ސައިބަރ ސެކިއުރިޓީ ބިލް މަޖިލީހުން ބަލައިގެންފި: ގަވާއިދާ ޚިލާފުވާ ފަރާތްތައް ބޮޑު އަދަދަކުން ޖޫރިމަނާ ކުރަނީ

އ އައިމިނަތުު މުޙައްމަދު
ޚަބަރު 15 Jun 2026

ދިވެހިރާއްޖޭގެ ސައިބަރ ވެށީގެ ރައްކާތެރިކަން ޤާނޫނީ އޮނިގަނޑެއްގެ ދަށުން ކަށަވަރުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ހުށަހެޅި "ސައިބަރ ސެކިއުރިޓީ ބިލް" ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މިއަދުގެ ޖަލްސާގައި މި ބިލް ބަލައިގަތުމަށް ފާސްކުރުމާ ގުޅިގެން، މިހާރު ވަނީ އިތުރަށް ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ފޮނުވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހުށަހެޅި މި ބިލުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ސައިބަރ ވެށީގެ ސަލާމަތްތެރިކަން ވަރުގަދަކޮށް، ޤައުމީ ފެންވަރުގައި ރައްކާތެރިކަމުގެ މިންގަނޑުތަކެއް ކަނޑައެޅުމެވެ.

މި ބިލުގައިވާ ގޮތުން، ރާއްޖޭގެ ދާޚިލީ ސައިބަރ ސަލާމަތާއި، ބޯޑަރުން ބޭރުން ކުރިމަތިވެދާނެ ސައިބަރ ހަމަލާތަކާއި ނުރައްކާތައް ދެނެގަނެ، އެފަދަ ހާދިސާތައް ހުއްޓުވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅޭނެއެވެ. މީގެ އިތުރުން، ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ދާއިރާގެ މުހިއްމު މަޢުލޫމާތުތަކާއި ސިސްޓަމްތައް ރައްކާތެރިކުރުމަށްޓަކައި ބަހައްޓަންޖެހޭ ސެކިއުރިޓީ މިންގަނޑުތައް މި ބިލުގެ ދަށުން ކަނޑައެޅިގެންދާނެއެވެ.

ބިލުގައި ހިމެނޭ އެންމެ މުހިއްމު އެއް ކަމަކީ "ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ" ގެ ނަމުގައި އައު އިދާރާއެއް އުފެއްދުމެވެ. މި އެޖެންސީއަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ބެލުމުގެ ދަށުން ހިނގާނެ ތަނެކެވެ. މި އިދާރާ ހިންގުމަށް ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް އައްޔަނުކުރަންޖެހޭއިރު، ރާއްޖޭގެ ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި އެންމެހާ ސިޔާސަތުތައް ބައްޓަންކުރާނީ މި އެޖެންސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހުންނެވެ.

މި ބިލުގެ ދަށުން ސައިބަރ ސެކިއުރިޓީގެ ޚިދުމަތްތައް ފޯރުކޮށްދޭ އަމިއްލަ ފަރާތްތަކުން ޚާއްޞަ ލައިސަންސެއް ހޯދުން ވަނީ މަޖުބޫރުކޮށްފައެވެ. އަދި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ނުވަތަ ނުގަވައިދުން މިފަދަ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް 50,000 (ބައިލައްކަ) ރުފިޔާ އާއި 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރުވެސް ކަމާބެހޭ އިދާރާތަކަށް ލިބިގެންވެއެވެ.

މި ބިލަކީ ޓެކްނޯލޮޖީގެ ގޮތުން ރާއްޖެ ކުރިއަރަމުން އަންނަ މި ދަނޑިވަޅުގައި، ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ހިމާޔަތްކުރުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.



ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ހުރިހާ ޚިދުމަތްތަކެއް ފުރިހަމައަށް ލިބޭނެ ޒަމާނީ ފެންވަރުގެ މަރުކަޒަކަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ޚަބަރު 19 Aug 2026
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ލޯކަލް މާރުކޭޓު އެއްމަސް ދުވަހުގެ ތެރޭގައި ހުސްކުރަނީ
މާލޭގައި ޒަމާނީ ފެންވަރުގެ "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" އެޅުމުގެ މަޝްރޫޢު ފެށުމަށްޓަކައި، މިހާރުގެ ލޯކަލް މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކަށް ވަގުތީ އިންތިޒާމުތަކެއް ހަމަޖައްސައި އެއްމަސް ދުވަހުގެ ތެރޭގައި އެ ބިން ހުސްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ފަށައިފިއެވެ.
ޚަބަރު 19 Aug 2026
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުމާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް، ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ޚަބަރު 19 Aug 2026
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީ އަދި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން، އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރ އާއި ޙަވާލުކޮށްގެން ނިންމާފައިވާ މަސައްކަތެކެވެ.
ޚަބަރު 18 Aug 2026