ އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޚަބަރު 27 Aug 2026